މީހާގެ ސިފަ އެންމެ ބޮޑަށް ފާޅުވަނީ މޫނުންނެވެ. އެހެންކަމުން މޫނުގެ ރީތިކަން ދެމެހެއްޓުމަށް ކޮންމެ މީހަކުވެސް ނުހަނު އެދެއެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި، މޫނުގެ ހަންގަނޑުގެ ތާޒާކަމާއި އެކު މޫނުގެ ކުލަ އަލިވުމަކީވެސް ރީތި ބުރުސޫރައަކާއި ގުޅިފައިވާ ކަމެކެވެ. މި ބޭނުމުގައި ބޭނުންކުރާ ބައެއް ތަކެތީގެ ސަބަބުން ހަންގަޑަށް ގެއްލުން ލިބި މޫނުގެ ރީތިކަން ގެއްލިދާން ދިމާވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން އެކަމަށް އެންމެ އެކަށީގެންވަނީ، ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތަކެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ "ހާބް އެކްޓިވް ފޯ މެން" ސަން ސްކްރީންއަކީ މިކަންކަމަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ސަންސްކްރީންއަކީ، ފިރިހެނުންނަށް ޚާއްސަ ސަންސްކްރީންއެކެވެ. އެގޮތުން ފިރިހެނުންގެ ހަންގަނޑާއި ގުޅޭގޮތައް ތައްޔާރުކޮށްފައިވާ މި ސަންސްކްރީން ބޭނުންކޮށްގެން މޫނުގެ ހަންގަޑަށް ރަނގަޅު ބަދަލުތަކެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެނުވައިދެއެވެ.

ޢާންމުކޮށް މޫނުގެ ހަންގަނޑު އަލިކުރުމަށް އުފައްދާފައި ހުންނަ ކްރީމްތަކާއި ޚިލާފަށް ޖެނެޓް ބްރޭންޓުގެ މި ސަންސްކްރީންއަކީ ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއި ވެސް ގުޅޭގޮތަށް އުފައްދާފައިވާ، ކެމިކަލްގެ އެއްވެސް އަސަރެއް ނުހިމެނޭ ފައިދާކުރަނިވި ސަންސްކްރީންއެކެވެ. ހަމަ އެހެންމެ މޫނުގެ ތާޒާކަން އިތުރުކޮށް، ހަންގަނޑު އޮމާންކޮށްދިނުމަށް މި ސަންސްކްރީން ވަރަށް ބޮޑު އެހީއަކަށް ވެއެވެ.

"ހާބް އެކްޓިވް ފޯ މެން" ސަންސްކްރީންގެ އެންމެ ޚާއްސަ އެއް ސިފައަކީ، އޭގައި އެކުލެވޭ ބައިތަކުގެ ސަބަބުން ހަންގަނޑު ކަޅުވުމަށް މެދުވެރިކުރުވާ ސެލްތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ ކަމެވެ. އަދި މޫނުގެ ހަންގަނގެ ކުލަ ތަފާތުވުމާއި އެކު މާބޮޑަށް ހަރުވެ ހިކިފައި ހުންނަނަމަ އެކަމަށްވެސް އަވަސް ޙައްލެއް މި ސަންސްކްރީން އިން ގެނެސްދެއެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުގައި މި ސަންސްކްރީން ކޮންމެ ދުވަހެއްގައި ދެ ފަހަރު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެގޮތުން ހެނދުނު މޫނު ރަނގަޅަށް ދޮވެލުމަށްފަހު އާއި ދުވާލުގެ އެހެން ވަގުތެއްގައި މި ސަންސްކްރީން ބޭނުން ކުރުން ރަނގަޅެއެވެ. ހަމަ އެހެންމެ ޝޭވް ކުރުމަށްފަހުވެސް މި ސަންސްކްރީން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އާދަކޮށް މިގޮތުގެ މަތީން މި ސަންސްކްރީން ބޭނުންކުރާނަމަ، މޫނުގެ އަލިކަމާއި ރީތިކަން ދާދި އަވަހަށް ގެނުވައިދޭނެ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ހާބް އެކްޓިވް ފޯ މެން"، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފުޅި ވިއްކާ އަގަކީ 100 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިއްދީގު

    މަ ދޮންވުމުގެ ސިއްރު ފަޅާ އަރުވާލީ ދޯ އޯކޭދެން1

  2. ސަހާ

    ތީތި ސަޅި އޭ

  3. މަރީ

    މޫނު ރީތިކޮށް ބެހެއްޓުމަށް ގިނަ ގިނައިން ވުޟޫ ކުރާށެވެ.

  4. ހާލަތު

    ދޮން ވާން އުޅޭ އަންހެންދުޅާ ފިރިހެނުންނަށް. ބޯހަލާކު.

  5. ރާއްޖެތެރެ މީހާ

    ދެން އަންހެން ކުދިން މަށަށް މަށަށް ގޮވާ ވަރުން ބޭރަށް ވެސް ނުނިކުމެވޭނެ.

  6. ބޮންދު

    ދިވެހިންގެ ހުރި ރޭސިސްޓް ފިކުރު މިފަދަ "ދޮން" ވާން ބޭނުން ކުރާ ތަކެތިން ވެސް އެބަފެނޭ! އެކަމަކު ލަވަގަ ކިޔާނެ "ކަޅު ވިޔަސް ދޮން ވިޔަސް ހެޔޮ މަށަށް"

  7. ހުސޭނުބޭ

    އަންހެންވެރިން މޭކަޕްކުރާނަމަ ފިރިހެންވެރިން މޫނުމަތީގައި ނިޕޮން ޕެއިންޓް އުގުޅީމާ ބޭނުން ދޮނެއްވިއްޔާ ހުންނާނީ ގެނެވިފައެވެ.

  8. އާމިނާފުޅު

    މަގޭ ދަރި އުޅެނީ ކަޅު ނުވެގެން. އަބަދު އޮންނާނީ ޓެރެސް މަތީ ދެފައި ދަމާގެން އޮންނާނެ ރަތްގަދަ އަވީގައި. އަބަދު އަބަދު ކިޔާނީ ރިހާނާ ނޫނީ ބިޔޯންސޭ ގެ ރީތިކަމުގެ ވާހަކަ.