އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންނާއި އެމްޑީޕީގެ އެތެރޭގެ ހިނގާ ކަންކަމަށް މުސްތަފާ ފާޑުވިދާޅުވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމިފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިންތިޚާބު އިންސާފުވެރި ނޫން ކަމަށެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި އެ އިންތިޚާބަށް ސަރުކާރުގެ ވަޒީރުންގެ ނުފޫޒު އިންތިހާއަށް ފޯރާފައިވެއެވެ. ޚާއްސަކޮށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ނުފޫޒު ފޯރާވަފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އޮތީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމެވެ. މި ދެ ފެކްޝަނުން ވެސް ގޮނޑިތަކަށް ކެންޑިޑޭޓުން ނެރުނެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި 97 ގޮނޑީގެ ތެރެއިން 66 ގޮނޑި ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފައިވެއެވެ. ނަޝީދުގެ ފެކްޝަނަށް ލިބުނީ 33 ގޮނޑިއެވެ. މީގެ އިތުރުން ވަޒީރުންގެ ގޮނޑިއާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް ރައީސްއަށް ގައުމީ މަޖިލީހުގައި 100 އަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާނެއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ. އިއްޔެ އިންތިޚާބު ކުރީ މީގެ ތެރެއިން ދާއިރާތަކުގެ ރައީސުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މުސްތޮފާ ބޭޔަށް ވަރަށްރަނގަޅަށް އެނގޭނެ ރީނދޫ ޕާޓީޔަކީ މަކަރާ ހީލަތުން އިންތިހާބުތަށް ކާމިޔާބުކުރާ ޕާޓީއެއްކަން ، ތިމަރަފުށީ އެއަރޕޯޓު ހަދަން ސޮއިކުރުވި ގޮތްވެސް އެއްމެ ރަނގަޅަށް އެނގޭނީ މުސްތޮފާ ބޭ ޔަށް ރީނދޫ ޕާޓީ ދިވެހިންގެ ހަލާކު

 2. ނުވާނެއޭ

  ކިތަންމެ ބޮޑު ބާރެއް އެމްޑީޕީ ތެރޭން ރައީސް އިބޫ އަށް ލިބުނު ނަމަވެސް ސަރުކާރުގެ ބޮޑުންނަށް ތިޔާ ނެގެނީ ހިޔަންޏަށް މުޑިއޭ ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް އޮތް ގޮތުން ވޯޓްލާ މީހުންގެ %50 އަށް ވުރެން ބޮޑު އަގްލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޖެހޭއިރު އެއީކްއޭޝަންގައި ރައީސް އިބޫ އަށް ރައީސް ނަޝީދާއި ނުލައި ކުޅަދާނަ އެއް ނޫނޭ ރައީސް ވަހީދަށް ލިބުނު އަދަދަށް ވެސް ވޯޓް ހޯދަން އެއީ ވާނޭ ކަމެއް ނޫނޭ ރައީސް އިބޫ ހޮވުނީ އެއީ ވަންސް އިން އަ ބްލޫ މޫން އެކޭ އެއީ ދެން ވާނެ ކަމެއް ނޫނޭ ހަނދާން ނައްތާލަން ޖެހޭނީ ހަނދާން ނައްތާލާ ރައީސް އިބޫ ދެން ރާއްޖޭގެ ރައީސް ކަމުން ހަނދާން ނައްތާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅޭ ދެން...

 3. ޔަގީނޭ

  އެމްޑީޕީގެ ކުރިމަގު ރައީސް ނަޝީދާއި ނުލައި އެމްޑީޕީ ތެރޭގަިއ ތިބެގެން ރައީސް އިބޫ އަށް ސިޔާސީ ގޮތުން ކުރިނުލިބޭނެއޭ ސަބަބަކީ އެމްޑީޕީގެ ގްރާސް ރޫޓް އޮރިޖިނަލް އެމްޑީޕީ ކޮންޓްރޯލް ކުރާނީ ރައިސް ނަޝީދޭ ސަރުކާރުން ދޭ ފައިސާ ކޮޅަކަށް ވަގުތީ ގޮތުން އެމެން ކަމެއް ކޮށްފާނެއޭ އެކަމަކު ރައީސް ނަޝީދު މައިދާނުގައި ހުރެގެން ރިޔާސީ އިންތިޚާބެއް ބާއްވައިފިނަމަ ޗޮކުން ދާނީ ރައީސް އިބޫ އާއި ރައީސް އިބޫގެ ފެކްޝަން ޕްރައިމަރީގައި ވެސް އެއީ ހަމަ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ...

  1
  1
 4. ތަމެންދޯ

  ރާއްޖޭގެ ޕޮލިޓިކަލް ހިސްޓްރީ އެއީ މަމެން ނުދަންނަ އެއްޗެއް ނޫނޭ ކުޅަދާނަ އެއް ނޫނޭ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބޫ އަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު މާލޭގައި ހުރެއްޖެނަމަ ވާދަ ކޮށްގެން ކުރި ހޯދަން ނުވާނެ އެކަމެއް ދެން އަނެއް ކޮޅުން އިމާރޖް ވަމުން އެއަންނަނީ ކާރނަލް ނާޒިމް ދެން އުމަރު ނަސީރު ދެން ރައީސް ޔާމީން މީ މުޅިން ބްލެކް ބެލްޓް ހޯދާފައި ތިބި މީހުންނޭ އެމްޑީޕީގައި ނެތޭ ބްލެކް ބެލްޓަށް ކޮލިފައިވެފައިވާ އެކަކުވެސް ދެން ކޯއްޗެއްތޭ ސަރުކާރުން ތިޔާ ފަތުރަނީ..

 5. ދިސްވޭ

  ސިޔާސީ ގޮތުން ރައީސް ޔާމީން ދިޔަ މަގުން ރައީސް އިބޫ ވެސް ތިޔާ ދަތުރު ކުރައްވަނީ ތަފާތަކީ ރައީސް ޔާމީން ގިނަ ކަންކަން ކޮށްދިން ކަން ރައީސް އިބޫ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކޮށްދޭ އެއްވެސް ކަމެއް ނެތް 70 ހާސް މީހުން އެދުނީ ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރަން އެކަން ރައީސް އިބޫ ކޮށްދެއްވަން ވުމުން އެވީ ބޮޑު ބުރައަކަށް ރައީސް ޔާމީން އެފަދަ ކަންކަން ކޮށްދެއްވީ އުފަލުން ހުރެ ބުރައެކޭ ވިދާޅުނުވޭދޯ މީ ތަފާތަކީ ތަފާތު އަދިވެސް ދާނީ ބޮޑުވަމުންނޭ

 6. ދަތިއޭ

  ރައީސަށް ބާރު ނެތިގެންތޭ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ނުކޮށްގެން އުޅެނީ މީ ބާރު ނެތިގެންވާ ކަމެއް ނޫނޭ ރައްޔިތުންނަށް ޚިދްމަތް ދިނުމަކީ އެއީ އެކަން ކުރަން ބޭނުން ނުވާތީއޭ މުޅިން ވެސް ވެރިކަމުގައި ބަގުޑި ބައްދަން މަޖްލީހުގެ މެމްބަރުންނާއި ސިޔާސީ ޕާރޓީގެ ނިންމުންތައް ނިންމޭ ގުނަވަން ތައް ސަރުކާރުގެ ރިސޯރސް ބޭނުން ކޮށްގެން ކޮންޓްރޯލް ކުރުން މިއޮތީ ސިޔާސީ ޕާރޓީ ނިޒާމް ރާއްޖެ އަށް ކަމުދާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރަން ދަތިވެއްޖެއޭ..

 7. ހުސެން2134

  އެމްޑީޕީ އިން މަޖިލީހައް ހޮވުނީމަ ޕާޓީ އައް ގައްދާރުވެފައި ހުވާ ނުކުރަނިސް ކޮޅު ބަދަލު ކުރި މީހަކު މިއަދު އެމްޑީޕީގެ އިންތިހާބޭ ކިޔާފަ ވާހަކަ ނުދެއްކީޔާ ރަގަޅީ !

 8. ފެނޭދޯ

  މަޖްލީހުގެ ކޮންޓްރޯލް މިހާރުވެސް އޮތީ ރައީސް އިބޫ އަތްޕުޅުގައި ދެން ކިއެއްވެތޭ މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ ގޯތި ނުދެވިގެން އުޅެނީ އެކަމަށް ރައީސް ނަޝީދު ހުރަހެއް ނާޅާ ރައްޔިތުންނަށް ފައިދާ ވާކަމެއްތޭ އެކަންނުކޮށްވޭތޯ މިސަރުކާރުން ދެއްކުނު ހުއްޖަތެއް ދައްކާނެއޭ އެކަމޭ މިއަދު ފެނިގެންދަނީ އެމްޑީޕީ ގައުމީ މަޖްލީހުގެ މެޖޯރިޓީ ލިބިގެން އިތުރަށް ކުރެވޭ ކަމަކީ އެއީ އަންނަ ދައުރަށް ކުރިމަތިލުން ޕްރައިމަރީ އަކާއި ނުލައި އެއީއޭ ކުރަން ބޭނުންވާކަމަކީ އެކަން ކުރަން ތިޔާއުޅެނީ ތިޔާއީ ރައްޔިތުންނަށް ފައިދާ ކުރާ ކަމެއް ނޫނޭ...

 9. ޙަސަނާ

  97 ގޮނޑީގެ ތެރެއިން އިބޫ ފެކްޝަނަށް 66 ގޮނޑި، އަންނި ފެކްޝަނަށް 33 ގޮނޑިޔޯ. 66 އާއި 33 އެއްކުރީމާ ވަނީ 97 ބާ؟ ބުރާންތި ހިސާބު ކިޔެވީ ކޮންތާކުންބާ؟