2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލު ކުރާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމި ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ރައީސް ސޯލިހްގެ ފެކްޝަނަށް ލިބިފައިވަނިކޮށް، އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަމިއްލަ ޕާޓީގެ ރައީސަށް ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވުނު ބަޔަކަށް، މަރުގެ ހަމަލާއަކަށް އިންސާފު ހޯދައިނުދެވުނު ވެރިކަމަކަށް ދެން ތިބި ރައްޔިތަކަށް ހޯދައިދެވޭނެ އިންސާފެއް ނޯންނާނެ،" ކަމަށެވެ.
އަލީ ވަހީދު އިޝާރާތް ކުރެއްވީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައަށެވެ. ނަޝީދުގެ ރައްކާތެރިކަން ކަށަވަރުނުވެގެން އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެ ހަމަލާ ރޭވި އިސް މީހުނާއި ބަޔަކު ފަންޑުރި ކަމެއް އަދި ނޭނގެއެވެ. މިހާތަނަށް ހައްޔަރު ކުރި 10 މީހުނަކީ އަމަލީ ގޮތުން އެ ކަމުގައި އުޅުނު ބަޔެކެވެ.
"އިރާދަފުޅުން 2023 ގައި ރައްޔިތުން ވޯޓު ފޮށިން އިންސާފު ޤާއިމު ކުރާނެ. މި ވެރިކަން ބަދަލުކުރާނެ،" އަލީ ވަހީދު ލިޔުއްވާފައިވެއެވެ.
އަމިއްލަ ޕާޓީގެ ރައީސަށް ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުނު ބަޔަކަށް، މަރުގެ ހަމަލާއަކަށް އިންސާފު ހޯދައިނުދެވުނު ވެރިކަމަކަށް، ދެން ތިބި ރައްޔިތަކަށް ހޯދައިދެވޭނެ އިންސާފެއް ނޯންނާނެ! އިރާދަފުޅުން 23 ގައި ރައްޔިތުން ވޯޓު ފޮށިން އިންސާފު ޤާއިމު ކުރާނެ. މި ވެރިކަން ބަދަލުކުރާނެ
— Ali Waheed (@ali20waheed) September 26, 2021
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް މަގާމުން ވަކިކުރުމަށް ފަހު އެ ތުހުމަތުގައި ހަ ދައުވާއެއް އުފުލުނެވެ. ހަ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އެ ކޯޓުން ދިން ހުއްދައެއްގެ ދަށުން އަލީ ވަހީދު ބޭރަށް ވަޑައިގަތެވެ. އަލީ ވަހީދަށް އެ ހުއްދަ ދިނީ ހަތަރު މަސް ދުވަހުގެ މުއްދަތެއްގެ އެއްބަސްވުމެއްގައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށެވެ.
އިނގިރޭސިވިލާތުގައި އުޅުއްވާތާ ހަތް މަހަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް އަލީ ވަހީދު ދާދި ފަހަކުން ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އަދި އޭނާ ފްރޭމް ކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނެވިއިރު ރައީސްއަށް ވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
2023 ގައި ވެސް ވެރިކަން ކުރާ ނީ އެމްޑީޕީގެ ރައީސް އެއް، މި އަދުގެ ވޯޓު ގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކިއަސް އެމްޑީޕީ އަށް 2023 ގެއްލިގެންދާ ގޮތަށް ދެ ފެކްޝަންގެ ވެރިން ވެސް ޢަމަލެއް ނުކުރާނެ، ސަބަބަކީ އަވަށްޓެރި ޤައުމަށް ދީފައިވާ ޔަޤީން ކަން ގެއްލި ދާނެތީވެ، އަދި ވެރިކަމުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީ އެއް އޮންނަތަން ދުށުމަކީ ކެއްކުރެވޭނެ ކަމަކަށް ނުވާނެތީވެ، 2023 ގައި އެއްވެސް ޕާޓީއަކަށް ކޯލިޝަން ހަދައިގެން ނޫނީ ކާމިޔާބު ވުން ވަރަށް ދުރު، އަދި ކޯލިޝަން ހެދޭވަރަށްވުރެ އެހެންޕާޓީތަކުގައި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫހު އިތުރުވެފައި އޮތުން، އެހެންކަމުން ވަރަށް ގިނަގޮތްގޮތުން އެމްޑީޕީ ވެރިކަން ކާމިޔާބު ކުރާނެ، ރައީސް ނަޝީދު ގެ ޒަޢާމަތުގައި، ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ ޢަދާލަތުން ރައީސް ނަޝީދު އަށް ތާއީދު ކުރާނެ ކަމަށް ބެލެވޭ، ވީމާ 2023 ގެ ކާމިޔާބު އޮތީ ކުރިއަށް
ތިޔަހެން ބޮޑަާވެގެން ތިއްބައި 2013 ވެސް ދިޔައީ. ބަލަ ކަލޯ މިހާރު ދިވެހިން އެމްޑީޕީ ދަސްކޮށްފި. ދެން ތި ރޮއްޓެއް ނުފިހޭނެ. ތިޔަ ރިހައެއް ނުކެއްކޭނެ. 93000 މެމްބަރުންނޭ ކިޔާއިރު އޭގެތެރޭގައި ގިއީ އެހެން ޕާޓީތަކުގައި މިހާރު ތިބި މީހުން. އެއްދުވަހުން އަނެއް ދުވަހަށް މީސްކޮޅު މަދުވެގެންދަނީ. އެހެންޕާޓީތަކަށް މީހުން ގިނަވަނީ . ދެން ކޮން ވެރިކަމެއްގެ ވާހަކަ ދައްކަނީ. އިސްލާމްދީނާ ފުށުއެރިމާ ދެން ޖެހޭނީ އިނދަ
ހުތް މޭބިސް ކަދުރު
2023 އަންނަންދެން އަރުވާލެވިގެން ހުރެގަ.
ވެރިކަން ބަދަލްވުންތަ ހައްލަކީ؟
ﷲ ގެ އިރާދަކުރެއްވިއްޔާ 2023 ހުގައި ބޮޑުތަނުން އެމް ޑީ ޕީ ބަލިވާނެ ، އެކަމަކު އަލީވަހީދު ފަންރިޔަލުގައި މަހަށްނުދާތި ރީނދޫ ގުރޫޕުއަތުން ކަލޭ ބޯންއުޅުނު ބޮނޑި ތިހުރީ ބޮވިފައި މީރުތަ ؟
ތީބާޤީއެއް
ކަލެއަކީވެސް ފައިސާގިނައިން ދޭ ބަޔަކާ އެއްކޮޅަށް ތެދުވާމީހެއް ! ވެރިކަމަށް އަންނާނެ މީހަކު އެގޭނީ ކަލެއަކަށް ނޫން !
ބޮޑު ޖޯކެއް.. މީނާ ގެ ވިޔާނުދާ އަމަލުތަކުން ސަލާމް ވާންވީމަ ވެރިކަން ބަދަލުކިރަންވީ ހަމަ.. މިއީ އަޅެދެން ކާކުކަތަ.. ކިއްލިބެ.
ވަގުތު މީހުން ކީއްކުރަންތަ މި ވަހުސީ ކަލޭގެ ހަބަރު މިގެންނަނީ ؟؟؟
މިއީ ވެރިކަމެއްތަ؟ މިއީ ބަލާވެރިކަމެއް!
2023ގާ ވެރިކަން ބަދަލުވިޔަކަސް ކަރާވަހީދު ކުރިކަމެއް ނުކުރާކަމަކަށްނުވާނެ.
"ވަގުތު"މިއީ އަލީވަހީދުގެ އަމިއްލަ ނޫހެއްހެންވެސް ހީވޭ. ފެއިލް ވެފަ ހުރި މުޖްރިމެއްގެ ވާހަކަ ސިޔާސީ ފަލަސުރުހީއަށް އިރުއިރުކޮޅާ އަރުވަންޖެހޭތަ. މިޤައުމުގަ ލައްކަ ގިނަމީހުން ޤައުމަށްފައިދާ ހުރި އެތައްކަމެއް ރެއާދުވާލު ކުރަމުން އެބަގެންދޭ. މާރަނގަޅުވާނެ އެމީހުންގެ ވާހަކަ ގެނަސްދިނިއްޔާ.
އަލީގެ ވާހަކަ ކަބަލުންތައް ކިޔާދޭން ތައްޔާރުވަނީ ބޮލާފޮށާއެޅޭނެ
2023 ގައި ރައްޔިތުން ވެރިކަން ހަވާލްކުރާނީ ލޯމައްޗަށް ތަރައްގީ ގެނެސްދީ ރައްޔިތުންގެ ދިރިއުޅުން އާރަސްތުކޮށްދިން ރައީސް ޔާމީން.
2023 ވަނައަހަރުގައި ކަންހިނގާނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް މެނުވީ ނުވާނެތެވެ. ވެރިކަން ލިބޭނެ މީހެއް ވެސް ދެނެވޮޑިގެންވާނީ އެެކަލާނގެއެވެ. އޭލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަގިނައި ﷲ މަތިން ހަނދުމަކޮށް ޛިކުރު ކުރުމުގައި ޘާބިތުވަމާ ހިންގަވާށެވެ! މިދުނިޔެއަކީ އެއްވެސް އަގެއްނެތް ވަގުތީ ތަނެއް ކަމުގައި މެނުވީ ނުވެއެވެ. ޔަޤީން ކުރައްވާށެވެ! ޤަބޫލުކުރައްވާށެވެ!
މާތްﷲ ގެ ވާގިފުޅާއެކު ލާދީނީ ބައިގަނޑުން މިލޮބުވެތި ވަޠަން ސަލާމަތްކުރައްވާށިއެވެ! އާމީން.