ރާއްޖެ ހިމެނޭހެން އިތުރު ގައުމުތަކަށްވެސް ދަތުރު ކުރުމަށް ބަންގްލަދޭޝްއިން ފެންވަރު ރަނގަޅު ކްރޫޒް ޝިޕްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުގެ އިސް ނެންގެވުމުގެ މަތިން ތަރައްގީ ކުރާ ކްރޫޒް ޝިޕްތަަކަކީ އިންޓަނޭޝަނަލް ސްޓޭންޑާޑްތަކަށް ފެތޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ އުޅަނދުތަކެކެެވެ. މި އުޅަނދުތައް ބަނުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، 2023 ވަނަ އަހަރު މި ޕްރޮޖެކްޓް ފެށިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

އެ ގައުމުގެ މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މަސައްކަތުގެ ތެރެއިން މިހާރުވެސް ތިން އުޅަނދެއް ބަނުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އަދި އޭގެން ކޮންމެ އުަޅަނދެއްގެ އަގު ބަންގްލަދޭޝް ފައިސާގެ 77 ކްރޯޑް އަށް އަރާއިރު، މިހާތަނަށް އެ މަސައްކަތަށް 231 ކްރޯޑް ހަރަދު ކުރަމަށް ނިންމަފައިވާ ކަމަށް ބުނެފައި ވެއެވެ.

ޑާކާ ޓްރިބިއުންއަށް މައުލޫމާތު ދެމުން ސްޓޭޓް މިނިސްޓަރ ފޯ ޝިޕިންގ ޚާލިދް މަހްމޫދް ޗައުދަރީ ވިދާޅުވީ، މި އުޅަނދުތައް 2023 ވަނަ އަހަރު ލޯންޗްކުރާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، އެ ގައުމުގެ އިކޮނޮމީއަށް ފައިދާތަކެއް ވާނެ ކަމަށެވެ.

"ކޮންމެ އުޅަނދެއްގައިވެސް ހުންނާނީ ޒަނާމީ އެންޓަޓެއިންމެންޓް ފެސިލިޓީތައް، އެހެންކަމުން ފަތުރުވެރިންނަށް އޭގެ ތެރޭގައި ފަސޭހަކަމާއި އަރާމުކަމާއެކު 15 ވަރަކަށް ދުވަހަށް އުޅެވޭނެ. މިއީ ޔޫރަޕްގައި ދުއްވާ ފެންވަރުގެ މޮޅު ކްރޫޒްޝިޕްތައް، އިންޑިއާގައިވެސް ނުހުންނާނެ، މި ޝިޕް ދާނޭ އިންޑިއާ، ސްރީ ލަމްކާ އަދި ރާއްޖެއަށްވެސް". އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ވެހިކަލްތައް 2023 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައި ނެރުމަަށްފަހު، ސްޓޭންޑާޑްތަކަށް ފެތޭތޯ ބަލާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރިޕޯޓްތައް ބުނާގޮތުގައި މި ވެހިކަލްތައް 2023 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައި ނެރުމަަށްފަހު، ސްޓޭންޑާޑްތަކަށް ފެތޭތޯ ބަލާނެ އެވެ.............ވެހިކަލް އެއްނޫނޭ ވެސެލްއޭ ކިޔާބަލަ

  2. ނިކް

    ތިޔަ ބޮޑު ބަލާވެދިކަމަކަށްވާނެ މި ޤައުމަށް.. އަނެއް ޤައުމީ ކާރިސާ އަންނަނަ ތި އުޅެނީ.. ތި ބަންގާޅީ ބައިވަރު ގިނަވެގެން ސަލާމަތް ނުވެވޭ މިހާރުވެސް.. ބަޔޯމެޓްރިކްސް ޕާސްޕޯޓް ނެތި އެތެރެ ނުވެވޭ ގޮތް ހަދާ

    8
    1
  3. ސަލާމަތް ހޯދަމާ

    މިއީ ބިދޭސީންގެ ބަލާވެރިކަން މިގައުމަށް މިހާރު ދިމާވެފައި އޮތް ގައުމީ ސަލާމަތަށްވުރެ ވެސް ބޮޑު ގައުމީ ސަލާމަތަށް ހުރި ނުރައްކަލުގެ ރަނގަބީލެއް. ފިޔަވަޅު އަޅާ. ގައުމުގެ ދޮރާށީގައި ތިބި ޚާއިނުން އެހެން ވަޒީފާތަކަށް ބަދަލުކޮށް ތެދިވެރި ގައުމުދެކެ ލޯބިވާ ގައުމުގެ ދޮރާށީގެ ވަޒީފާތަކަށް ހޯދާ.

    10
    1
  4. ހުސޭނުބޭ

    ތި ކްރޫޒްޝިޕްތަކުގައި މީހުން އެލުވައިގެން ދަތުރުނުކޮށްފިއްޔާ ވެދާނެ! މިހާރުވެސް ކޮންމެ އަހަރަކު އިވޭނެ ބަނގުލަދޭޝްގެ މިވެނިކީރަކަށް ބޯޓެއް ބަންޑުންޖަހާލައިގެން މިތައްސަތޭކަ މީހުން މަރުވިޔޭ ގޮވާއަޑު. އެބުނާ ބޯޓުތަކަށްވެސް 50 މީހުންގެ ޖާގައިގެ ބޯޓަށް އަރުވާ 800 މީހުން

    8
    1
  5. އަޙްމަދު

    ތިއުޅެނީ އެހެން ޗައްކަރެއް ޖަހަންވެގެން!

    8
    1
  6. ގާދިރު

    ހީވަނީ ބަލިމަޑު ކަމެއްގެ އަލާމާތެއްހެން