ށ. ފޯކައިދޫ ސުކޫލުގައި ކުރިޔަށްދިޔަ އިންޓާހައުސް މަދަހަ މުބާރާތުގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިންގެ ހާޒިރުގައި ޓީޗަރަކު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ވާގޮތަށް މަދަހައެއް ކިޔާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެނިގެންދަނީ މައިކް ޓެސްޓް ކުރުމުގެ ގޮތުން ޓީޗަރަކު މަދަހައެއް ކިޔައި މަންޒަރެވެ. ވަކި ހިސާބަކަށް "އޭ ސާހިބާ" މި މަދަހައިގެ ކަނޑިތައް އޮންނަ ގޮތަށް ކިޔުމަށްފަހު، އަމިއްލަ ގޮތަކަށް މަދަހަ ބަދަލުކޮށް މުޅިން އެހެން ވާހަކައެއް މަދަހައިގެ ރާގުގައި ކިޔަން ފަށައެވެ. ޓީޗަރު އަމިއްލަ ގޮތަށް މަދަހައިގެ ރާގުގައި ކިޔަން ފެށުމުން ދަރިވަރުންގެ ހުނުމުގެ އަޑު މުޅި ހޯލުގައި ގުގުމާލައެވެ.

މިކަމާއި ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އެ ޓީޗަރަށް ފިޔަވަޅު އެޅުމަށް ގޮވަމުންދެއެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް "ވަގުތު"އަށް ވިދާޅުވީ އެކަމަކީ ސައުންޑް ޓެސްޓް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"މަދަހައިގެ ބައެއް ކިޔާފަ އޭގެ ފަހުން އެހެން އެއްޗެހިތަކެއް ކިޔާފަ ހުރީމަ އެކަމާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކައެއް އެއީ. އަސްލަކީ މަދަހައިގައި އިތުރަށް ކިޔާފައިވާ އެއްޗަކީ މަަދަހައިގެ ބައެއް ނޫން ނަމަވެސް ގޯސް އެއްޗެއް ނޫންކަން ކިޔާފައިވަނީ" އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިކަމުގައި ބޮޑަށް ޖެހިފައިވަނީ ސިޔާސީ ކުލަކަމަށް ލަފާކުރެވޭ ކަމަށެވެ. މީސް މީޑިއާއަށް މިކަން ހިނގާފައިވާގޮތް ވައިރަލް ވެފައިވަނީ ގޯސްކޮށް ކަމަށާއި، މިކަމަކީ ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި އެ ޓީޗަރު ކޮށްފައިވާ ކަމެއްކަމަށް ގަބޫލު ނުކުރެވޭކަން އާސިފް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކެރަފާ

    ވަރަށް ޖާހިލުންގިނަވާނެ ތިޔަ ރަށުގައި ރީނދޫ ގުރޫޕާހެދި މޮޔަވެފަތިބޭނީ އިސްލާމް ދީނަންފުރައްސާރަކުރުން އެމީހުންދެކެނީ މަޖަލަކަށް

    75
    10
    • ޢަހޫ

      ޥަގުން މަދުވީމަ ޖޭވީދޯ. މަހައށްދޭބަލަ

      7
      34
      • Anonymous

        ވަގުންމަދުތަ. 3 ފޮށި ގެންދިޔަ ބޮޑުވަގު އެހުރީ ރައީސްކަމުގަ. ތި މޑޕ އަށް ސަޕޯޓް ކުރާނީ ޝައިޠާނާގެ އަހުލުން.

        20
        6
      • Anonymous

        ވައްކަން އެއީ ގޯސްކަމަކީތަ؟ ވަށްކަމާ މީހުން މެރުމާ ފޭރުންވެސް ހުއްދަވާނެ ދީނަށް ފުރައްސާރަކުރުން ހުއްދަވިއްޔާ.

        13
        2
    • Anonymous

      ފޯކައިދޫއަކީ މޑޕ ގެ ސަޕޯޓަރުން ގިނަ ރަށެއް. މޑޕ އަށް ސަޕޯޓްކުރާނީ ދީނެއްނެތް ޖާހިލުންކަމާމެދު ޝައްކެއްނެތް.

      20
      7
  2. ފޯއްކަހައިދޫ

    މަދަހަތައް ކިޔާ ރާގުގައި ތަފާތު ލަވަތައް ހަައިގެން ކިޔާތި ދިމާވާކަމެއް. މާބޮޑަށް މަޖާވީ. އަދި ކުދިން ހެއްވަންވެސް ބޭނުންވީ. ފޯއް ކައި ދޫ މީހަކު ކުރާކަހަލަ ކަމެއްނޫން.

    26
    9
  3. Anonymous

    ކޮބާތަ ވީޑިއޯ؟ ކިޔާފައިވަނީ ގޯސް އެއްޗެއްކަން އެނގޭނީ ވީޑިއޯ ނުވަތަ އޯޑިއޯ ލިބުނީމަ.

    45
    2
    • އ . ޖ . އ

      ވަކިން މެސެޖެއް ކޮއްލާ.

      3
      2
  4. ނާރިނގު

    ކޮންމެހެން ނުޖެހޭ އޭސާހިބާ މަދަހައައް އެކިޔާގޮތައްކިޔަކިޔާހުރެފަ އެއައްބަދަލުގެނެސްގެން ކިޔާކައް އެގޮތައްކިޔަން ބޭނުމިއްޔާ ފަށަންވެސްވާނީ އެގޮތައް އަމިއްލަބަސްތަކަކުން މިހާރު ތިޔަކަން ކުރިގޮތުން ފުރައްސާރައެއްނޫނޭބުންޔަސް ފުރައްސާރައަކައްބެލުމުގެ ޖާގައެބައޮތް ސިޔާސީކަމަކައް ތިހެދީއަމިއްލައައް

    14
    3
  5. ފައްކާ

    ފޯއް ކައިގެން ދުލުން ނުބައި އެއްޗެތި ގޮވެ ފޯ ކައި ދޫ މީހުން ކީއްތަ މިކުރަން އުޅެނީ!

    8
    3
    • Anonymous

      ޕާޓީއަށްޓަކައި ޔިމާގެ ނަފުސު ހަލާކުކޮށްލަނީ!

  6. ސްނޭޕް

    ތިޔަ ފަދަ ކަމެއް ށ.ނަރުދޫ 2015 ވަނަ އަހަރުގެ ސްކޫލް މަދަހަ މުބާރާތުގައި ވެސް ހިންގާފައިވޭ..

    3
    5
  7. Anonymous

    ފިޔަވަޅެއް ނާޅާނެ. ލާދީނިއްޔަތަށް މަލަމަތް ކުރުމަކީ އެންޓިސިމެޓިޒަމް އަށްވާނީ.

    6
    3
  8. ބާބޫ

    ތިޔަ ޓީޗަރަށް ފިޔަވަޅު އަޅަންޖެހޭ. އެއީ މަދަޙައިގެ ކުޜީކޮޅު ކީ އޮންނަގޮތައް، ފަހުން ބަސްތައް ަބަދަލުކުރީ އެއީ އޭނަ ކުރި ވަރަށް ގޯސްކަމެއް..............ފިޔަވަޅު އަޅަންޖެހޭ........އަދި އޭނާ ޕަބްލިކް ގަ އެކަމަށް މަޢާފަށް އެދެން ޖެހޭނެ............

    13
    2
  9. މުހައްމަދު އަހްމަދު

    ތިޔަ ރަށަކީ އެމްޑީޕީގެ ރަށެއް. ވީމާ ވާނީ ތިހެން

  10. މުހައްމަދު އަހްމަދު

    ރީނދޫ ބައިގަނޑަށް ތެދުމަގު ދައްކަވާށިއެވެ. އާމީން

  11. ސަމް

    ބޮޑު ކާދިރިއްޔާގެ ލޭ ހިނގާ މީހުން...

  12. ސަމާ

    އައްނި ޑެންމާކްގައިވެސް ދެއްކީ ސިޔާސީ ވާހަކައެއް ؟

    2
    1
  13. ސަމާ

    ޖާހިލުން އުޅޭ ރަށެއް. ރަށު މީހަކަށް ކޮވިޑް ޖެހުނީމާ މަރަށްބިރުން އެފަކީރު ރަށުން ބާލަން އުޅުނު ބައެއް ތިއީ. އާޚިރުގައި ނިމުނު އިރު އޭނާއަށް ޖެހުނީ އާދައިގެ ރޯގާއެއް.
    މިހިރީ ﷲ މީހުންގެ އަޚްލާގާއި އުޅުން ޓެސްޓްކުރައްވާނެގޮތް.

  14. ބޭބެ2023

    ތިޔަ ރާޤަށް ''އޭއާދަނާ" އޭ ކިޔައިގެން މިފަހުން ކީ ބޮޑު ޕާރޓީ އެއްގެ އިސް ބޭފުޅުން ކޮޅެއް،