މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ކަމަށް ބުނެވޭ ފައިސާ އަނބިމީހާގެ އެކައުންޓަށް ޖަމާކޮށް ބޭނުން ކުރި ކަމަށް ބުނާ މައްސަލާގައި އަނބިމީހާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތް ފަށައިފިއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ގދ. ތިނަދޫ ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ. އަދި އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ވަނީ އިތުރު ބަޔަކާ އެކު ހައްޔަރުކޮށް މަނީ ލޯންޑަރިންނާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފައެވެ.

މިއީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތުގައި ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ރާމިޒާގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ހަސަން ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށާއި ބީއެމްއެލް އެކައުންޓަށާއި ދެމަފިރިންގެ ފިރިހެން ދަރިފުޅު އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

މި ގޮތުން އެކި ދުވަސް މަތިން ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް 95،510 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ބީއެމްއެލް އެކައުންޓަށް އެކި ދުވަސް މަތިން 194،170 ރުފިޔާ އަދި ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައިވާ ދައުވާގައިވެއެވެ.

ރާމިޒާއާއި އޭނާގެ ފިރިމީހާ ލޫތުގެ ކޮޓަރި ބަލައި ފާސްކުރިއިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އަދި ރަތް ކުލައި ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ، އަދި ނޫކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން ދައުވާ އިއްވައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ދައުވާ ސާފުވެއްޖެތޯ ރާމިޒާ ކައިރި އެހުމުން އޭނާ ބުނީ ދައުވާ ސާފު ނުވާ ކަމަށެވެ. ދައުވާގައި މަސްތުވާތަކެތީގެ ވާހަކަތަކެއް އައި ނަމަވެސް އެއީ އޭނާއަށް އެނގޭ ކަމެއް ނޫން ކަމަށް ރާމިޒާ ބުންޏެވެ.

ރާމިޒާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އިންނެވި އަލީ ޝާހް ވެސް ވިދާޅުވީ ރާމިޒާގެ ފިރިމީހާއަކީ ލޯންޗު އޮޕަރޭޓްކޮށްގެންނާއި ގޯތި ކުއްޔަށް ދީގެން ވެސް ފައިސާ ހޯދާ މީހެއް ކަމަށެވެ. އަދި ރާމިޒާއަކީ ވެސް ޤުރުއާން ކްލާސް ހިންގައިގެންނާއި ބޭރުން މުދާ ގެނެސްގެން ވިޔަފާރި ކުރާ މީހެއް ކަން ޝާހް ވިދާޅުވިއެވެ.

އެހެންވެގެން ފިރިމީހާގެ ފައިސާއާއި ރާމިޒާގެ ފައިސާގެ ތެރޭގައި ގިނަ އަދަދެއްގެ ހަލާލު ފައިސާ ހިމެނޭނެ ކަން ސާފުވާނެ ކަމަށެވެ. ދައުލަތުން ކުރާ ދައުވާގައި މި ފައިސާގެ ތެރެއިން ކުށް ކޮށްގެން ހޯދި ފައިސާގެ މިންވަރު ސާފު ވެސް ނުވާ ކަމަށާއި ކުށް ކުރި ހިސާބާއި ފައިސާ ލިބެން ފެށި އިރެއް ވެސް ސާފު ނުވާ ކަމަށް ވަކީލް ޝާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަމްހަމް

    މޫޫނު ބުރުގާ ޢެޅި ގިނަ މީހުން މާ ނުބައި…މަކަރު ވެރިން ގިނައީ ތިތާ

    35
    94
  2. ކެރަފާ

    ޔާމީނަން ހުކުމް އައިގޮތަށް މިކަމުގައިވެސް ހުކުމް އަންނަންވާނެ

    26
    3
    • އައްޔާ

      ޔާމީނަށް ހުކުމް އަންނަނީ ކަމެއް ކޮށްގެނެއްނޫން! ޔާމީނު ފަހަތުން ޙުކުމް ދުވަނީ!

      36
      4
  3. ހަމްޖަމް

    ސައްތައިން ސައްތަ މުސްލިމްންދޯ ނަމަވެސް އުޅޭދޯ

    13
    4
  4. ޢަހު

    ފައިސާ ހޯދިގޮތެއް ފުރަތަމަ ހުށަހަޅަން ޖެހޭނެ މީހެއްގ އެކައުންޓަށް ޖަމާވާހާ ފައިސާއެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަކަށް ބެލޭނެ އެއްވެސް ހަމައރއް ނެތް ލޫތު އަކީ ޓެކްސީ ކޮށްގެންވެސް އެތައްލައްކަ ހޯދި މީހެއް 2007 އަކުން ފެށިގެންވެސް ލާރި އެއްކުރި މީހެއް

    21
    9
  5. Anonymous

    ރ.ޔާމީނަށް ހުކުމް އައިގޮތަށްވުރެ މާތަފުސީލުކޮށްނޫންތޯ މިތަހުގީގު އައިސްފައިވަނީ، ސަބަބަކީ ރ.ޔާމީނުގެ ކުށް އުފަންވިގޮތެއް ސާފުކޮށްނުދެވޭހާލު ރ.ޔާމީނަށް ހުކުމް އިއްވާފައިވަނީ އަދި ކުށުގެ މައިގަނޑު ކަމަށްވާ އެސްއޯއެފަށް އެއްވެސް ދައުވާއެއްނުލުރާގޮތަށް ވިއްޔާ. އަދި އެމަނީ ލޮންޑަރގައި އެތަށްސަތޭކަބަޔަކު ބައިވެރިވެފައިވާއިރު ރ.ޔާމީނުގައި އެކަނި ނޫންތޯ ދައުލަތުން ވަކިހިއްޕައިގެންއުޅެނީ

    22
    3
  6. އަބްދޫ

    ފިރިމީހާ މަސައްކަތް ކޮށްގެން ފައިސާ ހޯދައިގެން އނބިމީހާއަށް ކާންދިނުން ފިރިމީހާއަށް ވާޖިބު ކުރައްވާފައިވޭ. ފިރިމީހާގެ ފައިސާ އިން އަނބިމީހާކައިން ބުއިމުގެ ހަރަދު ހަމަޖެއްސުން މަނީލޯންޑްރިންއަށް ވާނެތަ؟ އަނބިމީހާއަށް ކާންބޯންދޭންވާނީ ހަލާލު ފައިސާއިން . އަނބިމީހާއަސޤ ފިރިމީހާ ދޭފައިސާ ހަލާލުތޯ އަނބިމީހާ ބަލަން އަނބިމީހާ އެއިން ބޭނުންނުކޮށް ހުރިެ މަރުވެދާކަށް ހުއްދަވެގެން ނުވޭ.ރާއްޖެއަށް އެތެރެކުރާ ހުރިހާ ކުކުޅުމަސް ހުސްވެގެންދަނީ ދިވެހިން ކައިގެން އެކަމަކު އެކަކަށްވެސް ނޭގެ އޭނަ މިކަނީ އިސްލާމްދީނުގައިވާފަދައިން ﷲ ގެ އިސްމުފުޅުން ކަތިލި ތަކެތިކަން . އެކަމާސައްކު އުފެދޭނަމަ ކުކުޅުމަސް ކެއުން އެމީހަކަށް ހަރާމްވާނެ. ހަމައެހެންމެ ފިރިމީހާއަށް ލިބޭ ދަރިފުޅު އެއީއޭނާގެ ދަރިއެއްތޯ ބެލުމަށް މިޒަމާނުގަ މިކިޔާ ޑީއެންއޭ ހެދުން ހުއްދަވެގެން ނުވޭ. ރަސޫލާ ހަދީސް ކުރައްވަނީ ދަރިލައްވަނީ ތަންމައްޗަށްކަމުގަ އޭގެ މާނަޔަކީ އަނބިމީހާ ވިހާދަރިލައްވާނީ ފިރިމީހާއަށްކަމުގަ. އެކަމަކު މީހަކާއިނދެ ހުރެ ފިރިމިހާ ނޫންމީހަކައެކު ޒިނޭކޮށް ދަރިޔަކު ހޯދާ އެދަރި ފިރިމީހާގެ ބޮލުގައަޅުވާ ފިރިމީހާގެ އާއިލާއަށް އެހެން މީހެއްދަރި ވައްދައިފި އަންހެނަކަށް އެކަމުގެ ދެމިހުރެއްޖެ ނަމަ ތައުބާ ނުވެވޭނެ. އެމީހަކު ނަރަކަޔަށް ވަންނާނެ.

    17
    3
    • ސާބަސް

      ވަރަށް ފުރިހަމަ ކޮމެންޓެއް

  7. ހުނ

    ހަބަރައް ވުރެ ދިގު ކޮމެންޓް ނުލިޔަމާ؟

    2
    3
  8. ޢހ

    ޕީޖީ ޝަމީމްގެ އެކައުންޓްއަށް ވަދެފައިވާ ފައިސާގެ މައްސަލަ ބެލޭނެ އަދި، ދައުވާވެސް ކުރެވޭނެ.

    9
    1