މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ، ހުސައިން ނަޒީފް ސޮއިކުރައްވައި ނެރުނު ސާކިޔުލާއެއްގައި ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ހައްލުކުރުމަށް ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތުތައް ސާފުކޮށް އެނގޭނަމަ އެތެރޭގެ އުދުހުންތަކުގައި ޗެކް އިން ވުމަށާއި ޓިކެޓު ގަތުމުގެ ސެކިޔުރިޓީ ޗެކް ޕޮއިންޓުތަކުން ކާކުކަން ދެނެގަތުމަށް އެ ލިޔުންތައް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެއެވެ.
މުއްދަތު ހަމަވެފައިވީ ނަމަވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ ލިޔުންތަކުގެ ތެރޭގައި ޕާސްޕޯޓް، އައިޑީކާޑު،ވޯކް ވިސާ ކާޑު، ލައިސަންސް ކާޑު، އެއާޕޯޓު ސެކިޔުރިޓީ ފާސް،ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ހިމެނެއެވެ.
އެ ސާކިއުލާގައި ވަނީ ޑިފެންސް މިިނިސްޓްރީން އެހެން ގޮތެއް އަންގަންދެން މިގޮތަށް އަމަލު ކުރުމަށް އެދިފައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެއާޕޯޓްތަކުގައި ސެކިއުރިޓީންގެ ގޮތުގައި ތިބޭ، އޭވިއޭޝަން ސެކިރިޓީ ކޮމާންޑުން ދަތުރުވެރިންގެ މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނަމުން ގޮސްފައިވެއެވެ.
މޮޔަބޮލަށް އަރާ ސަރުކާރު . ހަމަހޭގައި ނެތް ސަރުކާރު ބޯގޯސް ސަރުކާރު
ގަމާރު ސަރުކާރު ދެއުޅިއެއް ނުވާ ސަރުކާރު ނާގާބިލް ސަރުކާރު
ފިނިހަކަ ސަރުކާރު ރާބޯ ސަރުކާރު މަސްތުވާަތަކެތީގެސަރުކާރު
ހަރާން ކަންކަމަށް ވާގިދޭ ސަރުކާރު ލާދީނީ ސަރުކާރު އަންހެންކުޅީގެ ސަރުކާރު
ނުކުޅެދޭ ސަރުކާރު ތަރައްގީނުވާސަރުކާރު ފާހިޝްކަންކަމާއި ހުރިހާ ނުބައިކަންކަމަށް ވާގިދޭ ނުބައި މަކަރުވެރިންގެ ސަރުކާރު ހަމަ މިވަގުތުންވަގުތައް އިސްތިއުފާ ދޭންވީ! ސައްތައިން ސައްތަ އިސްލާމިކް ގައުމަކަށް އެއްވެސް ބޭނުމެއް ނުހިފޭ ޕާޓީ އެމްޑީޕީ ބަލި ގަބޫލުކޮށް އުވާލަންޖެހޭ ޕާޓީވެސް މިގައުމުން. އިންޝާﷲ .
ތިކަން ކުރަން ލަސްވެއްޖެ. ޓިކެޓްނަގާފުރަން ގޮސް ޓާމިނަލްއާއި ހަމައިން މި އިނގެނީ ނުފުރޭނެކަން.... ކާރޑް މުއްދަތުހަމަވެފަޔޯ..... ދެން ދާންޖެހެނީ އަނެއްކާ ލޯންޗްގައި ނުވަސތޭކަ ރުފިޔާ ހިފައިގެން