އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަޅު ދަބަހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފުއްލެވި ކަމަށް ކުރެވޭ ތުހުމަތުތަކަށް މިވަގުތު ޖަވާބެއް ދެއްވަން އެމަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.

ރޭގެ ވަގުތެއްގައި ރައީސް ސޯލިހު ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގެންނެވި ވަގުތުގައި އެތަނުގައި ތިބި އާއްމުންގެ ބަޔަކު އެމަނިކުފާނާއި ސުވާލުކުރައްވާ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ރައީސާއި ސުވާލުކުރަން ބޭނުންވާ ކަމަށާއި ގިނަ ތުހުމަތުތަކެއް އެމަނިކުފާނަށް ކުރެވެމުންދާ ކަމަށް ބުނެފައެވެ.

އޭގެ ޖަވާބުގައި ރައީސް ވިދާޅުވީ "އެއަށް ޖަވާބުދޭނަން" ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ސުވާލުތަކެއް ކުރަން އުޅުމުން ރައީސް ވަނީ "މި ގަޑިއަކު ނޫން ދޯ" ކަމަށް ވިދާޅުވެ އާންމު ފަރާތަކާއި ސަލާމް ކުރެއްވުމަށްފަހު ކާރުކޮޅަށް އަރާވަޑައިގެންފައެވެ.

އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިިވަން ކުރައްވާނީ ކޮން އިރަކުންތޯވެސް ރައީސާ ސުވާލުކޮށްފައެވެ. ނަމަވެސް ރައީސް އެ ސުވާލުތަކަށް ޖަވާބުދެއްވައިފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް ސޯލިހް ގެންދެވީ ރެހެންދި ފްލެޓުން ކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ޔާމީންގެ ވެރިކަމުގައި ރައީސް ސޯލިހް އާއި އެފައިސާ ހަވާލުކުރީ އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަހްމަދު އަދީބެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ކަޅު ދަބަހެއްގައި ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖު ފުލުސް އޮފީހުގައި ހުންނާނެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރެއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އިސްކޮށް ހުންނަވައި އެމްއެމްޕީއާރުސީ މައްސަލައިގައި ހެކިބަސް ދިން ބައެއް ހެކީންގެ ބަޔާންތަކުން ރައީސް ސޯލިހުގެ ނަންފުޅު އުނިކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން ރައީސް ސޯލިހްގެ މައްޗަށް ކުރާ ތުހުމަތުތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ފަޅާއަރަނީތަ؟ އަވަހަށް ކޮންމެވެސް ރޮކެޓެއް ޖަހާ!

    35
    1
  2. ރަދީފް

    މީނަ މިއީ ހޮލޯމޭންއެކޭ މަބުނަނީ މިހެންވެ.އެތެރެ ހުރި ހުސްކޮށް.ހެހެހެހެހެ

    30
    1
  3. އިސްޢާފް ސަލީމް

    ވަގެއް! ހިފާ ހައްޔަރުކުރޭ! މިއަދު ބާރުއޮތަތީވެ ފިލައިހުއްޓަސް ވަގުހިފާނޭދުވަހެއް އަންނާނެ!

    13
    1
    • ޢަހޫ

      ޥަގުއެހު ރީ ހައްޔަ ރުކޮއްފަނޫންތޯ.

  4. Anonymous

    އިބުރާ ކަލެއައް ނުކެރޭނެ އެއައް ޖަވާބުދޭން އެއީ އެދަބަސް ކޮޑުއަޅައިގެން ގެންދިއަތަން ފެންނަ ވީޑއޯތައް ހުރީމަ ކަލޭމިއައް ޖަވާބުދީބަލަ

    12
  5. Anonymous

    ހޮލޯމޭން ކަލެއާއި ދިވެހިރައްޔަތުން ހަވާލުކުރިީފުދިފައޮތް ގައުމެއް ފިނޮޅެއްނޫން ވީމާގައުމު ލޫޓުވާލާފަ ޖަވާބުދާރީނުވެ ނުހުރެވޭނެ

    12
  6. ޓައްޕު

    ދިވެހިންނަށް ހެޔޮއެދޭތީ ކާކުތަ ވެރިކަން ކުރާނީ ހަގީގަތަކީ އާރާއި ބާރާއި ޝާނާއި ޝައުކަތު އަދި އެބުނާ ކަޅުދަބަސް ހަމަ ކޮންމެ މީހަކުވެސް ބޭނުންވަނީ 19 ދިވެހިން ޝަހީދުކކޮށް ކުޅީސިފައިން ގައުމަށް ވެރި ކުރުވާ ފަޅު އޮޑި ފަހަރުގައި ތިބިހާއެންމެން ރަހީނުކުރީވެސް ހަމަ އެކަޅުދަބަސް ހިތްފުރެންދެން ކާލުމަށް ޓަކައެއްނޫންތަ ރ ޔާމީން ގެ ތަފާތަކީ އެކަޅުދަބަސް ކާލުމުގައި ދެރަ ސޮރާއި އެއްފައި ކޮރު މީހާޔާ ގުރާއިދޫގަ ތިބި މީހުންނާއި ފިޔަވަތީގަ ތިބިހާ ބަޔަކާ ހިކި އެތިކޮޅުބޮއެގެން ބަލިވެފަ ތިބިހާބަޔަކާއި މަސްމާރުކޭޓުފިނިއަށި ތަކުގައި 24 ގަޑިއިރު ގެދޮރު އަޅައިގެން އުޅޭ ދިވެހިންވެސް ބައިވެރި ކުރީތީ މީ މީގެ ކުރިން ދިވެހިންގެ ވެރިޔަކު ކުރިކަމެއްނޫންވިއްޔަ 2023 ހަކީ ބޮޑު ބޮޑެތިން ރާއްޖެތެރެއަށް ގޮސް ޅަދަރިން އުރާ އަންހެންވެރިންގެ އަތުގައި ދޫލާ ދުވަސް ވަރު ކަމަށްވާތީ އެކޮއެމެންގެ އުރު ގައި ތިބި ޅަ ދަރިންނާއި ޕާޓޭފިރިންނަށާއި އެކަނިވެރިވެރި މައިންނާއި ކޮރުދަރިއަށްވެސް ކަޅުދަބަހުން ބައެއް އަޅާދޭނެ ފަރާތަކީހަމަ އެކަނި ރ ޔާމީން ކަމަށްވާތީ އެކަން ހަނދާންބެހެއްޓުމަށް ބުނެލަން

    5
    1
  7. ރަން ރީނދޫ

    ކީކޭ ބުނާނީ. އޭނާ އެ ވައްކަން ކުރި. އިސްތިއުފާ ކުޑަ މޯދީ

    10
  8. ދަންބެރު

    ސޯލިހަކީ ގޮތްނޭނގޭ ބިރުވެރި ހޮހަޅައެއްފަދަ މީހެއް ފަޅާއަރާދުވަހު 35 މިލިޔަނާތޯ ސުވާލުކުރެވޭނީ ނޫނީ ސޯލިހުއާއިތޯ ސުވާލުކުރެވޭނީ އަދިވެސް ކުށެއްނުކުރާ ޔާމީންގެ ކުށް ފެނޭތޯ ބިރުވެރި ހޮހަޅަ ހިމާޔަށް ކުރަނީ.......؟؟؟؟؟؟؟!!!!!!!

    9
    1
  9. ވިސްނާލުމަށް އެދެމޭ

    ރޔާމީނަށް އެތައް ތުހުމަތެއަޅުވި އުމަ ރުނަސީ ރު ހޯމްމިނިސްޓަ ރަކަށްހު ރެ އަދި މމޕ ރސގެ ތަހުގީގުކު ރެވުނުއި ރު ތަހުގީގު ކޮމެޓީގެ ބޮޑަކަށްހު ރީ އުމަ ރު މިމައްސަލައިގަ ރއިބު ރާހިމުއަށް ބަހެއްނުބުނަނީކީއްވެ އަސްލިއްޔަތަށް ލޯބިކު ރާމީހެއްނަމަ...މިސަ ރުކާ ރަށް ބަހެއްބުނަން ނުކެ ރޭ ފޮނިކަޑާއި ރު...ރޔާމީނުގެ ހަސަދަވެ ރިއެއް އުމަ ރަކީ..އިބޫސަ ރުކާ ރުގެ ބައިވެ ރިއެއް ފަ ރުދާ ފު ރަގަހުގަހު ރި..

    7
    1
  10. އަބުދުﷲ

    މައުމޫން ސަރުކާރު މުއައްޒިފުންގެ ނާދީ ހުޅުވި ދުވަހުބުނީ ސަރުކާރު މުއައްޒަފުންގެ މެދުގަެއި އޮންނަންވާ ގުޅުން .... 20 ސިކުންތައް މަޑުޖައްސާލާފަ ދެންވާހަކަ ނިއްމާލިއިރު އެއްމެންނައް އެނގިއްޖެ އެތެރޭ އެތެރޭން ގުޅިގެން ދައުލަތް ލޫޓުވައިގެން އަރާމުގަ އުޅެންވީކަން !!!!!!!..... މިދެ ގުރޫޕަކީވެސް އެސްކޫލުގެ ދަރިވަރުން.... ލޫޓޭރުން!!!!!!!

  11. ޢިޔާބު

    ނުއެފުެއްލަމޭ ނުބެނެވުނީ ކީއްވެ. ހޮހޮޅައެކޭވެސް ބުނި ޖެހިލުމެއް ނެތި.

  12. ބަރަކޫޑާ

    ރައީސް އުފުލީ 35 މިލިޔަން ކުނި އަޅާފަހުރި ކަޅުކޮތަޅެއް އޭނަ ނުބަލަ އެއީ 35 މިލިޔަން ޑޮލަރު ކަމަކަށް އެހެންވެ ރަށްޔަތުން ސުވާލުކުރުމުން ޖަވާބު ފަހުންދޭނަމޭ ބުނީ ހަމަޔަގީނުންވެސް އެވާނީ ކުނިދަބަހަކަށް ވެމްކޯމީހުންލަށްވާ އުކާނުލާން އަމިއްލަޔަށް އުކާލަން އުފުލީ.