ތ. ތިމަރަފުށީގައި ނިރުބަވެރި ހަރަކާތްތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހުނާ ދިމާއަށް އެއީ އިސްލާމް ދީނާ ދެކޮޅު ބައެއް ކަމުގައި ދައުލަތުން ވިދާޅުވުމުން ދިފާއީ ވަކީލުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފިއެވެ.
މި އަށް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާއިރު، މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމަކީ ވެސް ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ކުރެވޭ ބަންދުތައް ވެސް 30 ދުވަހުން މުރާޖައާ ކުރަން ޖެހެއެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން އެދިވަޑައިގަތީ ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު ދެމެހެއްޓުމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދައުލަތުގެ ހެކިންނަށް ނުފޫޒު ފޯރުވާނެ ހާލަތެއް އޮތުމާއި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެ ހާލަތެއް އޮތުމެވެ.
މީގެ އިތުރުން ދައުލަތުގެ ވަކީލް އަހްމަދު މަމްދޫހް ވިދާޅުވީ މި މީހުންގެ ފަރާތުން ފެނުނު އަމަލުތަކަކީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކެއް ކަމަށެވެ. އަދި އެ މީހުން ގަބޫލު ކުރާ އުސޫލުތަކަކީ އިސްލާމް ދީންގެ އުސޫލުތަކާ ޚިލާފު އުސޫލުތަކެއް ކަމަށާއި މިއީ ދީނާ ވަރަށް ދެކޮޅު ބައެއް ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރި އިބްރާހީމް ލޫތާއި އަހްޝަން މުހައްމަދުގެ ވަކީލް މުހައްމަދު ރާގިބް އަހްމަދު ވިދާޅުވީ އޭނާގެ މުވައްކިލުންނާ ދިމާއަށް އެއީ "އިސްލާމުން ނޫން" ކަމަށް ދައުލަތުން ވިދާޅުވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އެ މީހުންނަކީ ވެސް އިސްލާމް ދީން ގަބޫލު ކޮށްގެން ތިބި ބަޔަކު ކަމަށާއި އެފަދަ މޭރުމުން ދައުލަތަށް ވިދާޅުވެވިގެން ނުވާނެ ކަމަށް ރަގީބް ވިދާޅުވިއެވެ.
އެއަށް ދައުލަތުން ރައްދު ދެއްވިއެވެ. ވަކީލް އަހްމަދު މަމްދޫހް ވިދާޅުވީ އިސްލާމެއް ނޫން ކަމަށް ވިދާޅުނުވާ ކަމަށާއި ވިދާޅުވި ވާހަކައަކީ އިސްލާމް ދީނާ ދެކޮޅު އަމަލެއް ކުރަން ރޭވި ކަމާއި އިސްލާމް ދީނުގެ ނަމުގައި ދީނުގެ އުސޫލުތައް ނޫން އުސޫލުތަކެއް ގަބޫލު ކުރާ ކަމަށެވެ.
މުހައްމަދު އާސިރުގެ ގާނޫނީ ވަކީލު އިބްރާހީމް ޒާހިރު ވެސް ވިދާޅުވީ އޭނާގެ މުވައްކިލަކީ އިސްލާމް ދީން ގަބޫލުކޮށްގެން އެ ދީނަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ކަމަށެވެ. އެއީ ދީނާ ދެކޮޅު ބައެއް ކަމުގައި ސިފަކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އަލީ މުނީޒްގެ ގާނޫނީ ވަކީލް އާދަމް ޝަމީމް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ވިދާޅުވީ އެމްޑީއެން ފަދަ ޖަމިއްޔާއަކުން ލާދީނީ ރިޕޯޓެއް ނެރުނު އިރު ވެސް އަމާޒު ނުކުރެވޭ ބަސްތައް ދައުލަތުގެ ވަކީލުންތަކެއް އަސާސެއް ނެތް ތުހުމަތެއް ކުރެވޭ ބަޔަކާ ދިމާއަށް ބުނުމުން ހިތާމަ ކުރައްވާ ކަމަށެވެ.
އަބްދުﷲ އިމާދުގެ ގާނޫނީ ވަކީލް މުހައްމަދު ވިޝާމް ވިދާޅުވީ އެއްވެސް ބަޔަކާ ދިމާއަށް ދީނާ ދެކޮޅު ބައެއް ކަމަށް ބުނުމަކީ ދައުލަތަށް ބުނެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަހެއް ބުނުމަށް ފަހު މައާފަށް އެދުމުގެ ބަދަލުގައި ދައުލަތުން ދަޖަލު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށް ވަކީލް ވިދާޅުވިއެވެ.
މިއާއެކު މައްސަލަ ބައްލަވާ ގާޒީ އާދަމް އަލީ ވެސް ވަނީ އެއްވެސް މީހަކާ ދިމާއަށް އެއީ ދީނާ ދެކޮޅު ބަޔެއް ކަމަށް ސީދާ ކަނޑައަޅައިގެން އެއްވެސް ފަރާތަކުން ޝަރީއަތުގައި ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ގާޒީ އަލީ އާދަމް އެއަށް ފަހު ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރަން ނިންމި ނިންމުން ދަމަހައްޓަވަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ގޮތަށް ނިންމެވީ ދައުލަތުން ފާހަގަ ކުރައްވާ ދެ ހަލާތު ވެސް ވުޖޫދުގައި އޮތް ކަމުގައި ބެލެވޭތީ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
- މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
- ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
- އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
- އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަކީ، ތ. ތިމަރަފުށީގައި ދޯންޏެއްގެ ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ފަހު، ތިމަރަފުށީ މަދަރުސާއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތެވެ.
ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތ. ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ.
މި މީހުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމާއި، ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވާ ވާހަކަ ދައްކާފައި ހުރި ކަން ފޯނުގެ މެސެޖްތަކުން އެނގުނު ކަމަށް ދައުވާގައިވެއެވެ.
ރާއްޖޭގެ ކޯޓެއްގެ ތެރޭގައި " ދައުލަތް " ދައުލަތުގެ ވަކީލުން ހައްސަލަ އެއްގެ ތުހުމަތު " ތުހުމަތު" ގައި ތިބި ދިވެހި ރައްތަޔުން ތަކަކާ ދިމާ އަށް " ވިދާޅުވި ވާހަކައަކީ އިސްލާމް ދީނާ ދެކޮޅު އަމަލެއް ކުރަން ރޭވި ކަމާއި އިސްލާމް ދީނުގެ ނަމުގައި ދީނުގެ އުސޫލުތައް ނޫން އުސޫލުތަކެއް ގަބޫލު ކުރާ ކަމަށެވެ. " ސުބުހާނަﷲ ދައުލަތުގެ ވަކީލުން އިސްލާމީ މި އުންމަތުގެ ތަހުޤީޤީ ކޯޓެއްގެ ތެރޭ ދެއްކިވާހަކަ. ދައުލަތުގެ ވަކީލުންނާ ދެކޮޅަށް މައްސަލަ ހުށަހަޅަން ގޮވާލަން.
ދައުލަތުގެ ވަކީލުން އެހެން ބުނާނަމަ މިހާރު ހަރުކަށި ފިކުރުގައި އެ ތިބީ ދައުލަތުގެ ވަކީލުން .
ތީގެ އޮންނަ އުސޫލަކީ ދިފާޢީ ވަކީލުންނަށް ލިބޭ ފައިސާ ގިނަވިވަރަކަށް ރުޅި ގަދަވާނެ! ދިފާޢުގައި ވަކީލުކަންކުރަނީވެސް އެ ބޭނުމުގައިވިއްޔާ! އެޔަކު ހައްޤުބަހެއް ނޯންނާނެ! ދޮގުހަދައިގެންވެސް އެ ލާރިކޮޅު އަތުޖެހޭތޯ އުޅޭނެ!
އެގޮތަށް ދައުލަތުގެ ވަކީލުންގެ މުސާރަ ބޮޑުވިވަރަކަށް ތުހުމަތުވާ ފަރާތުގެ ބޮލުގެ ދޮގު އަޅުވާލެއް ބޮޑުވާނެ.
ވައްކަން ކުރިކަން ސާބިތުވެއްޖެއްޔާ ވަގަށް ގޮވޭނެ، އިސްލާމްދީނާ ދެކޮޅު ޢަމަލުތައް ހިންގަންޔާ، އިސްލާމްދީނާ ދެކޮޅުބައެކޭ ބުނެވޭނެ. މަހެއް ބޭނީމަ މަސްބޭނިމީހެކޭ ބުނެވޭނެ، އިސްލާމްދީނާ ދެކޮޅު، ބީރައްޓެހި ޢަމަލު ހިންގާނީ އެއްވެސް ޝައްކެއްނެތްގޮތުގައި އިސްލާމްދީނާ ދެކޮޅު މީހުން، ވަކީލުންނެއްކަމަކު ޙަޤީޤަތް ޤަބޫލުކުރ\ޭ، މުވައްކިލުން އުފާކޮށްދޭންވެސް އޮންނާނެ ވަކި ހުދޫދެއް.
ދެންކީއްވެބާ ކޯޓުގެ ހުރުމަތް ކެނޑީއޭ ކިޔާފަ ދައުލަތުގެ ވަކީލް 1 މަހައް ޖަލައް ލާން ހުކުމް ނުކުރީ.
ވަކި ބަޔަކައް ވަކި ގޮތެއް
ޑްރަގް އެތެރެކޮށް ވިއްކާ މީޙުން ބަންދު ކޮށް ނުލެވެ އެވެ.
ދައުލަތުގެ ވަކީލުގެ އެއަމަލަކީ ސީދާ ނަފުރަތު އުފެދޭ ކަހަލަ ފިތުނަވެރި އަމަލެއް. ވަގުތުން ވަގުތަށް އެވަކީލް ހައްޔަރު ކުރަން ގޮވާލަން..
އެމްޑީ އެން ފިކުރަށް ތަބާ ނުވަންޔާ ހަރުކަށި ވީ.. އަދި މިހާރު އެބުނަނީ ދީނުން ވެސް ބޭރުވެފަ ކަމަށް. މިކުދިން ޖަލުގަ ތަޅުވާތާ އަހަރެއް ވެއްޖެ ކަމަށް ހަބަރު ލިބޭ.. ހެކި ހުރިއްޔާ ކީއްވެ ހުކުމް ނުކުރަނީ؟ ޕީޖީ ސަމީމް މިކުޅެނީ އަނެއްކާ ކޮން ޑްރާމާއެއްބާ؟
ތިމާމެން ބޭނުންވާ ސިޔާސީ ލާދީނީ އެޖެންޑާ އެއްގެ ނިވާފަތްގަނޑަކަށް ކުށެއް ނުކުރާ މައުސޫމު ބަޔަކަށް ތިޔަ ދެނީ ހާދަހާ ބޮޑު އަނިޔާއެކޭ… އަހަރެމެން ވޯޓް ދިނީ ޖަލު އަނިޔާ އާއި ވާނުވާ ޖެހުމާ ދެކޮޅަށް.. އަދުލު އިންސާފު ގާއިމް ކުރުމަށް!!!