ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ގޮވާލާއިރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިސް ތަޅުމުގައި ދެއްކެވީ އިސްލާމް ދީނުގެ ހައްދުން ބޭރުވެފައިވާ ފަދަ ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެެއެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ގިނަބަޔަކު އެކަން ކުށްވެރި ކުރަމުންދެެއެވެ.

ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވިދާޅުވީ ދީނީ މިނިވަންކަން ރާއްޖެގައި ދޭން ޖެހޭ ކަމަށެވެ.

ދީނީ މިނިވަންކަން ދިނުން އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އެގޮތަށް ވިދާޅުވީ ގުރުއާންގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

އެކަމާއި ގުޅިގެން "ވަގުތު"އިން މިނިސްޓަރ ޑރ. ޒާހިރަށް ގުޅާލުމުން ވިދާޅުވީ، ޖާބިރު މިއަދު މަޖިލީހުގައި ދެއްްކެވީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެެއް ނޫން ކަމަށެވެ.

މިނިސްޓަރ ޑރ ޒަހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ދެއްކޭނެ ވާހަކައާއި ނުދެެއްކޭނެ ވާހަކަ ގާނޫނު އަސާސީގައި ލިޔެފައި ހުންނާނެ ކަމަށެވެ.

ދީނުގައި ފުށުއަރާ ގޮތަކަށް އެެއްވެސް ތަނެެއްގައި ވާހަކައެއްް ނުދެއްކޭނެ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

"މުސްލިމަކަށް ވެއްޖެއްޔާ އެނގެން ޖެހޭ އެ މީހަކު ދައްކާ ވާހަކަ އާއި ނުދައްކާ ވާހަކައަކާއި، އޭނާއަށް ދެެއްކޭނީ ކޮން ވާހަކައެއް ކަމާއި ނުދެއްކޭނީ ކޮން ވާހަކައެއް ކަމާއި، ކޮންމެ މީހަކުވެސް ހުންނަން ވާނީ ހައްދެއްގެ ތެރޭގައި"

އަދި އެއީ މަޖިލީހުގައި ނުދެއްކޭނެ ވާހަކަތަކެއްކަން މަޖިލީހުގެ ސަމާލުކަމަށް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މިހާ ފާޅުކަން ބޮޑު ގަތެއްގައި ދީނީ މިނިވަންކަން ދޭން މަޖިލީހުގެ މެންބަރަކު ގޮވާލި ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. މާމީ

    ބަލަގަ ޖާބިރު އެކަނިތޯ ކޮބާތޯ އުތަމަ ކޮބާތޯ އެންޑީ އެން މިމީހުން ރިޕޯޓު ނެރުނު ދުވަހު މަނިކުފާނު ކޮބާތޯ ނިދިކުރައްވާފަތޯ؟؟؟؟؟

    86
    6
  2. ތެދު

    ޖާބިރު އެކަނިތޯ ހައްދުންބޭރުވީ.؟ ކޮބާތޯ އެމްޑީއެން، އެތަމާ...ހހހހެހެހެ އަދިތޯ ހޭއެރީ..
    އަމިއްލައެދުމުން ތިހިރަފޯވަނީ..ދީންވިއްކައިގެން ކައިބޯހަދާ...

    65
    6
  3. ހުސޭނުބޭ

    ހައްދުން ބޭރުވެއްޖިއްޔާ ހައްދުޖަހާބަލަ!

    68
    1
  4. ދިޔާނާ

    އަޑީ ދައުލަތުގެ ބޮޑުވަޒީރުގެ އެދުމަކަށް ދެއްކި ވާހަކައެއް!

    71
    1
  5. ތުން ތުނާ

    ބޭފުޅާ މެންބަރު ކަމުން އަޒުލް ކުޜޭ

    76
    2
  6. ފަޓާސް

    މިނިސްޓަރު ބަރާބަރު

    50
    19
  7. އަހުމަދު

    ކާށިދޫ ރައްޔިތުންނަށްވެސް ހުރި ހުތުރެއް

    30
    1
  8. އަލްޖިބްރާ

    ތިޔަމީހާ ހައްދުން ބޭރުނުވަނީ ކޮން އިރަކު ކޮން ކަމެއްގަ ތަ ؟

    24
  9. އަހުމަދު

    ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ. ނުވަތަ ބުއްދި ފިލައި ގޮސްފައިވާ ނަމަ ގުރައިދޫއަށް ގެންދޭ

    34
  10. ސަންސެޓް1

    ރިޔާސަތު ހެވިފަ؟

    22
  11. މަބޭ

    މިނިސްޓަރ ހޭފުޅުލެވުނީތޯ

    23
  12. އިދުރީސް

    ހެއިކެނޑިގެން ހިނގާ މީހަށް ތެ ޖާބިރުއަމީ. ރާބޯގެން ހަމައިން ކެނޑިފެއި 24 ގަޑިޔެ ތެޔަ ތެއޮންނެއި

    17
  13. ތެދު ބަސް

    ހަމަ ރަނގަޅަށް ވެސް ހައްދު ލާޒިމު ވެއްޖެ.

    18
  14. މޭރާ ޚެޔާލް

    މަޖުލީހަށް އެކަނި ހުށަހެޅުމަކުން ނުފުދޭ، މެންބަރު ކަމުގެ ސިފަތަކުން ބޭރު ވެއްޖެ ކަމަށް ސުޕްރީމް ކޯރޓަށްވެސް މައްސަލަ ހުށަހަޅަން ޖެހޭ.

    19
  15. ޒަމީލް

    އިސްލާމިކް މިނިސްޓަރުވެސް ތިހެން ކިޔާފަ މާދަމާނޫންކަންނޭގެ ޖާބިރައް ދައުވަތުދޭނީ މިސްކިތެއްގެ ހުޅުވައިދިނުމުގެ ރަސްމިއްޔާތައް.

    18
    2
  16. ފޮތިމާލި

    މިނިސްޓާ ބުނަނީ މުސްލިމަކަށް ވިއްޔާ އެގެންވާނެއޭ ދެއްކޭނެ ވާހަކަޔާ ނުދެއްކޭނެވާހަކަ ބަލަ އޭނަ އެއީ މިހާރު މުސްލިމެއްކަން ކިހިނެއް އެނގެނީ؟ އޭނަ މުސްލިމަކަށް ހަދައިގެން އުޅެނީ ރާއްޖޭގެ ގާނޫނު އަސާސީ އެއީ ދިވެއްސަކަށްވެވެނީ މުސްލިމަކަށް ވަންޏާކަމުގަ އޮތުމުން

    13
    2
  17. އަޖީ

    މަހިތައް އަރާ މިތާގަ އުޅޭ ސޭހު އިމްރާނުއާއި އޭނާގެ ޕާޓީގަނޑު މާ ހަނުވެފަ މިތިބެނީ ކީއްވެބާއޭ. ވަޒީފާ ގެއްލިދާނެތީކަމައްވެސް ވެދާނެ.

    15
    2
  18. ސަނީ

    ކާށިދޫ މީހުން މީނަ ކުރާ މިކަހަލަ ހުރިހާ ކަމެތްގެ ޒިންމާ ނަގަންޖެހޭނެ މީނަ މިކުރާ މިފަދަ ދީނާ ހިލާފު ހުރިހާކަމެތްގެ ބައި އެޅޭނެ ކާށިދޫ މީހުންބޮލުގަ ސަބަކީ މީނަޔަކީ ކޮންކަހަލަ މީހެތްކަން ކަނޑައެޅިގެން އެނގިތިބެ މި ދުނިޔެގެ ވަގުތީ އުފަލައްޓަކާ މީނަ ހޮވިމަ ތިބޭފުޅާ އުޅޭނެގޮތަކަށްއުޅެބަލަ ކޮންމެހެން މިގައުމު ހަލާކުކޮށްނުލާ

    16
  19. ށަވިޔަނި

    ހުރިހާ ކަމެއްވެސް ފެންނަން ޖެހޭނެ

  20. ޤާދިރު

    މިނިސްޓަރަކީ ހައްދުން ބޭރުވެފައި ހުރި މީހެއް

    2
    4
  21. މުހައްމަދު

    ޖާބިރު އިއްޒައްދީން މަގުގައި ފައިތިލަ ސާބިތުވޭތޯބަލަންވީނު.

  22. ޚާފަ

    ޢޮޑީގެ އުނގުރިތައް ނަގާ އުކާލަަފަ. ކަޓޫރައަކުން ދިޔަހިއްކަވަންތޯ ތިއުޅުއްވަނީ...

  23. އަހުމަދު

    ތިދެން މިގައުމުން ބޭރުކުރަން ޖެހިފަވާ މޮޔައެށް.
    ސަން ސެޓު ބަލަން ވާރޭ ފެންފޮދު ބުއިގެން ކެއްޗަ ލަނޑައެއްހެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
    އަދިވެ ސް އެއުޅެނީ ހަމަ ބޮވޭ ވާރޭ ފެންފޮދު މަދުކަމުން. ކޮންމެ ސް އެއްބަޔަކު އަބަދުވެ ސް ހަމައިން ނެއްޓޭ އިރު އިރު އަންނާނެ ކަން ލާދީނީ ރޯނު އެދުރު ވަނީ ބުނެފަ އެއްނު.

    8
    1
  24. އައްދު

    ހަހަހަހަަހަހަހަހަހަހަހަ މިހިރަ ބީރުބޮލުވަޒީރު. ނަޝީދު މުރުަތައްދުވީރު އޭނަގެ އައުވާނުންނާއެކު ވެރިކަމާގެން ދަހިވެތިކަމުގައި. ލާދީނީ ސަރުކާރެއްގައި އަޅުދާސްތުވެފައި. ގައުމުގެ ސިޔާދަތާއި ދީން އިންޑިޔާގެ ގެރިދީނަށް ވިއްކާހުސްކޮށްލާއިރު ވެސް ކިރުތުނބެއްޖަހާގެން އަނގަބަނދެގެން. ޖާބިރަކީ ނަޝީދު ނަޝީދަކީ ޖާބިރު ސޯލިހަކީވެސް ހާމިދަކީ ވެސް ރާބޮއެ ރައްޔިތުން ކުރިމަތީ ޢަމަލުވެގެން އުޅެ ފަ ތިބިބައެއް.< އަނގަ އޮތީތީ ނުހާވާ އިސްތިއުފާދެންވީ ނު. ތިހާ ދީންވެރިއްޔާ!

    10
  25. ާާާޢަލީ

    މަ ހީކުރީ މި ދިވެހިރާއްޖޭގަ އަދި މިވެރިކަމުގެ ދީނަށް ބަދުބަސް އަދި ދީނީ މިނިވަން ކަން ބޭނުމޭ މިހާތަނަށް ބުނީ ޖާބިރު އެކަނިކަމަށް...މިނިސްޓަރަށް އިވުނީ ޖާބިރުގެ އަޑުއެކާނި ދެއްތޯ؟؟ ޘެންތިބީ ވެރިކަންކުރާ ޕާޓީވީމަ ބީރުކަންފަތެއް ދީފައި

    13
  26. ރާއްޖެތެރެ

    ޖާބިރުވެސް ގޯސް އަދާލަތު ޕާޓިވެސް ގޯސް. ސަބަބުތައް ބައިވަރު ކީއްކުރަން އެމްޑީޕީ ހޮވަން މަސައްކައް ކުރީ.

    13
  27. ހިޖުރަ

    އެ ޖާބިރު އެ ކިޔައިދިނީ ކާފިރޫން ސޫރަތުގެ ފަހު ދެ އާޔަތް. އޭގެ މާނައަކީ ތިޔަބައި މީހުންނަށް ތިޔަބައި މީހުންގެ ދީނެވެ. ތިމަންކަލޭގެފާނަށް (މުޙައްމަދު ރަސޫލު ޞ ޢ ވ) އަށް ތިމަން ކަލޭގެފާނުގެ ދީނެވެ. އޭގެ މުރާދަކީ ފަހަރެއްގައިވެސް އެ ކާފިރުން ތިބީ ޙައްޤު ގޮތުގައި ކަމުގައި ވިދާޅު ވުމެއް ނޫން. އެ ކާފިރުން ބޭނުންވީ އެކަލޭގެފާނު އެބައި މީހުންގެ ބާޠިލު ދީނަށް އަޅުކަން ކުޅައުމަށާއި އޭގެ ބަދަލުގައި އެބައިމީހުންވެސް އިސްލާމް ދީނަށް އަޅުކަން ކުޅައުމަށެވެ. ޖާބިރަށް ނޭގޭޙާލު ދީނުގެ އާޔަތްތަކުގެ މާނަ ކިޔައިދެވިގެން ނުވާނެ. އެ ސޫރަތް ފެށެނީވެސް ކާފިރުންނާއި މުޚާޠަބު ކުރައްވަމުންނެވެ. އެބައި މީހުންގެ ދީން އެބައިމީހުންނަށޭ އޮތީ ބުނުމުގެ މާނައަކީ އެކަން ޞައްޙަ ވުމެއް ނޫނެވެ. އެހެން ނޫންނަމަ އެސޫރަތް ފަށަމުން "ކަލޭގެފާނު ވިދާޅުވާށެވެ. އޭ އެންމެހައި ކާފިރު މީސްތަކުންނޭ" މިގޮތަށް ނައީހެވެ.

  28. ސސ

    ޤައުމީ ސަލާމަތާއި ދީނީ އެއްބައިވަންތަކަން ނަގާލާ ފިތުނަވެރި މިފަދަ ވާހަކަތަށް މަޖިލިސް ތަކުގައި މަޖިލިސް މެމްބަރުންނަށްވެސް ދެކެވިގެންނުވާނެ ، މިފަދަ ވާހަކަތަ ހުއްޓުވަންޖެހޭނެ ދައުލަތުން ! މަޖިލިހަކީވެސް މެމްބަރުން ހިތުހުރިހާ ވާހަކައެއް ދައްކާން ހުރިތަނެއްނޫން !

  29. ލލ

    ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުން އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތަން ޖެހޭނެކަމަށް ޤާނޫނު އަސާސީގައި ވެސް ލިޔެފައިވަނީ ! މެމްބަރުންވެސް ޤައުމީ ސަލާމަތަށް ނުރައްކާވާ ފިތުނަވެރި ވާހަކަ މަޖިލިސް ފުލޯގައިވެސް ދެކެވިގެންނުވާނެ، އެފަދަ ވާހަކަތަށް ކޮންމެން ދައްކަން ޖެހިއްޖެނަމަ އެވާހަަ ދައްކާނީ ޤައުމީ ސަލާމަތީ ކޮމޮޓީ ގައި ސިއްރުން !

  30. އަބުދުﷲ

    ވެރިންނަކީ މަސައްކަތް ނުކޮއް ޚިދުމަތް ކުރާބަޔަކަށްވާތީ މަތީ މަގާމްތަކުގެ މުސާރަ އެއީ ނެތް އެއްޗަކައް ހެދުމުން ތެދުވެސް ހަދާނެ . އިސްތިއުފާވެސް ދޭނެ. މައުމޫނާ ގާސިމާ ތައާރަފު ކުރި ބޮޑުމުސާރަ ލިބޭމީހަކު އެނުލިބިދާނެތީ ތެދުބުނެވޭނެ ގޮތެއް ނޯންނާނެ...... ހުރިހާ ސުންޕާ ކަމެއްގެ އަސްލަކީ ހައްގު ނޫން ބޮޑު މުސާރަ.!!!

  31. އަބުދުﷲ

    މިހުރިހާ ސުންޕާ ކަމެއްގެ އަސްލަކީ ލިބޭ ބޮޑު މުސާރަ.

  32. މިއަޅާގެ ދުޢާ

    وَانصُرْنَا عَلَى القَوْمِ الْكَافِرِين (2/250)
    އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!
    فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِين (2/286)
    ފަހެ ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!

  33. ޢަޒު

    މާތްﷲ ވަނީ ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ކަނޑައަޅުއްވާފަ ދެން އެކަމާ ދެކޮޅަށް ވަކާލާތު ކޮށް 18 ނުފުރޭ ކޮންމެ މީހަކީ ކުޑަ ކުއްޖެއްގެ ގޮތުގަ ހަދަން މަޖިލީހުގަ ބަހުސްކޮށް ގާނޫނު ހެދިއިރު ކޮބާތޯ ވީކަމެއް އިސްލާމްދީން ހިމާޔަތް ކުރުމަކީ ނުވަތަ ކުރަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބު ކަމެއް ކަލޭމެން ގެ އަނގަ އޮތީމަ ވާހަކަ ދެއްކިދާނެ

  34. ގލ

    ޖާބިރުގެ މައް ސަލަ ތަހްގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން

  35. އުތުރުން

    ޖާބިރު ހައްރުކުރުމަށް ގޮވާލަން.

  36. Anonymous

    ހައއދުންބޭރުވެފަހުރީ ޒާހިރު

  37. ކައުންސެލަރު

    ހައްދުންބޭރުވެއްޖޭ އަނެކެއްޗެކޭ ނުކިޔާ ހުރިތަނުން ފޭބިއްޔާ މާތާހިރުވާނެ. މާމޮޅުވާހަކައެއްނޫން ތިދެއްކެނީކީއެއް

  38. ކޮރަލް

    ޖާބިރު މިއްސަލަފުލުހުންނާ މިނިސްޓްރީ އިން ބަލަން ޖެހެ އެވެ. ޖާބިރު މައްސަލަ ފުލުހަށް ހުށަ ހަޅާ ބަލާށެވެ.

  39. ހުސެންބެ

    ޖާބިރުވެސް އެމްޑީއެން މީހުންވެސް އަދި ކިޔެއް ރައީސް ސޯލިހާ ކެނެރީގޭ ނަޟިދު ވަނީ ހައްދުންނެއްޓިފަ.އެއީ އެމްޑީއެން މީހުނަށް ދައުލަތުގެ މަޤާމުދިނުމުގެ ސަބަބުން

  40. ދެން

    ދެން ކިހިނެއްތަ ވާންވީ ... މިނިސްޓަރު ވިދާޅުވެ ދެއްވަންވީ ނޫންތޯ

  41. މުޙައްމަދު

    މިސްކިތާއި 300 ފޫޓު ދުރުގައި ޗާޗެއް ނުވަތަ ނައިޓްކްލަބެއް ހުންނަތަން ފެނުމަކަށް މަށަކައް ކެތެއް ނުކުރެވޭނެ!

  42. އަހައްމަދޫ

    އެހެން ކިޔާލަ ކިޔާލަ ތިބެނީތަ