ޖަންގިޔާ ތެރޭގައި ދެ ކިލޯ ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާއަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އުމުރުން 23 އަހަރުގެ އެ މީހާއަކި މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ކެމްޕެގޮވްޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހެކެވެ. އަދި އޭނާ ލައިގެން ހުރި ޖަންގިޔާ ތެރެއިން ދެ ކިލޯގެ ރަން ފެނިފައި ވަނީ ބެންގަލޫރްގެ ދަ އެއާ އިންޓަލިޖެންސް ޔުނިޓް އޮފް އެެއާޕޯޓް ކަސްޓަމްސްއަށެވެ.

އެއާޕޯޓުން މިީޑިއާތަކަށް މައުލޫމާތު ދިން މީހާ ބުނީ އެ މީހާ ބެންގަލޫރަށް އައިސްފައި ވަނީ ގޯ ފަސްޓް ފްލައިޓްގައި އަންގާރަ ދުވަހުގެ އިރުއޮއްސި 6:16ގައި ކަމަށެވެ

"އޭނާ ވަނީ އެ ރަން ޕޭސްޓަށް ބަދަލުކޮށް، ފޮތި ބެލްޓްތަކަށް ހެދުމަށްފަހު އޭނާ ލައިގެން ހުރި ޖަންގިއްޔާ ތެރޭގައި ރައްކާކޮށްގެން، ކަސްޓަމްސް އިން އޭނާ ބަލާފާސްކުރިިއިރު، އެކަން އެނގުނީ، އޭނާގެ ޖަންގިޔާ ތެރެއިން ފެނުނު ރަނުގެ ބަރުދަން 2.098 ކިލޯއަށް އަރާއިރު، އަގު ހަތަރު މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ބުނެފައި ވެެެއެވެ.

އެ މީހާއަކީ ކެރެލާއަށް ނިސްބަތްވާ މީހެެއް ކަމަށް ރިޕޯޓްތައް ބުނެެއެވެ. އަދި އޭނާގެ ޓެރެވެލް ރެކޯޑްތަކުން ދައްކާގޮތުން އޭނާ މި މަހުގެ 22 ވަނަ ދުވަހު ކޮޗި އެއާޕޯޓުން ފުރިއެވެ.

މިހާރު އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮމެންޓު

    ބަޔަކު ރާއްޖޭން ރަންވަޅެއް ހޯދައިންތާ މިއުޅެނީ

    24
  2. ޢަލި

    ރައްޖެ އެއާޕޯޓް އިން ނުފެނުނީ ކޮން ސަބަބކާ ހުރެކަން ނުބުނެވުނީ ކީއްވެބާ މިކަމުގައި އޭނަ އކަނި ތައިޅެނީ އެއާޕޯޓް ގެ ކިތައްމީހުން މިކަމުގައި ޝާމިލްވާކަން އެގޭތަ.

    17
  3. ރޭދުވާ

    ރާއްޖޭގެ އެއާޕޯރޓް ތަކުގެ ސެކިއުރިޓީ ނެތްކަން ބަޔަކު ބުނަން މިއުޅެނީ...

    11
    1
  4. އިލްހާމް

    އެއަރޕޯޓް ސެކިއުރިޓީން ނޭގި ނުގެންދެވޭނެ، ތިކަމުގައި ބައިވެރިވި ސެކިއުރިޓީން ނަށް ފިޔަވަޅު އަޅަންވީ.

    10
    1
  5. އަލީހަމީދު

    އަނެއްކާ ސްޓީލް ޖަނގިޔާއެއްގެ ތެރޭގައި ހާޑުވެއާއޭ ކިޔަގެންތަ؟

  6. ކަލްޓް

    ތީ ސަރުކާރާ އިންޑިއަން ރޯ ގުޅިގެން ކުރި ކަމެއް، އަހަރެމެން އަޅައިގެން ހުންނަ ބެލްޓް ގެ ބަކަލް އަދި ހެޑް ފޯން ގެ ޖެކް ގެ ދަނގަޑު ކޮޅު އިނދެގެން ވެސް ޑިޓެކްޓް ކުރޭ! 2ކިލޯ ރަން ރާއްޖެ އިން ނުގެންދެވޭނެ، ކަނޑަ އެޅިގެން ހަދާ ދޮގެއް މީ، ސަރުކާރާ ގުޅިގެން

    1
    1
  7. ހުސޭނުބޭ

    އާދަޔާ ޚިލާފް ގޮތަކަށް ޖަނގިޔަލަށް ޕުއްޕުލާ ސޮރަކީ!

  8. މީހެއް

    ވެދާނު ފަހުން ޖަނގިޔާ ތެރައް އެޅީ ކަމައް ވެސް ސެކިއުރިޓީގެ ކަމެއް ނޫން ރަން ހޯދުމަކީ

    3
    1