ރާއްޖެއިން ބަންގްލަދޭޝަށް އެސްޓްރަޒެެނެކާ ވެކްސިންގެ ދެ ލައްކަ ޑޯޒު ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނީ ދިވެހި ސަރުކާރުގެ ފަރާތުން އިއްޔެ 201،600 އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސޮއިކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަނެވެ.

ހައި ކޮމިޝަނުން ބުނީ ރާއްޖެ އިން ދިން ކޮވިޑް-19 ވެކްސިންތައް މާދަމާގެ ވަގުތެއްގައި ދަކާސްތާ ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ފޯރާނެ ކަމަށެވެ.

ރާއްޖެއަކީ ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ޖެހުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 390،000 އަށް ވުރެ ގިނައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 343،000 އަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރަބޯ

    ބަހާ ބަހާ ޤައުމު ހުސްކޮށްފި !! ނެތްފޮތިން ފޫގަޅާ !! ޢެކުވެރިން ފޮށިތަށް ފުރާ !! ޙުރިބިމެއް ރަންއގުގަ ވިއްކާ !! ހުރިތަނަކަށް ލޯނުނަގާ !! ޤައުމު ދަރުވާ ކައި ހުސްކޮށްފި !!

  2. އައްޓަމަސް

    ހޫމ ރައްޔިތުންގެ ފައިސާ ބަހާލަ ބޭނުންގޮތަކަށް، އަމިއްލަ މުދާހެން ހީވަނީ، ރާއްޖޭގެ އެންމެން ވެކުސިން ނުޖެހި ބޭރުގަވްމުތަކަށް އެހީތެރިވުމަކީ ކޮންކަހަލަ ކަމެއްބާ؟

  3. މޮހޮނު

    ވަރަށްވެސް މަތިވެރި ޚިދުމަތެއް

    1
    2