ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ހައްގު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ވިދާޅުވީ ޝާހިދު ރާއްޖެއަށް ހޯއްދަވައި ދެއްވި ޝަރަފަކީ ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވެފައި ވަނީ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވީ އދ.އާއްމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދު ކާމިޔާބު ކުރެއްވުމަކީ ދިވެހިރާއްޖެއަށް ޝާހިދު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ޝާހިދު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސް ސޯލިހް ދެކެވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް ޝާހިދު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމަކީ ވެސް ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވި ސަބަބެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު މިހާތަނަށް 16 ބޭފުޅަކަށް ދިވެހި ދައުލަތުން އުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދެފުއްކެހެރި

    މަމެން މަޢުމޫން ޖަލަށްލާ ތެޅިއިރި ތިބުނާކަލޭގެ ހުރީ މައުމޫނުގެ ސަފުގަ އެކަން ދިފާއުކުރުމަށް މިއަދު އޭނަ އޭރު ނެގި ފައިސާރޯލްކޮށް ސިޔާސީ ގޮތުން ބާރުވެރިވެގަތީމަ އޭނަ މިވީ ހުދުކާފޫރަށް

  2. ޕަކާސް

    ޝުކުރިއްޔާ ރ. ނަޝީދު

  3. ހަސަނު

    ސޯލިޙު އަށާ ނަޝީދަށް ހައްގުވަކަން އެނގުނަކަސް ގިނަދިވެހީންނެއް ގަބުލެއްނުކުރޭ ތިޔަކަމެއް. ގައުމަށް ޣައްދާރުވެފަ ހުރިމީހަކަށް ތިޔަ އެރުވުނު ލަގަބު އަތުލާނެ ދުވަސް އިރާދަ ކުރެއްވިއްޔާ އޮތީ ދުރަކުނޫން.

  4. ތަމެންދޯ

    ޝާހިދަށް އިއްޒަތެއް ނޫނޭ ހައްގީ އޭނާ އިސްތިއުފާދޭންވީއޭ އޭނާ އަށް މިރާއްޖެ އަށް ގެނެވުނު އެމްބަސީ އެއް އޮތީ އެއް ނޫނޭ މިނިސްޓަރުން މިނިސްޓަރު ކަން ކުރަނީ ކެނެރީގެ ނަޝީދު ރުއްސަން ނޫނޭ އެއީ ދިވެހިރައްޔިތުން ރުުއްސަންއޭ ކެނެރީގެ ނަޝީދުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަނީ ބަނގުރޫޓްވެފައޭ ކެނެރީގެ ނަޝީދު އެބަޖެހޭ ރާއްޖޭގެ ސިޔާސީ މައިދާނުން ފެެއްސެން އުމަރު ނަސީރު މެންނަށް ޖާގަ ދީފައި ކެނެރީގެ ނަޝީދަކީ އެއީ ކޮަރަޕްޓް ސިޔާސީ ލީޑަރެކޭ...

  5. ނިކް

    ގައިމު ފަސާދަކުރި ނަސީދު ބުނާއިރައް އެކަން ގަބޫލުިކުރަންވީތަ

  6. ހަސަންފުތާ

    އެއީ ރައްޔިތުންނަށް ބޭރުގައުމު ތަކުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި ފައިސާއިން ކެންޕިޔަން ކޮށްގެން އ.ދ. މަގާމެއް ހޯދީމައިތޯ؟ ބަލަ އަންނިމެންނަށް ކަމުދާނެ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ މީހުން ތިޔައީވެސް މައިދޮރޯށ ވިއްކައިލައިގެން ލިބުނ ޑޮލަރުތައް ދިރުވާލި މީހާއެއްނޫން!

  7. ޔަޤީން

    މުސްކުޅިންގެ ހަރުބަހެއްގަ އޮވޭ އެއެއްޗަކުން ނިކުންނާނީ އެއެއްޗެގަ ހުރި ދިޔައެކޭ މިއޮން ކޮންމެ މީހަކައްތިލަގަބު ދިނަސް ރަނގަޅުވާނެ އެކަކީ މުޖުތަމައުގަ އޮތް އެކުވެރިކަން ނައްތާލަން މަސައްކަތް ކުރާމީހާ އަނެކަކަކީ ދިވެހިރާއްޖެ ހިފަން ބޭރުން މީހުން އައުމައްގޮވިމީހާ ދެންހުރީ އިންޑިޔާ ގެ ބައިވެރިޔާ ދެން މިޔައްވުރެ ވަކިރަނގަޅު ބައެއް ނުތިބޭނެ

  8. މަބޭ

    ރައްޔިތުންގެ ޓެކްސްފައިސާއިން ހަރަދުކޮއްގެން ހޯދިމަގާމެއްތީ 2023ގަ އޮޑިޓެއްހަދާ ތިޔަފައިސާ އަންބުރާ އަތުލަންވާނެ

  9. ޛުލޭޚާ

    ފައްޅިއަށް ވަންނަ މީހުންނަށް މި ސަރުކާރުގައި އިއްޒަތް ހައްގުވާނެ.

  10. އަބްދޫ

    ގައްދާރަކަށް ދިވެހި އިއްޒަތް ހައްގު ނުވާނެ. ބޭރުގައުމަކުން ދިވެހިގައުމު ހިފަން ގޮވުމަކީ ގައްދާރުކވުން . ތިޔަމެޑެލް އަތުލެވޭނެ.

  11. Anonymous

    އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އ.ދ ގެ އާންމު މަޖިލިހުގެ ރައީސްގެ މަޤާމު އޭނާ އުފަލާއެކު ބަލައިގަތުމަކީ ރާއްޖެ ކީއްކުރަން މުޅި އިސްލާމީ އުންމަތަށް ލިބުނު ހުތުރު ނަމެއް.
    އެމެރިކާނުން ދޭ އެހީގާ ކުށެއްނެތް އެތައް ލައްކަ މުސްލިމުން މަރާ ގޯތިގެދޮރު ވީރާނާކޮށް ބިންގަނޑު ފަސާދަކުރަމުން ދާއިރު ދިވެއްސަކު ތިޔަބުނާ މަޖިލިހުގެ ރައީސަކަށް އާނހޫނ ކިޔަން އެތާ އިނުމަކީ އޭނަޔަކީ ވެސް ލާދިނީ މީހެއް ކަމާ، ދިވެހި ދައުލަތަކީ އެމެރިކާނުންނާ ހަވާލުކޮއްފާ އޮތް ދައުލަތެއް ކަމަށް އަންގައިދޭ ދަލީލަކަށް ނުވާނެ ސަބަބެއް ނެތް

  12. ޢިއްޒައްދީނު

    ޤައުމު ވިއްކައި ހުސްކުރަނީ ތިބައިގަނޑު އެކުގައިތިބެ އެކަކު އަނެކަކުގެ ކިބައިން ހިއްވަރުހޯދަިއގެން. އެހެންވީމާ ނަޝީދު ކިހާފޯރިއެއްހުންނާނެތަ ޕާޓްނަރަށް އިއްޒަތްދޭން. ޔާ ﷲ މި ބޮޑެތި ހާއިނުން ، މުޖްރިމުން ބަލިކަށި ކުރައްވައި ،މިބައިމީހުންގެ ކިބައިން އަޅަމެންގެ މިޤައުމު ސަލާމަތްކުރައްވާށި.

  13. ބަރަބޯ

    ގިނަ ދިވެހީން ޝާހިދު ދަނޭ ! ހައްޤާ ނުހައްގު ވެސް އެނގޭނެ ،،