އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ގެއްލިގެން ދިޔަ މައިގަނޑު ސަބަބަކީ އެމްޑީޕީގެ މާލެ ސިޓީގެ ޕްރައިމަރީގައި އެތައް ގޯހެއް ހިންގައި އެތެރޭގެ އިންތިޚާބެއް ހަޑިކޮށްލުމުން ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭގެ ފުރަތަމަ އަންހެން މޭޔަރު އެ މަގާމުގައި ހުންނަވައިގެން ކުރިމަތިލި އެމްޑީޕީގެ މޭޔަރު ޕްރިމަރީން ބަލިވެ، ޕްރައިމަރީ ކާމިޔާބު ކުރި އަނަސް އަބްދުލް ސައްތާރު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިލައިފައެވެ.
މާލެއިން އެމްޑީޕީއަށް ފުރަތަމަ ފަހަރަށް އެހާ ބޮޑު ނާކާމިޔާބީއެއް ލިބިފައި ވަނިކޮށް ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ ސިޓީގެ ރައީސްގެ މަގާމު ޝިފާ ކާމިޔާބު ކުރެއްވިއެވެ.
ކްލަބް ހައުސްގައި "ވަގުތު" އިން ކުރިއަށް ގެންދިޔަ "ހަވާސް" ޕްރޮގްރާމްގައި އަމާޒުކުރެވުނު ސުވާލެއްގެ ޖަވާބުގައި ޝިފާ ވިދާޅުވީ މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް އެ ފަހަރު ނުލިބިދިޔަ ސަބަބަކީ ވެސް އެމްޑީޕީ އެތެރޭގެ ޕްރައިމަރީގައި "ހަޑި" އެތައް ކަމެއް ހިންގާފައި އޮތުން ކަމަށެވެ.
ޝިފާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށް ކެންޑިޑޭޓުން ގިނަ ކުރީ ވެސް ގްރާސް ރޫޓް ނުވަތަ އާންމު މެންބަރުންގެ ވޯޓުތައް ބަހަން ވެގެންނެވެ. އެ ގޮތަށް އިތުރު ކުރަން ވެގެން ޕާޓީން ބޭރުން ކެންޑިޑޭޓުން ވެސް ގެނައި ކަމަށް ޝިފާ ވިދާޅުވިއެވެ.
މި ގޮތުން ޕާޓީން ބޭރު ގިނަ ބަޔަކު ޕާޓީއަށް ސޮއި ކުރި ކަމަށް ޝިފާ ވިދާޅުވިއެވެ. އެ ކަން ކުރީ ވެސް ޕާޓީން އިންތިޚާބުގައި ވާދަކުރި ބަޔަކު ކަމަށް ޝިފާ ވިދާޅުވިއެވެ. އެހެންވިޔަސް އެއީ ޝިފާ ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ އެތެރެއިން ވެސް ޝިފާއަށް ކާމިޔާބު ނުކުރިޔަ ދޭން ވެގެން އެތައް ކަމެއް ކުރަމުން ދިޔަ ކަމަށް ޝިފާ ވިދާޅުވިއެވެ.
މި ގޮތުން އެމްޑީޕީ ކައުންސިލަރުން މެދުގައި ޝިފާއާ މެދު ނަފުރަތު އުފައްދައި އެ ކައުންސިލަރުން މެދުގައި ޝިފާގެ ބޮލުގައި "ދޮގު އިލްޒާމްތައް" އަޅުވަން ވެގެން ވެސް މަސައްކަތް ކުރި ކަމަށް ވިދާޅުވިއެވެ.
ޝިފާ އިޝާރާތް ކުރެއްވި ކަމަކީ ލޮނުޒިޔާރަތް ޕާކް ތަރައްގީގެ މަޝްރޫއުގައި އިމާރާތެއް ހަވާލު ކުރުމުގައި ޚިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރަން ފޮނުވި ފޮނުވުމަށެވެ. އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ ޝިފާއަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމުގައެވެ.
"މިއަދު އެމްޑީޕީ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ޝިފާއަށް ވެސް ތިން ފާޚާނާ ބަރި ހިފައިގެން ނުދެވޭނެ ކަން،" ޝިފާ ވިދާޅުވިއެވެ.
ޢެމްޑީޕީ އަށް މާލެ ގެއްލުނީ ހަމަ ތިޔަސިފާގެ ނާގާބިލުކަމުން 5އަހަރުތެރޭ ސިޓިކައުންސިލައް ކުރެވުން ކަމެއްނެއް.
ފާހާނާ ބަރި ވަގު
އޭ މިހިރަ ގޮތްނެތް ކަމަނާ! ކަމަނާއަށް ނޭގުނުތާ އެމްޑީޕީއަށް މާލެ ގެއްލުނުގޮތް! ރަގަޅަށް އަޑުއަހާ! ވެއިތުވެދިޔަ މާލޭގެ ތިން ޖީލުގެ މީހުން ތިބީ ގޯތިފޮތި ކުރަމުންގޮސް އަލިފާން ފޮއްޓެއްގެ ވަރުތަނެއްގަ! ކަމަނާ ސަރުކާރު އެމްޑީޕީއައިސް މާލޭ ރައްޔިތުންނަށް ވީ ވައުދު މަތިން ހަނދާން ނައްތާލި! ނަތީޖާއަކީ ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓް މާލޭ ރައްޔިތުން ބޮއިކޮޓް ކުރުން! އެކަން ކުރީ އަހަރުމެން ފުރަހަނި ސުއައިބް މެންގެ ވައިބާ ކުރޫޕުން! މިދެނީ އިންޒާރު 2023 ވަނަ އިންތިހާބުގައިވެސް މާލޭ ރައްޔިތުން ހަދާނީ މިގޮތް! ސިޓީކައުންސިލްގައި ކަމަނާ ހުރިއިރު ދަފްތަރު ހުޅުވާލަން ފޮނުވި ސިޓީގެ މަތިން ހަދާން އެބަހުރިތޯ؟
އެމްޑިޕީއަށް ދެންގެއްލޭނީ ވެރިކަން )) ﷲ އެދުވަސް ދަށްކަވާނެ ‘. ދިވެހީންނަށް ފުދި އިތުރުވެއްޖެ ‘.
އެކަމަކު މަށަށް ހީވަނީ ޕީޕީއެމަށް ވުރެ އެމްޑީޕީގެ ޑެލިވަރީ ސުލޯހެން. ގިނަ ފަހަރު އޯޑަރ ކުރާއެތި ނޫން އެހެން އެއްޗެއް ލިބެނީ. ނުވަތަ ކުރާ އިސްތިހާރާއި ލިބޭ އެތި އުޑާބިމާހާ ތަފާތު. އަނެއްބައި ފަހަރު އޯޑަރު ކުރާއެތި ނުލިބި ގަންނަންދޭ ލާރިކޮޅަށްވެސް ވާނުވާ ނޭނގޭ. ލާރިކޮޅު ހިފައިގެން ފިލަނީ!
މުއީޒް ކާމިޔާބްކުރީ ސަޅިކޮއް ލާދީނީންބަލިކޮއްފަ..ހެހެހެ ދެންމޮޔަނުގޮވާ
އެމްޑީޕީއަށް މާލެ ގެއްލުނީ ޕްރައިމަރީ ހަޑިކޮށްލީމަ: ޝިފާ (ބަލަ ހަޑިކޮއްލިވެސް ތިމީހުންނެއްނު ގޯތިދޭނަމޭކިޔާ މާލޭގެރައްޔިތުންނައް ދޮގާމަކަރާ ހީލަތް ހެދީ ހީކުރާކަހަލަ ތާއަބަދުމާލޭގެ ރައްޔިތުން ހައްދާލެވިދާނޭ ބަލަ ތިޔަމީހަޔާ ތިޔަމީހަގެ ދަރިންނައި ދަރިންގެދަރިންގެވެސްއ ހައްގެކޭ ރައްރަށުގަ ގޯތިލިބޭހެން ލިބުން ގާނޫނު އަސާސީގަ އެބަބުނޭ ވަކި ނަސްލަކައް ރަށަކައް ބަލައެިގެން ތަފާތް ކުރާށެކޭ އޮންނަނީ ހަމަހަމަކަން އެހެންވީމަ ރައްރަށުރައްޔިތުމީހާޔައް ގޯތި ކަނޑާފަ ދެވެންޏާ މިމަލޭގެ ރައްޔިތުމީހާޔައްވެސް ލިބެންޖެހޭނެ ޙުދުތިމީހާޔައްވެސް ލިބެންޖެހޭނެ އަމިއްލަހައްގެއްހޯދައިގަންނަންނުކެރޭމިހަކައް ދެން ކޮންރައްޔިތެއްގެ ހައްގެއްތޯ ހޯދޭނީ ވެދުން)
ޢެމްޑީޕީ އަށް މާލޭން ވޯޓު ނުލިބުނީ މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޭނަމޭ ބުނެ ވަޢުދު ވެފައި ވެރިކަމަށް އަންނަން މާލޭ މީހުންއަތުން މަކަރާހީލަތުން ވޯޓު ހޯދައިގެން ވެރިކަމަށް އައިސް ވަޢުދު ނުފުއްދައި މަކަރާ ހީލަތް ހެދީމަ. އޮޅުވާލައިގެން ހޯދާ ވެރިކަން ޙައްޤުވާނެތޯ؟