ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް ދިވެހި ސަރުކާރަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިން ތައްޔާރުކުރަމުންދާ ޕެޓިޝަނުގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ނަންގަވައިފިއެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނަށް ވީހާވެސް ގިނަ އަދަދެއްގެ ސޮއި ހޯދުމުގެ ގޮތުން އިދިކޮޅުން ދަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. ޕެޓިޝަންގައި ޒަމީރު ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓާގައި އާންމުވެ އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

އެމްޑީޕީ ކައުންސިަލަރެއްގެ ގޮތުގައި ހުރެ އިދިކޮޅުގެ ޕެޓިޝަނެއްގައި ޒަމީރު ސޮއިކުރުމުން އެމްޑީޕީގެ ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ. އިދިކޮޅުން ހިންގާ ނޭއްގާނީ ހަރަކާތްތަކުގައި ޒަމީރު ބައިވެރިވުން އެއީ ބަލައިގަނެވޭނެ ކަމެއްކަމުގައި ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

ޒަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕެޓިޝަނުގައި ސޮއިކުރެއްވީ އެ ޕެޓިޝަންގެ ޒަރިއްޔާއިން ބައެއް ރައްޔިތުންގެ ހިތުގައި އޮތް ނުތަނަވަސްކަމަށް ޖަވާބު ހޯދައި ކިލަނބު ފިލުވާލުން ކަމަށެވެ.

ނަމަވެސް އެ ދާއިރާ މަޖިލީހުގައި ތަމްސީކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެެކަމާ ނުރުހިވަޑައިގަންނަވާތީވެ ކުރި ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވަނީ ޒަމީރުގެ ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން އިދިކޮޅުން ގެންދަނީ ޖަލްސާތަކުގައި އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މި މީހުން ހެއްދެވި ފަރާތްދެކެ ނުގައްނަބިރު ކެނެރީގޭ ނަސީދު ދެކެ އެބަގަނޭ ، މިކަލޭގެ ނަސީދު ބުނެފި ނަމަ މުރުތައްދު ވެސްވާނެ ކަލޯ ތިޔަވަރަށް ނަގޫފިތޭކަންނުވާނެ ....

  54
  1
  • ޢަހޫ

   3 ބިލި އަންރުފިޔާ ވަގަށްނެގީ ހެ އްދެވިފަރާތް މަތިން ހަނދާން ނެތިގެންބާ

   6
   6
  • ދޯދި

   އިންޑިއާ ސިފައިން ރާއްޖެގައި އުޅޭތޯ؟؟؟

   13
   1
 2. ޢަލީ

  ޒަމީރު ތިކުރީ ވަރަށްވެސް ދެރަވަރުގެ ކަމެއް، ރައްޔިތުންގެ ބޮލުގައި ކޮޅުފައިންޖެހީ، ދެން ވޯޓްހޯދަން ނާންނާތީ، އަންނިކައިރިއަށް ގޮސް ވޯޓްހޯދާ

  48
  1
 3. ވަޒީރެއާލާ

  ޒަމީރުގެ ސޮއި މަޖުބޫރުވެގެން އަނބުރާ ނެގިއަސް ޒަމީރުގެ ޒަމީރު އެގޮވާލުން ގަބޫލުކުރޭ.

  33
  3
  • ފިތުނު ނަގޫ

   ޢިސްތިހާރުވާން ކުރި ކަމަކާ ވައްތަރީ

 4. އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

 5. ކުރުޗޫނާ

  ތިޔަވީ ލަޓޯފަޓޯއަކަށްނު! އަމިއްލަ ބާރެއްނެތް ތިފަދަ މީހުންނަށް ވޯތުއަޅަން ހެޔޮވާނެތަ؟

 6. އިސްތިއުފާ

  ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ އަދި މަޖްލީހުގެ މެމްބަރު ކަމުން ވެސް އިސްތިއުފާ ގަދަ ކަމުން މީހުން ލައްވާ ރައީސް ނަޝީދު އަމިއްލަ އަށް ކިޔައިގެން މަބޮޑޭ ވެގެން އުޅޭ މީހެކޭ ކެނެރީގެ ނަޝީދު ލަދުހަޔާތް ކޮބައިތޭ އިންޑިއާ އަށް ރާއްޖޭގެ މިނިވަން ކަން ވިއްކާލައިގެން އުޅޭއިރު ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 7. ސސ

  މިއަދު މިޤައުމު އަޅުވެތި ވެފައިވާ މިންވަރަކީ ފަރުދީ މިނިވަންކަންވެސް މިވަނީ ގެއްލިފައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް މިވަނީ ގެއްލިފައި !

  29
  1
 8. ދޯކާ 1

  ވަރަށް ގަޅި // އަމިއްލަ ބާރުވެސް ނެތް މީހުން މިއުޅެނީ //

  27
  1
 9. ގުދުގުދާބެއްޔާ

  މީދެން ކާކު! ސިޓީ ކައުންސިލްގައި ހުރެ ދާއިރާއަށް އެއްވެސް ކަމެއް ނުކޮއްދެވުނު މީހެއް!

  20
 10. ހުސޭނުބޭ

  މިވެސް އަނބިދަށުވުމުގެ ވައްތަރެއް

  26
 11. ހާލަތު

  މިމީހުންގެހާލަކީ އަންނި ކަލޭމެންގެ އަނބިންވަރިކުރާށޭ ބުންޏަސް ވަރިކުރާނެ އެހާވެސް ބިރުގަނޭ އަންނިދެކެ

 12. Anonymous

  ޒަމީރަކީ ގައްދާރެއް

 13. ޕާޓީކުއްޖާ

  މިކަލޭގެ އަނެއްކާދީން ދޫކޮށެއްނުލާނެބާ ޕާޓީރުއްސަން މިވަރުންދަންޏާ ވެދާނެކަމަކައްވެދާނެނޫންތޯ އޭސަހަރޯ ތިޔަޕާޓީއަކުންސުވަރުގެއަކައް ނުވަދެވޭނެ ގިޔާމަތް ދުވަހަކުންނާހާނެ ތިޔަކިޔާޕާޓިގެމީހެތޯ

 14. އާދަމުގެދަރި

  އަމިއްލަ ޒަމީރެއް ނެތް ޒަމީރެއް. އަޅުވެތިވެފައި އޮތް ޒަމީރެއް.

 15. ކަލޯ

  ގަޔައްބާރު ގަމީސް ލައިގެން ސައިކަލްގަ ބާރުބާރައް ދެކޮޅައް ދުއްވިޔަކަސް އަމިއްލަ ބާރެއްނެއް ނަގޫފިތިފަ ތިރަނގަޅުކޮއްބަލަ

 16. ވިސްނާ

  ގާނޫނާޚިލާފަށް ރާއްޖޭގައިތިބި އިންޑިއާގެ ސިފައިންނާއިވަސީލަތްތައް ރާއްޖެއިން ބޭލުމަށް
  ދިވެހިސަރުގޮވާލުމަކީ ނޭއްގާނީކަމެއްނޫން އެއީ ........