މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވުމުގެ ތެރޭގައި އަނިޔާވި "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔާ ހުސައިން ހަސަން ސްރީލަންކާ އިން ފަރުވާ ހޯދުމަށް ފަހު މިރޭ އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

ޑޮކްޓަރުންނާއި ހަވާލާދެއްވާ "ރާއްޖެޓީވީ" އިން ކުރިން ބުނެފައި ވަނީ ހުސައިންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އެތެރެހައްޓަށް ލިބުނީ ކޮން އަނިޔާއެއް ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.

ހުސައިން ލަންކާގައި ފަރުވާ ހޯދަމުން ގެންދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލަންކާ ހޮސްޕިޓަލަށް ވަޑައިގެން ހުސައިންގެ ހާލު ބައްލަވާފައެވެ.

ލަންކާ ހޮސްޕިޓަލަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ހުސައިން ރައީސް ނަޝީދާއި ބައްދަލު ކުރި މަންޒަރު ފެންނަ ފޮޓޯތަކަށް މީސް މީޑިއާގައި ފާޑުކިޔުން އަމާޒުވިއެވެ. ރައީސް ނަޝީދާއި ބައްދަލު ކުރިއިރު ހުސައިންގެ މޫނުމަތިން ހާލުދެރަ ބަލި މީހެއްގެ ކިބައިން ފެންނަ މަންޒަރު ނުފެންނަ ކަމަށް ފާޑުކިޔާ މީހުން ބުނެފައި ވެއެވެ.

ހުސައިން އަށް އަނިޔާކުރި މައްސަލަ ފުލުހުންނާއި، އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް "ރާއްޖެ ޓީވީ" އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގާސިމްބެ

    ހާދަ އަވަހަކަށް ރަނގަޅު ވީ ކަލޯ؟ މަށަށް ޖަރިމަނަށް ދެވުނުކަން މުޅިން މަރައިފި! ސިރިސޭނާ ކައިރިޔަށް ދާންވީ.. އަންނިވެސް ދުވާލު ދެ ދަޅައަށް އެތަނަށްދޭ.. ތެޔޮދަމަން...

  2. ؟؟

    ނަސީދު ފެނުނަސް އުފާވާނެކަން ޔަގީން

  3. މުޙައްމަދު

    ވަގުތު ކުދިން ޖ ވީތޯ

  4. ޣާދިރު

    ވަރައްއަވަސް އެތެރެހަށި ހަލާކުވާ މީހުންނާ މައިބަދަ ބިދިފަ ތިބޭ މީހުންނާ ހިތުގެ ބަލި މީހުން އެއާރޕޯޓުން ބޭރުވީމަ ރަގަޅު ވާލެއް.

  5. ނަވީން

    އަދި ކަލޯމެނައްވެސް އެ ހާލު ޖެހެނޭ

  6. އަން

    ތިކަހަލަ ހީލަތްތެރިން ހާދަ ގިނައޭ