އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އޮތްއިރު އެގާނޫނާއި ހިލާފު ވުމުން ރާއްޖެ ޓީވީއަށް ދައްކަންޖެހުނު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އަނބުރާ ލިބިއްޖެ ނަމަ އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރާނެ ކަމަށް އެޗެނަލް އިން ބުނެފައި އޮތްނަމަވެސް އެފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ނުކުރާކަން އެނގިއްޖެއެވެ.

މިދިޔަ އަހަރު އެ ފައިސާ ރާއްޖެ ޓީވީއަށް ވަނީ ލިބިފައެވެ. ނަމަވެސް އެފައިސާ އަދި މިހާތަނަށް ކުޑަކުދިންގެ ހިޔާއަށް ވެސް އަދި އެހެން ތަނަކަށް ވެސް ހަދިޔާ ކޮށްފައެއް ނުވެއެވެ.

ރާއްޖެ ޓީވީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ކުރިން ވިދާޅުވެފައި އޮތީ ދެ މިލިއަން ރުފިޔާ ބްރޯޑްކާސްޓިން ކޮމިޝަނުން އަނބުރާ ލިބިއްޖެ ނަމަ, އެ ފައިސާ އެއްކޮށް ހަދިޔާ ކުރައްވާނީ ދައުލަތުން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާއަށް ކަމަށެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ސަލީމް ވިދާޅުވީ ރާއްޖެ ޓީވީއަށް މުހިއްމީ ފައިސާ ނޫން ކަމަށާއި މުހިއްމީ އިންސާފު ކަމަށެވެ. "ރާއްޖެ ޓީވީ ނުހައްގުން ކުރި އެންމެ ބޮޑު ޖޫރިމަނާ، ދެ މިލިއަން ރުފިޔާއަކީ ބޭއިންސާފުން ކުރި ޖޫރިމަނާއެއް ކަމަށް މައްސަލަ ރިވިއު ކުރުމަށްފަހު މިއަދު ކޮމިޝަނުން ނިންމައިފި. ރާއްޖެ ޓީވީން މި ފައިސާ ބޭނުމެއް ނުކުރާނެ. މި [ފައިސާ] ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް. ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު، އެކަންވެއްޖެ،" ސަލީމް އެދުވަހު ވިދާޅުވިއެވެ.

ޖޫރިމަނާގެ ފައިސާ ރާއްޖެ ޓީވީއަށް އަނބުރާ ދީފައިވާ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އެވެ.

ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން ޖޫރިމަނާގެ ފައިސާ ހޯދީ ވެސް ހެޔޮ އެދޭ އެކި މީހުންގެ އަތުންނެވެ. ޖޫރިމަނާގެ ފައިސާ ހޯދަން ރާއްޖެ ޓީވީން ފަންޑު ފޮށި ހުޅުވައި، ފަންޑު ފޮށި ހިފައިގެން އެކި ރަށްރަށަށް ދަތުރުކޮށް ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހަންމަދު

    ރާއްޖެ ޓީ.ވީ އާއި އެޓީވީ ގައި މަސައްކުރާމީހަކު ތެދެއް ނަހަދާނެ....

    14
  2. ޑައެލޯގް

    ރާއްޖެޓީވީއަށް ތިޔަފައިސާ ތިދިނީ މިސަރުކާރުގެ ތަރައްގީގެ މެގަޕްރޮޖެކްޓްގެ ދަށުންނެވެ. މިސަރުކާރު ދައުލަތުގެ ފައިސާވަނީ ގާތްމީހުންނަށް ތިގޮތަށްބަދަލުދީފައެވެ. ތިޔަކީ އަސްލުދޭންޖެހޭފައިސާއެއްވެސްނޫނެވެ. ނަމަވެސް މިހާރު ހުރިހައި ބާރެއް ސަރުކާރުގައި އޮތީމަ އެގޮތައްދިނީއެވެ.

  3. މިސްކިއްމައިގޭ އައްލާ

    ތިޔަ ރާއްޖެ ޓީވީ އަކީ މުޅި ގައުމު ހުޅުޖެހި އިރު އެކަމުގެ މޭސްތިރިޔާ އަދި ގައުމުގައި އޮތް ހަމަ ޖެހުމާއި އެކަކު އަނެކަކަށް ކުރާ ގަދަރާއި އިހްތިރާމް ވެއްޔާއި މޮޑެ ރައްޔިތުންގެ އަހުލާގު ފުނޑު ފުނޑު ކުރާ ޗެނަލެއް ފިތުނަވެރިކަމާއި ފަސާދައިގެ ޓީވީ މިހާރުން މިހާރަށް އުވާލަންޖެހޭ ޗެނަލެއް ރައްޔިތުންގެ ވޯޓަކަށް ދޭބަލަ މެޖޯރިޓީ މިކަމަށް އެއްބަސް ވާނެ ތިޔަވަރުގެ ބަޔަކު ނުދޭނެ ފައިސާ އެއް ބަހާއި އަމަލާއި ދިމާ ނުވާނެ ޔަހޫދީ ވިސްނުން ތިޔަ ޗެނަލްގައި އުޅޭ އެންމެންގެ ކިބައިން ފެންނަނީ

  4. ކޭލަ

    ޥަގުން އެބަފެނޭ އެކަމަކު އެވަގުންގެ ސިފަ ވަނީ އެހެންގޮތަކަށް ބަދަލުކޮށްފަ އެއީ ހަމ މިސަރުކާރަށް ނުފެންނަ ސޫރައެއް ރަށްޔަތުން ނުކުމެ ވަގުން ހިފަންޖެހިފަ މިހާރު މިއޮތީ.

  5. ވަގުތުން

    އަކުރަމުމެން ކައްވާލި ލާރިގަނޑުން ގައުމު ފަނާކުރަން އުފެއްދި ޗެނަލްއެއް މުސްތަފާބުނި ވަގުލަރިން ހުޅުވި ޓީވީސްޓޭސަނެކެ

  6. ނަސީޙު

    ރައްޔިތުންނޭވޭ ރާއްޖެ ތީވީީ އަކީ ވަގުންގެ ޓީވީއެއް! ހޭއަރާ ރައްޔިތުންނޭވޭ! ހަގީގަތް މިދަނީ ފާޅުވަމުން! ރާއްޖެ ޓީވީ އިން ދެ މިލިޔަން ރުފިޔާ ހޯދީ ފަންޑުފޮށި ރަށްރަށަށް ގެންގޮސް ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން! އެހެންނަމަވެސް މިވީ ކިހިނެއްތޯ؟! މި ވަގުސަރުކާރުއައިސް ދެމިލިޔަން ރުފިޔާ ދޭނެކަމަށް ބުނީމައި އަވަހަށް އެފައިސާ ހޯދުމުގެ ބޭނުމުގައި އަދިރައްޔިތުންނަށް ހަގީގަތް އޮޅުވާ ލުމަށްޓަކައި ރާއްޖެ ޓީވީ އިންބުނީ ދެމިޔަން ރުފިޔާ ސަރުކާރުން ދީފިނަމަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރާނެކަމަށް! މިހާރު އެފައިސާ ލިބުމުން އެތިބީ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން! ރައްޔިތުންނޭވޭ ޣާފިލުކަމުގެ ނިދިންހޭލާ ތެދުވޭ!ރާއްޖެ ޓީވީގައި މަސައްކަތް ކުރާ މުއައްޒަފުންވެސް މިކަމާ ވީސްނާ!

  7. ބޭބެ10

    ޗެރިޓީ ކުރިމީހުނަށް އެއްޗެއް ވިސްނޭނެ. ހެެހހެހެ

  8. ރަން ރީނދޫ

    ކޯޓުތައް ބޭނުން ކޮއްގެން އަނެއް ވައްކަން އެކުރީ. ޒީރޯ ޓޮލަރެންސްގެ ދަށުން