މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީގު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އެ މަގަމަށް ޞަފާ އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ގިނަ ބަޔަކަށް ޞަފާ އެގިލައްވާނީ ޕްރެޒެންޓަރެއްގެ ގޮތުގައި ނަމަވެސް އޭނާއަކީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޞަފާގެ ހުނަރުގެ ދަތުރަށް ހުއްޓުމެއް ނެތް، ޓީވީން، ކުލާހުން، ކުޑަކުދިންގެ ފޮތް ފިހާރައަށް!

ޞަފާ ޓީވީ ޕްރޮގްރާމްތައް ހުށަހަޅުއްވަން ފެއްޓެވީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.