ރާއްޖެ ޓީވީގައި ކުރީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއަށްގެންދިޔަ ހައްވާ މުހައްމަދު (ހައްވި) އަށް ސަރުކާރުގެ ސިޔާސީ މަގާމެއް ދީފިއެވެ.

އޭނާ އައްޔަން ކޮށްފައި ވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ.

އޭނާއަށް މަހު މުސާރައިގެ ގޮތުގައި 15،000ރ. ލިބޭނެއެވެ. އަދި އެލަވެންސްގެ ގޮތުގައި 10,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސަށް 500ރ. ލިބޭނެއެވެ.

ހައްވަ ވަނީ ރާއްޖެ ޓީވީގައި މަސައްކަތް ކުރުމަށްފަހު، ސީއެންއެމްގައިވެސް މަސައްކަތް ކޮށްފައެވެ.

މީގެ ކުރިންވެސް ރާއްޖެޓީވީގައި މަސައްކަތްކުރި ގިނަ ނޫސްވެރިންނަށް ސިޔާސީ މަގާމުތައް ވަނީ ދީފައެވެ. ދާދި ފަހުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު ވަހީދު (ތަހާ) އަށް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފައެވެ. އަދި ދާދި ފަހުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ރިޒްނާ ޒަރީރު ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އާއި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހުސިން އަކީވެސް ރާއްޖެ ޓީވީގައި ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

އަދި ރާއްޖެ ޓިވީގައި މަސައްކަތް ކުރި އިސްމާޢީލް ނާއިލް ނަޝީދު ވަނީ ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް އައްޔަން ކޮށްފައެވެ. އަދި އެ ޓިވީގެ ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ މީޑިއާ ޑިރެކްޓަރަކަށް އައްޔަން ކޮށްފައެވެ.

ރާއްޖެ ޓީވީއަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ހިންގަވާ ޗެނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަަަހަ

    މިމީހުންނަށް މަޤާމްތައް ބަހާލިޔަސް ވާނީ ޤަވައިދާ އެއްގޮތަށް ފްރީ ކޮރަޕްޝަން އެއްގެ ގޮތުގައި

    14
  2. އަލީ

    ގުޅިގެން ދޫނިމަރަން ދެއްތޯ

    10
  3. Anonymous

    ކޮރަޕްސަން ، މޑޕ މިގައުމުން ބޭރުކުރޭ.

    10
  4. އައްޔު

    އެކުދިން ދޮގުހެދުމާއި އޮޅުވާލުމުގައި ހާދަބޮޑު ޤުރުބާނީތަކެއްވި ބައެކޭ ސިޔާސީ މަޤާމުތަށް ހައްގުނުވަންޏާ ކޮންބަޔަކަށް ހައްގުވާނީ

    12
  5. ސަލް

    ނޫސްވެރިންތަކައް ސިޔާސީ މަގާމުތަކެއް ތަބަކަކަށްލައިފަ ދިނުމަކީ ނޫސްވެރިކަމުގެ ދާއިރާގެ ތެރޭގައި ގިނަ ސިޔާސީ ޕަޕެޓްނޫސްވެރިންތަކެއް އުޅޭކަމުގެ ހެއްކެކެވެ. މިކަމުން ވަރައް ސަރީޚަކޮށް މިއެނގެނީ ރައްޔިތުންނައް ނޫސްތަކުން ދެމުން އަންނަ މައުލޫމާތުތައް ވަކި ވިސްނުމެއްލައިދޭން ވަކި ސިޔާސީ ބަޔެއްގެ ބޭނުމައް ފަރުމާކޮއްދޭނެ އެމީހުންގެ ނުފޫޒުއޮތް ނޫސްވެރިންތަކެއް ތިބޭކަމެވެ. މިއީ ނޫސްވެރިކަމުގައި ރާއްޖޭގެ ޕުރޮފެޝަނަލް އިންޓަގުރިޓީގެއްލިފައިވާވަރު އެނގިގެންދާ ހެއްކެކެވެ.

    12
  6. ނިޒާރުބެ

    ފިތުނަވެރިންކަޅިއަޅައިފި މިތުރުންއުފަލުން ނަށައިފި ކޮންމެޓީވީއެއްގަ އުޅުނަސް ގާބިލްކަންހުރިއްޔާ އެވީއެއްނު އިންޓަރނޭޝަނަލް އެވޯރޑެއްވެސް ލިބުނުކުއްޖެއް އަދި ރޮލުންކާންފަށާވަރެއް ނުވެއެއްނު