އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތަހުގީގަށް އިތުރު އަންހެނަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއަދު ވަނީ މިމައްސަލައިގައި ދެފިރިހެނަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެދެފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެމީހުން ހައްޔަރު ކުރިކަން އަދި އަންގާފައި ނެތް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ރަށު ކައުންސިލުން ފުލުހުންނާއި ހަވާލާދީ ބުނެފައި ވަނީ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރަށު މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެތީ އެމީހުންގެ ރައްކާތެރި ކަމަށެވެ.

މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ އަކީ ވެސް ދަނގެތީ މީހެއް ނޫނެވެ. އަންހެން މީހާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "ހިމާޔަތް ދޭން" ކަމަށް މައުލޫމާތު ލިބެއެވެ.

މަހްމޫދު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަން ނުވަތަ ނޫންކަން ވެސް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށާއި ފުލުހުންގެ ޓީމެއް ދަނގެއްޗަށް ދަތުރު ކުރާކަމަށް ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރަށުގެ ގިނަ ބަޔަކު ދަންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްމަ

    މުހައްމަދު ނަސީދު ގައުމަށް އައުމާއެކު މާރާ މާރީ ހިންގާ ގައުމު ބިރުވެރިކަމެއްގައި ! ޓިމުވެސް ބަލިވީ ، ގައުމުގެ ހަމަޖެހުން ގެއްލި ނާމާންވީ މަންޒަރު މި ފެނުނީ .. މުސީބާތުން ސަލާމަތް ކުރައްވާ މައްޔިތާގެ ފުރާނައަށް ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި .. އާމީން

  2. ޙަސަނު

    އަންހެން ކަނބަލަކު އިނގޭތޯ