އދ. ދަނގެތި މަހުމޫދު އަބޫބަކުރު މަރާލިކަމަށް އެ ރަށު ރައްޔިތުން ތުހުމަތުކުރާ މީހުން މިއަދު ހެނދުނު އެރަށުން ބާލުވައިފިއެވެ.

ރައްޔިތުން ނިކުމެ ރަށުން ބޭލުވީ އިއްޔެ ރަށު މީހުން ފުލުހުންނާއި ހަވާލު ކުރި ތޮއްޑޫ ދެފިރިހެނުންނާއި އަދި ރޭ ފުލުހުންގެ ހިމާޔަތައް ދިޔަ އަންހެން މީހާ ކަމަށް ވެއެވެ.

އިއްޔެ ފުލުހުންނާއި ހަވާލުކުރި ދެމީހުންނަކީ މަހުމޫދު މަރާލުމުގައި ބައިވެރިވެފައި ވާނެ މީހުން ކަމަށް ރަށު މީހުން ތުހުމަތު ކުރި ނަމަވެސް އެމީހުންގެ މައްޗަށް އެފަދަ ތުހުމަތެއް ފުލުހުން އަދި ނުކުރެއެވެ. ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް އެމީހުން ތިބީ ހައްޔަރު ކޮށްފައެއް ނުވެއެވެ.

ތިން މީހުން ދަނގެތިން ބާލައިގެން ގެންދިޔައީ މަހިބަދުއަށް ކަމަށް މައުލޫމާތު ލިބެއެވެ.

މަހުމޫދުގެ ހަށިގަނޑު ޓެސްޓްތަކެއް ހެދުމަށް މިއަދު ހެނދުނު މާލެ ގެނައުމަށް ފަހު މިހާރު ވަނީ އަނބުރާ ދަނގެއްޗަށް ގެންގޮސްފައެވެ.

ރަށުގެ ގިނަ ބަޔަކާއި ގާތް ގުޅުމެއް އޮންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.

މަހްމޫދު މަރާލާފައި އޮތްތާ ގިނަ ގަޑިއިރުތަކެއް ވެފައިވާތީ އާއިލާ އިން ބޭނުންވީ ވީހާވެސް އަވަހަށް މަހްމޫދު ވަޅުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރމ

    މިހާރު ރާއްޖޭގެ 2 ރަށުން ތި ބޭލީ. ރައްޔިތުން ބޭނުމެއްނުވޭ ކުށްކުރާ މީހުންނަށް ޙިމާޔަތް ދޭކަށް އަދި ކުއްވެރިންނަށް ރައްޔިތުން ހިއްސާވާ ފައިސާއިން ޚަރަދުދާނެ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށްވެސް. މައްސަލަތަށް ދިގުލާ ނުދަމާ، ކުށްތަކަށް އެކަށީގެންވާ އަދަބުދިނުމުގައި ވަކިމީހެއް އިސްތިސްނާނުކޮށް ކުރެވިގެން، އަނިޔާ ލިބޭ މީހުންގެ ހައްގުތަށްކަށް އިންސާފްލިބޭނީ

    1
    1
  2. ތެދު

    ލާދީނީމީހުން ރުހުނަސް ނުރުހުނަސް މަރައް މަރު ހިފުން އަސްލާމްދީނުން ފުުހެވިގެން ނުދާނެ އެކަންކުރުމައް ވެރިމީހާއަށް،ސަރުއީދާއިރާއަށް ވާހިބް.

    23
    1
  3. ޙމމ

    ތިދިޔައީ ތިހާހިސާބުން ކަންތައް. ދެން ބަލާނެވެސް ކަމެއްނެތް.

    18
  4. Anonymous

    ތިޔައީ ހައްދު ފަހަނަ އެޅި ބަޔަކު ދިން ހަމަލާ އެކެވެ. އެއް ރަށުން ބާލާއިރަށް އަނެއް ރަށައް

    2
    1
  5. މަންޖެ

    ތިދެމީހުންތީ ތޮއްޱޫ ދެ ފިރިހެނުން ނެއްނޫން އެކަކުގެ ބައްޕަ އަކީ ދަނގެތީ މީހެއް ދެންހުރި މީހާގެ ބައްޕަ އަކީ ތުޅާދޫ މީހެއް.. އެހެންވީމަ ތޮއްޱޫ މީހުންނަށް ވާންޖެހޭ ސަބަބެއް ނޭންގެ

  6. އިނގޭ

    އޭގެ ދެފިރިހެނުންނަކީ ތޮއްޑޫ މީހުންހެއްނޫން.އެއްވެސް ގޮތަކުން ތޮއްޑޫ އަށް ވާ ބާއެއް ނޫން