ދިމާވާ ބައެއް ކަހަލަ ކަންކަމާއި ގުޅިގެން ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން މޫނުގައި ލަކުނު ލުމުން، އެ ލަކުނުތައް ފިލުވައިލުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް އެބޭނުމުގައި ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތައް ނާއުންމީދުވަނީ، އެތައް ޚަރަދެއް ކޮށްގެންވެސް އެކަމަށް ޙައްލު ނުލިބި ލިބޭ ގެއްލުން ދެގުނަ ވާތީއެވެ. މިގޮތަށް ދިމާވަނީ، ލަކުނު ފިލުވައިދޭކަމަށް ބުނެ އުފައްދާފައިވާ ގިނަ އުފެއްދުންތަކުގައި ހަންގަނޑާއި ނުގުޅޭ، ބާރުގަދަ ކެމިކަލްފަދަ ގެއްލުންދެނިވި މާއްދާތައް ގިނަ ޢަދަދަކަށް އެކުލެވޭތީއެވެ.

ރާއްޖޭގައި މިހާރު ގިނަބައެއްގެ މެދުގައި މަޤުބޫލު، ޖެނެޓް ބްރޭންޑުގެ މި "ނޯ-މާކްސް ފޭސް ވޮޝް"އަކީ މޫނުގައި ހުންނަ ލަކުނުތައް ފިލުވައިލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ.

ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝްއަކީ، ގިނަ ޢަދަދަކަށް ވިޓަމިން އޭ އާއި ވިޓަމިން އީ އެކުލެވޭ، ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ފޭސް ވޮޝްއެކެވެ. މޫނުގައި ހުންނަ ލަކުނު ފިލުވައިދިނުމުގެ އިތުރުން މިއީ މޫނު މާބޮޑަށް ތެޔޮވެފައި ހުންނަ ހުރުމަށްވެސް އަވަސް ޙައްލެއް ގެނުވައިދޭ ފޭސް ވޮޝްއެކެވެ.

"ނޯ-މާކްސް ފޭސް ވޮޝް"ގެ އެންމެ ޚާއްސަ އެއް ސިފައަކީ، އާދަކޮށް މި ފޭސް ވޮޝް ބޭނުންކޮށްގެން މޫނު ދޮންނާން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގައި ހުންނަ "ބްލެކް ހެޑް" އާއި "ވައިޓް ހެޑް" އަދި ލަކުނުތައް ފިލުވައިދީ މޫނުގެ ރީތިކަމާއި ތާޒާކަން އިތުރުކޮށްދޭކަމެވެ. ހަމަ އެހެންމެ މޫނުގައި ހުދުވެފައި ހުންނަ ތަންތަން ނުވަތަ ހަންގަނޑުގެ ކުލަ ދިމާނުވާ ތަންތަނަށް ފަރުވާލިބި މޫނުގެ ރީތިކަން އަލުން އަނބުރާ ލިއްބައިދިނުމުގައި މި ފޭސްވޮޝް މުޙިންމު ދައުރެއް އަދާކުރެއެވެ.

"ޖެނެޓް - ނޯ މާކްސް ފޭސް ވޮޝް" ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، އާދަކޮށް ކޮންމެ ދުވަހަކު ހެނދުނާއި މެންދުރު އަދި ރޭގަނޑު މި ފޭސް ވޮޝް ބޭނުންކުރުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ރަނގަޅު ނަތީޖާ ފެނެއެވެ. އަދި ޒުވާންކަމާއި މޫނުގެ ރީތިކަން އެކަމުގެ ސަބަބުން ދެމެހެއްޓުމަށް އެހީއަކަށްވާކަމަށާއި، ހަންގަނޑުގެ އޮމާންކަން މި ފޭސް ވޮޝްއިން އިތުރުވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި އެފަރާތްތަކުން ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ "ޖެނެޓް" ބްރޭންޑުގެ ފޭސް ވޮޝް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޭސް ވޮޝްގެ 150 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 200 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައި ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.