ކަނޑުމަގުން ބަލި މީހުން އުފުލަން ބޭނުންކުރާ ސީ އެމްބިއުލާންސްތައް ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި، އެތަކެތި މަރާމަތުކުރަން ވެސް ވަރަށް ބަޖެޓެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ އެހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝިޔާން، ލިޔުމުން ޖަވާބު ހޯދަށް ހުށަހެޅުއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޝިޔާންގެ ސުވާލު އައީ އއ އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސް، ބޭނުން ނުކުރެވޭ ވަރަށް ފަޅައިގެން ގޮސްފައިވާތީއެވެ. އޭނާ މިނިސްޓަރު އަރިހުން އެއްސެވީ އެކަމަށް ހައްލެއް އަންނާނެ ދުވަހެއް އޮޅުން ފިލުއްވައި ދިނުމަށެވެ.

މާރިޔާ ދެއްވި ޖަވާބު މަޖިލީހުގައި އިއްވެވީ، އާމީންއާންމު ފަތިމަތު ނިއުޝާއެވެ. ސީ އެމްބިއުލާންސްއާ ގުޅޭ ގޮތުން ޝިޔާންއަށް ދެއްވި ޖަވާބުގައި މާރިޔާ ވިދާޅުވީ 2015 ވަނަ އަހަރު އެމްއެންޑީއެފްއާ ހަވާލުކުރި، ސީއެމްބިއުލާންސްގެ އުޅަނދުތަކަކީ ގިނަ ދުވަސްތަކެއް ހާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށެވެ.

މިހާރުވެސް "ގްރައުންޑް" ކޮށްފައިވާ އުޅަނދުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށާއި ބަޖެޓުގެ ދަތިކަމާއި ހެދި މުސްތަގުބަލުގައި އުޅަނދުތައް ދޫކޮށްލެވެން ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އއ އަތޮޅަށް ސީއެމްބިއުލާންސެއް ލިބޭނީ އެމްއެންޑީއެފަށް ފައިސާ ލިބިގެންކަމަށް މާރިޔާ ދެއްވި ޖަވާބުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އައްސަރިބަހާ ސާބަސް މިއޮތީވާ ވެރިކަމެއް ، ކެނެރީގޭ ކަލޭގެޔަށް ދުވާލަކަށް 10 މިލިޔަން ހަރަދުކުރަން ޖެހުނަސް މާލިއްޔާގަ ރުފިޔާ ހުރޭ ހަރަދުވެސްކުރޭ ، ސީ އެންބިއުލާންސް މަރާމާތުކުރަން 50 ލާރިވެސް ނެތް ސާބަސް ކަލޯ ސޯލިބޭ...

  11
  • ރީނު

   މިހާލުގައި ހުރިހާ ކަމެއްވެސް އޮތީ! މަޢުލޫމާތު ލިބޭގޮތުން ރާއްޖެތެރޭ ރަށްތަކުގައި ދުއްވާ ފުލުސް ލާންޗު ފަހަރުވެސް ހަލާކުވެ ހެދޭނެ ގޮތެއްނެތިގެން އުޅޭ! އަތޮޅުތެރޭ ދުއްވާ ސީއެންބިއުލާންސްތަކާ އަޅާލާ ބައެއްނެތް! ހުރިހާކަމެއް ވީރާނާވާން ދޫކޮށްލާފަ ގައުމު އިންޑިޔާއަށް ވިއްކަމުންދަނީ! އަތޮޅުތެރޭ ލޯންޗުފަހަރު ނަހަދަނީ ގަސްތުގަ! އެއީ މިވެރިންނާ ގުޅުން އޮންނަ ބައިއަޅާ ފަރާތްތަކުން ލޯންޗު ސެކްޝަންތައް އަތޮޅުތެރޭ ހަދައިގެން ފުލުހުންނަށާ ހެލްތު ސެކްޓައިން ކުއްޔަށް ދަތުރުކުރުން މަޖްބޫރުކޮށް ބޮޑުއަގު ނެގުން ބޭނަކީ! މުޅިން ވައްކަން!

  • ރައްޔިތުނގެ ރައުސްމާލު

   ދައުލަތުގެ ރައުސްމާލު ދަވާލި މީހުން ފެނޭތަ

 2. ޯބޯޖަލީލު

  ހޮޓެލް ޖެންގެ އިތުރުފްލޯރ އެއް ކުއްޔަށް ހިފާފަ މާރިޔާ އާއިލާޔާއެކު އެތާ ދިރިއުޅޭގޮތަށް ހަމަޖައްސާ ސާބަހޭ ސާބަހޭ އޯގާތެރި ސަރުކާރު...

  19
 3. ޢަލީ

  ބަޖެޓް ހުންނަނީ ކެމްޕޭންކުރެވޭކަންކަމަށް. ރަށްރަށު ހޮސްޕިޓާތަކުން ބަލިމީހުން ގޮވައިގެންދާ ނަރުހުންނަށް ދަތުރު އެލަވަންސް ނުދޭތާ މިހާރު 2އަހަރުވާން ކައިރިވެފައިވާ ހޮސްޕިޓާ އެބަހުރި. އެކަމަކު ކެމްޕޭން ދަތުރުތައް ކުރެވޭ އަގުބޮޑުކޮށް.

 4. އަހްމަދު

  ރައްޔިތުންނައް ސިއްހީއެހީތެރިކަންފޯރުވޭފަދަހިތްވަރެއް ނެތް ނަމަ މަގާމުގައިހުރެގެން ރައްޔިތުންގެޓެކްސްފައިސާއިން މުސާރަނުނަގައި އިސްތިޢުފާދީފަ ގައުމުދޫކޮށްދާންވީނު

 5. ޒިންދު ބާދު

  ސިޔާސީ މީހުންނަށް ބަހަން ރުފިޔާހުރޭ..އެކަމަކު މިކަންތަކަށް ރުފިޔާ ނުހުރޭ..ކިހާ ގަދަ.

 6. Anonymous

  ތިޔަކަން ވެސް ކުރީ ސަރުކާރުގެ ކަމަކަށް ވަނީ.
  ކޮބާތޯ ލަދުފުޅު.
  ޤާބިލުކަން ނެތިއްޔާ އިސްތިއުފާ ދެއްވުމަކީ އެންމެ ރައްޔިތުންނަށް ރަނގަޅުގޮތް
  ފްލެޓެއް އެޅުނިއްޔެއްނޫން. ޕޮލިސް އާއި އެމްއެންޑީއެފް ގެ ފްލެޓް ގަނޑުވެސް މިސަރުކާރުން ވެރިކަމަށް އަރާ ވަޢްދުވެ ،ދައުރު ނިމޭއިރު ކަންފުޅެއްވެސް ނުކުރެވި. ދޮރެއް ނެތޭ މުއްޓެއްނެތޭ އެގޮތަށް ދޭންވީނު އެތަންތަން ވެސް