ކަންކަން ރަނގަޅު ކުރަން އުޅޭ އިރު، ގިނަ ގޮންޖެހުންތަކަކާ ދިމާވުމަކީ ވަރަށް ތަބީއީ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން އެގޮތަށް ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައި ވަނިކޮށެވެ.
kankan rangalhukuran ulheyiru
lakka gina gonjehunthakaa kurimathi vumakee varah thabee'ee kamekeve.kaamiyaabu vaanee gonjehunthakun araigane kuriyah dhiyumuge hiyvaru hoadhunu bayakasheve.
— Imran Abdulla (@ShimranAb) October 19, 2021
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭ އިރު ލައްކަ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއް ކަމަށެވެ. އަދި ކާމިޔާބުވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، އިމްރާނަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.
ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނޭ އެއް ކަމަކީ ވެސް އެތަން މިނިވަންކަމާއި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދިނުމެވެ. އާ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގުމަށް ބޯޑެއް ވަނީ އެކުލަވާލައިފައެވެ.
ގާނޫނުގައި އެގޮތަށް ކަނޑައެޅި ނަމަވެސް ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.
ފުލުހުން ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރި ނަމަވެސް ފުލުހުން ޖަވާބުދާރީވާންޖެހޭނީ ހޯމް މިނިސްޓަރަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވަނީ ވިދާޅުވެފައެވެ.
"ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ސާފުކޮށް ބުނޭ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންނޭ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އެބަ އޮވޭ ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް. މާނައަކީ އަދިވެސް ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު" ރިއްފަތު ވިދާޅުވިއެވެ.
ބައްޕަ ދަރިފުޅުކައިރީ ބަސްއަހައިގެން ހުންނާށޭ ބޭރައްގޮއްސަ އަންނައިރު މެޓާގެންނާނަމޭ ބުނީމަގަބޫލުކުރާހެން އަހަރެމެން ތިވާހަކަ ގަބޫލެއް ނުކުރާނަން މިހާރު ތިޔައޮތީ މައުމޫން ސަރުކާރުގަ އޮތްގޮތައް ދެތަނައްވެސް އެކަކު އަމުރުކުރާގޮތައް ވެއްޓިދާނެތީ ބިރުން ތިހެން ތިހެދީ
ފަސާދަކޮށްގެން ހޯދި މަޤާމެއްގައި އިސްލާޙެއްނުވޭ!
ކޮބައިތަ އިސްލާޙްކުރިކަމުގެ ޑޮކިއުމަންޓްތައް؟ ކެކެކެކެކެކެކެކެ
ތިބުނަނީ ވަރަށް ގިނަމާނަ އެކުލެވޭ ވާހަކައެއް ، ރައްޔިތުން ތަންކޮޅެއް ސާފްވާންޖެހޭ އެބަ ، ކަމެއް ގޯސްވީބާ
ރަގަޅުކުރާކަށް ނޫން ބޭފުޅާމެންތީ ބާގީން އިތުބާރުނެތީމަ ފިޔަކޮށާލީ
އަހަރެންގެ ފަހަރި ކަލެޔަށް ވަރަށް ސަލާމް ބުނި ފަހަރި ވަރަށް ހެޔޮވާނެ އެއީ ހަމަ އެ ފަހަރި
ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަކުރި އިރު ތިފަދަ ބޮޑު މަތީ މަގާމެއްގައި ހުރެ ކަމެއް ނުކުރެވުނު މީހަކަށް ދިމާވާނެ ކަންތައްތަކާ ވެސް
ކައްޒާބު
މީހަކުބުނާގޮތައް ކަންކުރަންހުރިމީހަކައް ކޮންހިސްލާހެއްކުރެވޭނީ ޖީބުބޮޑުކުރުންނޫން ކަމެއްނުކުރެވޭނެ ގާނުނުތައް ހަދަނީރައްޔިތުންހަވާލުކުރާވޯޓްދޭމެންބަރުން މަޖިލީސްއިން ދިވެހިއެއްވެސް ރައްޔިތަކުނެއް ތިޕާޓިއަށާ އިމްރާންއާހަވާލުކޮއްފައެއް އެއްވެސްމަގާމެއް ރާއްޖޭގެއަތޮޅޭއްގަ ރަޝެއްގަވެސް
ކަންކަން ރަނގަޅުކުރަން އުޅޭއިރު އަންހެން ކަނބަލުންގެ ގުންވަންތަކުގައި އަތްޖެހުމަކީ ގޮންޖެހުމެއްތަ ކައްޒާބު
އިމްރާނާ ޖެހުނީމަ އެކަން ވިސްނުނީތީ އުފާވެއްޖެ. ޔާމީނު ކުރިނަމަ ވަރަށްގޯސް.
ފަހަރިވެސް އަދި ބަދަލުވާނެ، އެކަމް ބާކިވެ މަގުމަތިވީމަ ދުނިޔޭގެ އެއްމެން ކުރިމަތީ ރޔާމިން ކައިރިން މާފަށް ވެސްއެދޭނެ. ނޯޓް ކޮއްފަ ބައިންދާ...
އަޚާ މިއަދު ތިހުރީ ލާދީނީ އަންނިޔާ ނަގޫ ގޮށްޖެހިފަ..
ޢަނގައިން ކަލޭ ދެރަ ނުވާތި
ރ ޔާމީނު ބުނީ މިކަލޭގެ ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެއޭ! އެހުރީ މަޤާމް ހޯދާގެން ރައީސް ޔާމީން ބޮލުގައި ޑކ އަފްރާޝީމު މެރިކަމުގެ ތުހުމަތު އަޅުވާފައި. މީނަ އާ ދެން ކުރިމަތީގައި އޮތީ އަދި ދިމާވާނެ ކަންތައްތައް. ކައްޛާބު ކަލޭގެ
މިނިސްޓަރު ކަން އިމްރާނައް ލިބުމަކީ ވަރައްރަނގަޅުކަމެއް. !!!! މިހާރު އެއްމެންނައް އެނގޭނެ0000000000000 ގެ މީހެއްކަން. މުސާރައެއް ނުލިބިގެން ހަޅޭލެވީކަން.!!!!!!!