އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ ގުޅުވާލައި ބްރިޖުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާއާއެވެ. ބްރިޖު މަޝްރޫއު ހިމެނޭ ގޮތަށް މި މަޝްރޫއަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހަދާ ބޮޑު ބްރިޖުގެ މަސައްކަތް ދިވެހި ސަރުކާރުން ހަވާލު ކުރި ކުންފުންޏެވެ.

ބްރިޖުގެ އަމަލީ މަސައްކަތް ފެށި އިރު، މިވަގުތު ކުރިއަށް ދަނީ ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމެވެ. އޭގެ ތެރޭގައި ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ހިމެނެއެވެ. މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. މި މަސައްކަތްތައް ކުރުމަށް އިންޑިއާ އިން ވަނީ ދާދި ފަހުން ބައެއް ސާމާނު ވެސް ގެނެސްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން ނިންމާފައިވާ ދެ ވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުން ވެސް މި މަސައްކަތުގައި ހިމެނެއެވެ.

މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ވަނީ ރާވައިފައެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ހަމަޖެހިފައިވެއެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ލޭޔާގެ ބޭނުމަކީ ފެން ހިންސާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މަޝްރޫއުއާ ގުޅޭ ކަރުދާހުގައިވާ ގޮތުން ހިތަދޫ އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ މަގު، ހަތަރު ލޭނު ހިމެނޭ ގޮތަށް (ކޮންމެ ބްރިޖެއްގައި ދެ ލޭން) ދެ ބްރިޖެއް ހަދާނެއެވެ. ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ހުންނަ ސަރަހައްދެއްގައި މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ސަރަހައްދުގެ ގޮނޑުދޮަށް ހިމާޔާތް ކުރާނެއެވެ. އެއް ބްރިޖުގެ ދިގުމިނުގައި 450 މީޓަރު ދިގު މިނެއް ހުންނާނެއެވެ. އަނެއް ބްރިޖުގައި 210 މީޓަރެވެ.

މި މަޝްރޫއުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމެވެ. އެގޮތުން ޕްލޭންގައިވާ ގޮތުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އާއި ހުޅުމީދޫގައެވެ. މި ނިޒާމު ގާއިމު ކުރުމުގެ ސަބަބުން ވާރޭ ވެހި މަގުތަކުގައި ފެން ހެދިއްޖެ ނަމަ ފަސޭހަ އިން އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުތަކުން ފެން ހިންދާލެވޭނެއެވެ.

މަގުތައް ހެދުމުގެ އިތުރުން 228 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިތަދޫ، ހުޅުދޫ/މީދޫގެ 38 ހެކްޓަރުގެ (ދެ ރިސޯޓު ހިމެނޭ ގޮތަށް ފަސް ހެކްޓަރު) ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. އަދި މަރަދޫ އާއި މަރަދޫ-ފޭދޫގެ 75 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޙަފޯ

  މާލެ ވިލިނގިލި ބްރިޖް ނޭޅުނަސް ތިޔަ ބްރިޖް ދަނޑިފަނުން ވިޔަސް އަޅާނެ. ތިޔަކީ އައްޑޫ މިލްޓަރީބޭހޭ ބްނާ އިމާރަތްތައް އޮންނަ ތަނަށް އާންމުނަށް ވަދެވޭގޮތަށް ލިންކުރޯޑް އޮތުމުން ލިންކުރޯޑް ބަންދުކޮށް އެސަހައްދު ބޭރުން ދެވޭގޮތަށް ހަދާ ހީލަތްތެރި ދަރަނި ބްރިޖެއް. ޢައްޑޫމީހުން ގުނބޯހެދޭނެކަމަށް ހީކުރަނީތަ.

  63
  3
  • ް

   މަރަދޫއާއި ހިތަދޫ ދެމެދު ކިތައްރަށް އޮވޭތަ
   ބުރިޖުއަޅަނީ ހުރިހާރަށެއްގެ މަތިންތަ

   22
   1
   • ޙަފޯ

    ތިޔަބްރިޖާ ބެހޭ ކުރެހުމުން ފެންނަނީ ލިންކްރޯޑް ގޮސް އެކަޑަމީއާއި ދިމާލު ދެކަފިވެ ފަރުމައްޗައް ބްރިޖެއްހެން ގޮސް އެކަޑަމީ ފަސްދިނުމުން ލިންކްރޯޑާއި ގުޅޭތަން.

  • ޚުކުންބެ

   ތިޔަ އޮތީިހައްދާފަ

   21
   1
 2. ރ

  ތިޔަ ކަން ދިހަ އަހަރުން ނިމުނަސް ރަނގަޅު..... ބަލާބަލަ ކޯސްޓްގާރޑް ބިލްޑިން 8 އަހަރުވެއްޖެ ބިންގާ އެޅިތާ މިހާރު އަދި ކިރިޔާ އިމާރާތް ކުރަމުން ދަނީ..... މިހާރު ވެސް ކުރިޔަށް ދަނީ އާރު ސީސީ އިން ކުރާތީ އަދި ނާޒިމް މެނަށް އިނޑީޔާގެ ރޯއިން ދިން މިލިއަން ޑޮލަރ ގެ ސަބަބުން

  15
  1
 3. ޙަސަން

  ތިޔައީ އައްޑޫ މީހުން. ނަކަށް ނޫން. ތިޔައީ ބޮޑުމޯދީގެ ހަން ފަތުރަން ކުޑަ މޯދީ ކުރާ ތީވެ އަޑީގަައަި ނުބައި ރޭވުން ހިމެނޭ

  26
  1
 4. މަބޭ

  ބްރިޖްއަޅާބޭނުން އާންމުންނައް މިލިޓަރީބޭސް ހުންނަ ސަރަހައްދައް ނުވަދެވޭގޮތްހެދުން

  27
  1
 5. Anonymous

  ގުޅިފައިވާ 2ރަށެއްގައި ކޮން ބުރިޖެއް އަޅާކަށް، އެ ދެރަށުގެ މިސާލަކީ ގަލޮޅާއި ހެންވޭރު، ހަމައެކަނި 2ރަށެއްގެނަން ވީއިރު މިކަމުގައި ފޮރުވިފައިވާ ސިއްރެއްވާނެކަން ޔަގީން،
  ޜަނގަޅު ނިޔަތެއްގަ ޢައްޑޫގައި ބުރިޖެއް އަޅަންޏާ އަޅަންޖެހެނީ އެހެން ތަށްތަކާއި ވަކިވެފައިވާ ހުޅުމީދޫއާއި ގަން ނުވަތަ ފޭދޫ އާއި ދެމެދުގައި، އެއިރުން އެއަތޮޅުގެ ހުރިހާ ރަށްތަށް ގުޅުވާލެވުނީ އަދި ހުރިހާ ރަށަކަށް ވެހިކަލުންވެސް ދެވޭނެ.

  24
  1
  • ރަދީފް

   ވަރަށް ބޮޑަށް ތާއިދުކުރަން މިކޮމެންޓަށް.

 6. އަބްދޫ

  ހިތަދުއައި މަރަދޫ މީގެ ކުރިންވެސް އޮންނަނީ ގުޅާފަ ސައިކަލާ ކާރާ ޕިކަޕަ ލޮރީއާ ދުއްވާފަދެވޭ ހިގާފަވެސް ދެވޭ . ވީމާ މިހާރު ބްރިޖް އަލަނިކީ ނޫން އެތަން ރަނގަޅުކޮށް މަރާމާތު ކުރަނިއޭ ބުނޭ.