ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް އެއްްކޮށް ނިމިފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ހާމަކުރިގޮތުގައި، ބަނދަރުގެ 53 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް އެއްްކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބިލެއްފަހި ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަން އެމްޓީސިސީން މިއަދު ވަނީ ހާމަކޮށްފައި - ފޮޓޯ: އެމްޓީސީސީ

ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ ޖުމްލަ އަގު 28.42 މިލިއަން ރުފިޔާއަށް އަރައެވެ.

އެމްޓީސީސީން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު