އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އޭނާ ކޮވިޑަށް ފައްސިވިކަން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުއާދު ވިދާޅުވީ، އޭނާ ކޮވިޑަށް ފައްސިވިކަން އެނގިވަޑައިގެންނެވީ އިއްޔެ ކަމަށެވެ. އެއީ ބަލީގެ އަލާމާތްތަކެއް ހުރިކަމަށް ފާހަގަކުރެވިގެން ފްލޫ ކްްލިނިކަށް ދައްކައި، ހެދި ޓެސްޓުން ކަމަށް ފުއާދު ވިދާޅުވިއެވެ.

"އިއްޔެ ފައްސިވީ، ބަލީގެ އަލާމާތްތައް ހުރެގެން ދެއްކީމަ، ދެއްކީ ކެއްސާތީވެ އީސީ ކައިރީގައި ހުންނަ ފްލޫ ކްލިނިކަށް". ފުއާދު ވިދާޅުވިއެވެ.

ފުއާދު ކޮވިޑަށް ފައްސިވި ނަމަވެސް އަނބިކަނބަލުން ނައްސިކަމަށް ވިދާޅުވިއެވެ.

އަދި މިވަގުތު އޭނާ ހުންނެވީ ގޭގައި ކަރަންޓީންވެގެން ކަމަށްވެސް ވިދާޅުވިއެވެ.

ފުއާދު އީސީގެ ރައީސް ކަމަށް އިންތިހާބުކުރައްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެގެން ދިޔައީ 2018 ގެ ރިޔާސީ އިންތިޚާބުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޝަރީފް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ފުއާދަކީ 2008 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން އެންމެ ފުރަތަމަ އުފެއްދެވިއިރު ވެސް އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި ފުއާދު ހުންނެވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚެޔެގ

    ޙައްގައް ނަސުރު ދެއްވާށިއެވެ .

  2. އެޖެންޑާ19

    އާމީން

  3. ޙަސަނާ

    ތިޔަ ފުއާދަކީ އެލެކުސައްކޮމިސަންގެ ރައީސްކަމައްބޫތުކައިފަހުރި މީހެއް އަބަދުވެސް މޑޕ ކޮޅައްމަކަރާހީލަތުންވެސް ކަންކަންނިންމާނީ އޭނަގެ އަންހެނުންނަކީ މޑޕ އެކުޓިވިަްޓެއް ދެންކޮންއިންސާފެއްވާނީ ކޮމިސަން ...

  4. ޙަސަނާ

    ވެކުސިންޖަހާފަބާ ހުރީ

  5. ހަސަނާ

    ފުއާދު އިސްތިއުފާ..