އައްޑޫސިޓީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން ދުވަސްވީ އިތުރު މީހެއްގެ ގައިގައި އަނިޔާތަކެއް ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާތަކެއް ލިބިފައި ހުރި އެ މީހާއަކީ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އެ ފިރިހެން މީހާ ކޮވިޑަށް ފައްސިވެފައިވަނީ 23 ސެޕްޓެމްބަރުގައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެނދުމަތި ކޮށްފައިވަނީ 29 ސެޕްޓެމްބަރުގައެވެ. މި މީހާ ނިޔާވެފައިވަނީ އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ.

ނިޔާވި ފިރިހެން މީހާގެ ދަރިފުޅު "ވަގުތަށް" ބުނީ، ބައްޕަ ނިޔާވިތާ ހަގަޑިއިރު ފަހުން ހަށިގަނޑު ފެނުނުއިރު، ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށެވެ.

އޭރު ހިއުމަން ރައިޓްސް ކޮމިޝަން އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް މައްސަލަ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް މެޑިކަލް ރިޕޯޓް ނުލިބޭތީ ފުލުހުންނަށް އޭރު މައްސަލަ ހުށަނާޅާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބައްޕަ ވަޅުލުމަށްފަހު މެޑިކަލް ރިޕޯޓް ލިބުނީ އެކި ތަންތަނަށް ސިޓީ އާއި އެއްޗެހި ލައިގެން މިއަދު. ރިޕޯޓް ލިބުނުއިރު ވަރަށް ބައިވަރު މައްސަލަތައް ހުރި. ބޮޑެތި މައްސަލަތަކެއް ހުރީ ވެސް. އޭގެ ފަހުން ޔަގީންވީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭކަން. އެހެންވެ މައްސަލަ މިހާރު ވާނީ ފުލުހަށް ހުށަހަޅާފައި" އޭނާ ވިދާޅުވިއެވެ.

ނިޔާވެފައިވާ އެފިރިހެން މީހާގެ ހަށިގަނޑުގެ އެކިތަންތަނުގައި ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ފަޔާއި އަތުގެ އިތުރުން ތުންފަތާއި މުޅި މޫނަށް އެކި ވަރުގެ އަނިޔާ ކޮށްފައިވާކަން "ވަގުތަށް" ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަލްޓް

    މައިމޫނާ އިސްތިއުފާ ދޭށޭ! ކިހާ ބޮޑު ނޮހޮރޮޕާނެއްތަ މީ!

    27
  2. އަހުމަދުކަ

    އެހެންވެ އަހަރުން ތިތަންތާ ބޮޑެތި ސެންޓަރތަށް ނަހަދަން މިއުޅެނީ އެއީ ހަ ކުޅަނދު މަދުވާތީ

    16
    2
    • ހަސަނު

      ތިގޭގަ ހަދަންވީނުދޯ އޯކޭތަ؟؟؟

  3. ލޮލްލް

    ޖަނަވާރުންތަ ހުވާ ކޮށްގެން ހޮސްޕިޓަލް ތަކަށް ވަދެ މި ތިބީ

    26
    • ބޭބެ

      އިންޑިޔާ މީހުން މިކަން ކުރަނީ!! އަނިޔާކުރަނީ ޕޭޝަންޓުންނަށް!!

  4. ށަވިޔަނި

    ކޮބާ.ހެލްތް ކިހިނެއްމިވަނީ

    24
  5. ޒަރީނާ

    އައްޑޫ މީހުން ވެއްޖެއެއްނުން އިސްލާހުވާން. އެއްބަޔަކު އަނެއްބަޔަކާ އަރާރުންވާ ތިބޭބަޔަކައް ކިހިނެތް އަދި ބަލިމީހަކައް އޯގާތެރިވެވޭނީ. އައްޑޫ މީހުން އެބަޖެހޭ އޯގާތެރިކަމާއި ކުލުނު ދަސްކުރަން. ސިހުރު ހެދުމާއި އަނިޔާވެރިވުމާއި ހަސަދަވެރިވުމާއި ޒަމާނުއްސުރެ އައްޑޫގެ އާބާދީތަކުގެ ތެރޭ މިއޮންނަ ނަސްލީ އަދި ތައައްސުބުގެ ހަސަދަ އެބަޖެހެއްނުން ދޫކޮއްލާފަ ތަހުޒީބުވާން.

  6. ކޮއްޔާ

    ދެން އަތްޖަހާ )) ދެން އަތްޖަހާ )) ،،،،.

  7. ކިއުންތެރިބއެއް

    ކޮވިޑު ދައްޖާލުންގެ ފަސާދައިގާ ޖެހިފާވާ ޑޮކްޓަރުންނާ ނަރުހުން ގިން.

  8. 😠😠

    ކޮވިޑު މަރެކޭ ދެން ބުނެވޭނެތަ!