އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސްގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުالله މައުސޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ ވޯރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވާފައެެވެ. އަދި އެތަނުގައި ތިބި 58 އަކަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކޮވިޑް-19ގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފައެވެ.
ޑަބްލިއުޓީއެމް އަކީ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓެވެ. މިއީ މިއަހަރުގެ ހައިބްރިޑް އިވެންޓެއްގެ ގޮތުގައި ބާއްވާ ހަރަކާތެކެވެ. މިގޮތުން މި ޙަރަކާތުގެ ޢަމަލީ ބައި ކުރިޔަށްގެންދަނީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގައެވެ. އަދި މި ޙަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.
ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯރލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މި އަހަރު ވޯރލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަށް ވިސްނައިގެން އާ ޚިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ޙައްލު ހޯދުމުގެ މައްޗަށެވެ.
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
ނަސްރުގެ ދުވަހު.. ގައުމު ދޫކޮށް ދިއައީ ދޯ
ނެގިލޯނުތައް ހުސްވަންދެން ދަތުރުކުރާނެ އައްނަ ރިއާސީއިންތިހާބު ޕާޓީތެރެއިންވެސް އަދިރައްޔިތުންގެ ވެސްތާއިދެއް ނެއްކަންއެގުމުން ނޮވެމްބަރްމަހައް ފިލަންދުވަނީ ޓީވީޕުރޮގުރާމުތަކައްފިލަން
ރަނގަޅު ،ރަނގަޅު. ދިވެހިންގެ ލާރި ކޮޅު ތަޅާ ބުރުވާ ލާ. ކުޑަ މޯދީ އަށް އެނގޭ ވިއްޔަ،ދެން އިތުރު ޗާންސެއް ނެތް ކަން.
ރައްޔިތުން ނުކައި ނުބޮއި ވެރި މީހަ އަބަދުވެސް އުދުހެނީ
އަބުދުއްރަހުމާނު ވަހީދު 2023ގަ ދެންބުނާތި ރިޔާސީގަޑުވަރުން ނުނިކުނާނަމޭ އެއިރުން މުޅިން އެއްގޮތްވީ
މިކަލޭގެ ހިތުން އޮބާމާ. ކަނޑުކޮސް.
މައުސޫމްގެ އަރިހުގަ ފޒ ގެންދެވިތޯ؟