ހއ. ދިއްދޫ އަށް މިއަދު ވަން ބޮޑު ރާގޮނޑި އައިނުން 9،000 ވުރެ ގިނަ ރާގޮނޑި ހިފައި ރައްޔިތުންނަށް ބަހައިފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު "ވަގުތަށް" މައުލޫމާތު ދީފައިވާގޮތުން މިއަދު ހެނދުނު 11:00 ހާއިރު މި ރާގޮނޑި އައިނު ވަދެފައި ވަނީ އެރަށު ހުޅަނގު ފަރާތުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ރާގޮނޑި ހިފުމަށް މޫދަށް ފައިބައިފައިވާއިރު، ބޯކޮށް ވައިޖެހި ވިއްސާރަކުރާ ވަގުތަކަށް ވުމުން މަސް ހިފުމުގައި ދަތިތަކާއި ކުރިމަތިވިކަން އެރަށު ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. ރާގޮނޑި ހިފުމަށް ރައްޔިތުން ނުކުމެ ނަގާފައިވާ ވީޑިއޯތައް ފޭސްބުކްގައި ދަނީ ދައުރުވަމުންނެވެ.

ރާގޮނޑި ހިފުމަށް ދިއްދޫގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހަރަކާތްތެރިވިއިރު ކައުންސިލުން ބުނީ 300 އެއްހާ ރައްޔިތުން މިމަސައްކަތުގައި ހަރަކާތްތެރިވި ކަމަށެވެ.

"ރަށުގެ ރައްޔިތުން ނުކުމެ އައިނު ބައްދާލީ. މިހާރު. 9054 ރާގޮނޑި ހިފާފަ ވަނީ" ރައީސް ވިދާޅުވިއެވެ.

މީގެ ކުރީގައި ވެސް ކޮންމެ ވެސް ވަރަކަށް ރާގޮނޑި އައިނުތައް ދިއްދޫއަށް ވަންނަކަން ފާހަގަ ކުރައްވަމުން އަބްދުﷲ ވިދާޅުވީ، މިފަހަރު އެރަށަށް ވަދެފައި ވަނީ ކުރިޔާ ހިލާފަށް ބޮޑު ރާގޮނޑި އައިނެއް ކަމަށެވެ.

ހެނދުނުއްސުރެ ރާގަނޑު ހިފުމަށް ރައްޔިތުން މަސައްކަތް ކުރަމުން އައިސް ރާގޮނޑިތައް ހިފުނީ 14:30 ހާއިރުއެވެ. އަދި މިހާރު ރައްޔިތުންނަށް ރާގޮނޑިތައް ބަހަމުންދާކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިއްދޫއަށްވެސް ދަނީ ބޯކޮށް ވިއްސާކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރ ގޮނޑި ރ ޖާ

  ޝުކުރިއްޔާ!

 2. ދިސްވޭ

  ތިޔާއީ ކޮށްގެން ވާނެ ކަމެއް ނޫނޭ ރާއްޖެތެރޭ ކަނޑުކޮހުން ތިޔާ ކުރަނީ ފަޅު ތެރެއަށް ރާގޮނޑި އައިނެއް ނުވަދެވޭ ރާއްޖެތެރޭ އާލާތުންގެ ބަލާއާއި ހެދި ވަންނައިރަށް އައިނު ބަނޑުއަޅާލަނީއޭ ތިޔާއީ ދިރޭ ތަކެތީގެ ނަސްލު ނައްތާލަން ރާއްޖެތެރޭ އާލާތުން ކުރާ ކަމެކޭ..

 3. ދަންބެރު

  ރާގޮނޑި ތިގޮތަށް ހިފުމަކީ މަނާކަމެއް ހިޖުރަކުރާ ރާގޮނޑި ހިފުމަކީ އެންވައިރުމަންޓު ހަލާކުވާނެކަމެއް ތިޔަރާގޮނޑި ތަކަށް ޑޮކުޓަރެއް ހަމަޖެއްސުމަށް ގޮވާލަން.

 4. ކުޑަހުސޭނު

  ދިއްދޫ ކުދިން މިފަހަރު ރާގޮނޑި ކޮޅުކިރާލާނޭ ރަށުއޮފީހެއްވެސް ނެތް... މިހާރުހުންނަނީ ކައުންސިލެއްވިއްޔަ.

 5. އިންޑިޔާމިލިޓިރީއައުޓް

  މީހަކައްކިތހައް ބޯންތަށި ލިބުނުތޯ

 6. ޚާފަ

  ރޮދުލުމަކީ މަނާކަމެއްނޫންތަ؟

 7. ބޯންތަށި

  އަނެއްކާ މަސްތައް ކައުންސިލް ތެރެއަށް އަޅާލީތަ؟ އެހެން އެބަ ކިޔާ...