ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން ފަސްކޮށްފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ހުޅުވަން ތާވަލް ކޮށްފައިވާ ސެޓެލައިޓް ސްކޫލްތައް ހުޅުވުން ފަސްކުރުމުގެ ވިސްނުން ހުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ޓެސްޓް ކައިރިވެފައިވާތީ ސެޓެލައިޓް ސްކޫލްތައް ހުޅުވުން ފަސްކުރުމުގެ ވިސްނުން ހުރި ކަމަށެވެ. ނަމަވެސް، އެ ސްކޫލްތައް ހުޅުވާނެ ވަކި ތާރީހެއް ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ސެޓެލައިޓް ސްކޫލް" ގާއިމު ކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ. މި މަސައްކަތުގެ ދަށުން، ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ވަނީ ފަށައިފައެވެ. މި ތިން ސްކޫލްގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެއެވެ. މި ގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ.ސަތތ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޞައްދާމު

  ޢިމާރާތް ތައް އަދި ނުނިމޭ! ނިމުނީމަތާ ހުޅުވޭނީ؟

 2. ރާއްޖެތެރެ

  ގައުމު ހިންގާލެވޭ ވަރުގެ ސެޓެލައިޓެއް ނެތް ބައެއްމީ! މި ރީންދޫބައިގަނޑުމީ ރައްޔިތު މީހާ ވާވައްދާލަން ވަރަށް ކުޅަދާނަ މިނާފިގުންތަކެއް! ގައުމުގެ ތަޢުލީމާ ދީނީ ތައުލީމާ އަޚްލާޤިއްޔާތު ފުނޑާލެވިއްޖެއެއްނު! އެޖެންޑާ 19 . އާއި އަނެއްދިވެހިރައްޖެއާއި ޖަޒީރާވަންތަ ރާއްޖެ އައިސްގެން، ފިރުއައުނުގެ އައުވާނުންވެސް ޖެހީ ހަމަ މިކަހަލަ ހާސަރުތަކާއި ދަންތުރަތައް އޭރުގެ މީހުްންނަށް! އިބިލީސް ބޮަލަށްސަވާރުކުރީ!

 3. ދިވެހި މީހާ

  ހެޔޮނުވާނެ. ބޭކާރު ކަންތައް ނުކޮށް ތިޔަބުނާ ރަށްރަށުގައި ތިބި މީހުންކޮޅު ވަސީލަތްތައްހުރި ބިން ބޮޑެތި ރަށްތަކަށް ބަދަލު ކޮށްބަލަ. އޭރުން އެކަމަށް ދާއިމީ ޙައްލެއް އެ ލިބުނީ. މިހެން މިބުނީ ތަޖުރިބާ ކޮށްފަ

 4. ފާދިރީ ހަވާސާހިސާބު

  ސެޓަލައިޓު ސްކޫލުގައި ކިޔަވާކުދިން ދެންފޮނުވާނީ ޖައްވަށް މިއީ ޖަހާސްޓަންޓެއް ކެއުދޫމީހަކު ވ.އަތޮޅުގެ އެއްވެސް ރަށެއް ތަރައްގީވާކަށްނޭދޭނެ ކެއުދޫން ބޭނުންވި އަތޮޅުވެރިކަންވެސް ކެއުދުއަށް ބަދަލުކުރަން

 5. ދަލާސްޓް

  ސުބުހާ، ހެޔޮނުވާނެ ރަށުތެރެއިން އެހެން ކަމަކާ އުޅެބަލަ. ކަލޭމެންނަށް އެއްވެސް ކަމެއް ނުވާނެ. މޮޅުވެގެންވާ ނަންތައްކިޔަން އެނގޭނީ. ކީއްވެބާ ނާސާ ސްކޫލް ނުކީ. ލަދުން ބޯހަލާކު.