މީގެ ކުރިން ދެމިސްކިތަކަށް ކުޑަކަމުދިޔަ، އަދި މިއަދު މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅުޖެހި މީހާގެ ފަހަތުގައި ލާދީނީ ބަޔަކު ތިބިކަމަށް ބެލެވޭ ކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވީ މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިޔަ މީހާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި މިއަދު ފުލުހުންނާ ހަވާލުކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މިދިޔަ މަހު ހައްޔަރު ކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.
ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މިދިޔަ ހަފްތާގައި ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.
އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިސްކިތައް ހީސްލާ، ހަތިމަށް ކުޅުޖަހާ ކަލޭގެ" އެހެން އެއުޅެނީ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. މިކަހަލަ ނުބައި ޖަރީމާތައް ހިންގައި އެޖަރީމާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭނަމަ ދެން ހަމަނުޖެހުމަށް މަގުފަހިވާނެ ކަމަށް ވެސް އަލީ ޒައިދު ވިދާޅުވިއެވެ. "މިއީ ހާދަ ބޮޑު ކުށެކޭ އަސްލު." އަލީ ޒައިދު ވިދާޅުވިއެވެ.
Alhugandah v bodah belevey laadheenee bayaku adeega thibegen kamah mi miskithah heeslaa khathimah kilhujahaa kaleyge miulhenee! Mikahala nubai jareemaa thah hingai, e jareemaa thakah ekasheegen vaa fiyavalhu neylhynama dhen violence ah magufahivey! Haadha bodu kushekey mi e aslu!
— Ali Zaid (@alizaid1000) November 7, 2021
ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި 40 އަހަރުގެ މީހަކު ހައްޔަރު ކުރިކަން ކަށަވަރު ކޮށްދިނުން ފިޔަވައި މައްސަލަ އާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ތީ ލާދީނީ އެމްޑީޕީ ބަޔަކު ކުރުވާ ކަމަކާ ވައްތަރީ
އެލާދީނީ ބަޔަކީ މިހާރު މިއޮއިތް ސަރުކާރުގެ ބޮޑުން އަދި އިންޑިޔާ ސަރުކާރުވެސް ހިމެނޭގޮތަށް
އަދި ޢަލީ ޒައިދުއާއި އިޔާޒުއަކީ ނުކުޅެދޭ ދެމީހުން މިހެންމިބުނީ ލޮލަށް ފެނޭ ، ކަންފަތަށް އަޑުވެސް އިވޭ އެކަމަކު ކޮންމެހެން އިވެންޖެހޭ އަޑުތަކާއި، ފެންނަންޖެހޭ ތަންތަން ނުފެންނާތީ ނުވަތަ މިކަންކަން ނުދަންނަ ކަމަކަށް ހަދައި އަމިއްލަ ފައިދާއަށްޓަކާ އިބޫގެ ސަރުކާރު ޕްރޮމޯޓް ކުރަމުން ދުވާތީ
މިއީ ރައީސް ނަޝީދު އާއި ރައީސް އިބްރާހިމް ސޯލިހް ކުރުވާކަމެއް!
އޯކޭއެއްނު.
ކީއްވެޔޯ ކުރީސަރުކާރޭ ނުބުނީ
ނޭނގޭތިވެތޯ ތިޔަ ތިބެނީ ވާގިވެރިވާން.
ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަ ކޮށްލީނު
އަދިވެސް ކިޔާ ނަމާ އެއްގޮތަށޭ
މޮޔަ މީހުންނަށް ފަހަރުވަލާން މިސްކިތް
ކުޅުޖަހަން ﷲ ގެ ކަލާމް ފުޅު.
ތިބޭ އަތްޖަހަން ބާރަށް
ހައްޔަރުކޮށްފަ ވަރުގަދަ އަދަބު ދޭންޖެހޭ
އެމްޑީޕީ އަޑީގަ އޮވެގެން ހިންގާ ޖަރީމާތައް ތި ފެންނަނީ.
ތިކިޔާ ލާދީނީ ބަޔަކީ ކަލޭ އެޔަކަށް ތަޢުރީފްކުރާ ސަރުކާރު!
އިބޫ އަކީ އަންނިއެއްނޫން. އެކަމަކު ސިޔާސަތަކީ އެކައްޗެއް. އެއީ ލާދީނީ ފިކުރު. ލާދީނީ ސިޔާސަތު.
މީނާ ހަމަ ދޫކޮއްލާ ތިޔަކަލޭގެ ކުށެއްނުކުރޭ މި ގައުމުގައި ކުއްކުރީ ރ.ޔާމީންއެކަނި ދެން ކުއްވެރިން ނުތިބޭ
އަޅުގަނޑުމެންގެ ދުލުގައިހިފާނުދަމާހުރެވޭތޯބައްލަވާ! އިލްމުވެރިންނަށް ހުތުރުބަހެއްބުނާކަށްބޭނުމެއްނޫން! ފެންނަކަންތައްނުފެންނަކަމަށްހައްދަވާ ތިޔަވިދާޅުވާމީހުންގެ ކޮނޑުގައަސާވިއްދައިގެންހުންނަވާނަމަ ހުތުރުބަހެއްބުނެވިދާނެތީ ސަލާމްރައްދުކުރުމަށްފަހު؟😆😆😆😆😆😆😆
ފަހަތުގަ އޮތީ ސަރުކާރުގެ ބޮޑުންނާއި ވެރިން ޒައިދުއަށް ކީއްވެތަ؟މިހެން ބުނަން ނުކެރި މާދުރުދުރުން ވާހަކަ ދެއްކެނީ ލޮލަށް ފެނޭ ކަންފަތަށް އަޑު އިވޭ މީ ﷲ ދެއްވަވާފަވާ ނިޢުމަތްތަށް
ތިޔަ ކަމުގެ ޒިންމާ ޢަލީ ޒައިދު މެން ނަގަން ޖެހޭ. ލާދީނީ ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރީ ހަމަ ރަނގަޅަށް އެނގި ތިބެ.
ފަހަތުގައި އޮތީ ސަރުކާރު! މިހެން ބުނަން ނުކެރިގެންތަ ތިޔަ އުޅެނީ؟
ތިޔާއި ވަރަށް ބޮޑު ތެދެއް.އެއްވެސް ލީޑަރަކަށް ނުކެރޭ ދޯ މިކަން ކުށްވެރިކޮށްފަ ޓްވީޓެއް ވެސް ކަނޑާލަން.
މިބީތާއަށް ވަރަށް ބޮޑަށް ބެލެވެނީތަ. ޢަހަރަމެންނަށް ސަތޭކަ ޕަސެންޓް ޔަގީން އެއީ އެމީހުން ކުރުވާކަމެއްކަން..އަދި ކަލޭވެސް ތީ އެބައިގަނޑަށް ވަދެ ހުރި މީހެއްކަން ޔަގީން
އެލާދީނީ މީހުންގެ ހިމާޔަތުގަ ކަލެޔާ އިޔާޒް އާއި ޖަހާލަތު ތިބެގެން ކޮން ވާހަކައެއް ދައްކާކައް.
ފަހުގެ އިލްމުވެރިންނަކީ ހާދަހާވާ ފިނޑި ނުކުރޭ ބަޔެކޭ. ސީދަލަށް ވާހަކައެއް ބުނެލަން ނުކެރޭ. އަދިވެސް ޒައިދު އާ އިޔާޒް ބުނެގެން ވޯޓް ލެވޭތޯ ބަލާތި
އިބްރާހިމްފުޅު: ތިޔައީ ކުރީސަރުކާރުގެ މައްސަލައެއް.
ހަސަންފުޅު: އެޔޯ؟
އިބްރާހިމްފުޅު: ކުރީސަރުކާރުން އޭނާ ހައްޔަރުކޮށްފައި ބެހެއްޓިނަމަ ނުކުރެވުނީސް.
ހަސަންފުޅު: ހޯހޯ، ތިޔަހެން ނުބުނޭ އިބްރާހިމްފުޅާ! ކުރީސަރުކާރުން ހޯރަ އިއްބެ
ހައްޔަރުކޮށްފައި ހުއްޓާ މިސަރުކާރުން ދޫކޮށްލީވެސް.
އިބްރާހިމްފުޅު: އެންމެރަނގަޅޭ ހަސަންފުޅާ! އެހެންވިއަސް ކުރީސަރުކާރުގެ މައްސަލައެއް.
ތިޔަ މީހާގެ ފަހަތުގައި ހުރީ ޕީ.ޕީ.އެމް
ލާދީނީ މީހުންނަށް ވުރެ ކަލޭ އާއި ޑރ ގެ ނޮހުރޮއްޕާން މާބޮޑު މިޤައުމަށް. ތިކަހަލަ ޖާހިލުން ގިނަ ވީމާ ވާގޮތް މީ. އިތުރަށް ބޭޒާރު ނުވަނީސް އަނގަ މަޑުންލައިގެން ހުރެވޭތޯ ބަލާ. ތިހެން ކިޔަ ކިޔަ ހުއްޓާ ބިލު ވެސް ފާސް ކުރީ އެ.
ތިބޭފުޅާހުންނެވީ ކާކުފަހަތުގަ..!! އެމްޑީޕީގެ ފަހަތުގަ.! ދެންކޯޗެކޭތިކޮޔަނީ...ރިލޯޑް ސޭހެއްތީ
ﷲ އާއި ރަސޫލާއަަށް ފުރައްސާރަކުރީމަ ބަހެބުނަންނުކެރޭ..!؟