މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓުވާޓް މިއަދު މަގާމުން ވަކިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން މަގާމުން ވަކިކުރިކަން އެމްއޭސީއެލް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ ވަކިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އަންގައިގެންނެވެ. ނަމަވެސް ގޯޑަން އެންޑްރޫ މަގާމުން ވަކިކުރަން ޕީސީބީ އިން އެންގި ސަބަބެއް ސާފެއް ނުވެއެވެ.

އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ގޯޑަން އެންޑްރޫ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

ގޯޑަން އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސް ގޯޑަން ހޭދަކުރައްވާފައިވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގައެވެ.

މިއަދު ވަނީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފައެވެ. އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެއާޕޯޓްތައް ހިންގެވުމުގައި ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެތެރެ

    ދިވެހިން ތަމްރީނުކޮއް ދިވެހި ވަންތަ އެޔާޕޯޓަކަައް ހަދަން މަސައްކައް ކުރަން ފެޝީމަ މަގާމުން ވަކިކުރީ. އިންޑިޔާ މީހުންނަ ވަޒީފާދޭން ދެކޮޅު ހެދީމަ މަގާމުން ވިކިކުރީ.

    9
    1
  2. ޙައްގުބަސް

    އެމްއޭސީއެލްގެ ބައެއް އިސް މަޤާމުތަކުގައި ތިބި ބިދޭސީން

    - ޗީފް އެގްޒެކެޓިވް އޮފިސަރ: ގޯޑަން އެންޑްރޫ ސްޓުއަރޓް
    - ޗީފް އޮޕަރޭޓިން އޮފިސަރ: ޑެރެން ވިލިއަމްސް
    - ހެޑް އޮފް ޑިވެލޮޕްމެންޓް: ގީތާ ރޭ
    - އެމްއޭސީއެލްގެ ކޮންސަލްޓެންޓް: ލިންސޭ ޑަބްލިއު
    - އިންފްރާސްޓްރަކްޗާ މެނޭޖަރ: ޑެރީލް ބޮލްޓަން
    - ޗީފް ޑިވެލޮޕްމެންޓް އޮފިސަރ: ޖޯން ބްރެޑްހޯޑް
    - އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑައިރެކްޓަރގެ: މަޖޫ ޗެރިއަން
    - ޗީފް ބިޒްނަސް އެކްސެލެންސް އެންޑް ކޮމްޕްލަޔަންސް އޮފިސަރ: އެންޑްރޫ ޖޭ.އީ ބެއިރޑް

    8
    1
  3. ޢާމިރު

    ޜާއްޖޭގަ ހިންގޭ ފެންވަރުގެ މީހުން ނެތީތަ؟މި ހާދަ ދެރަކަމެކެ.

  4. ކޮރަލް

    އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވާ ކަމެކެވެ.