ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ފުލުހުން އަނިޔާ ކޮށްފައެއް ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ތުލުސްދޫގައި ހިންގި ކޭންޕްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަަށް އަނިޔާވި މައްސަލައެއްގައި 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

އެ ދަތުރުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑިއަޅުވާފައިވުމާއި ބާރަށް ހަޅޭލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޕީޖީ އޮފީހުން އަންގާފައިވާ ކަމަަށެވެ. އަދި ތިން ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާ އެކަން ވެސް އަންގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އެކޭމްޕަކީ އެކުދިންނަށް ބޭނުންތެރި ފައިދާ މިހާރު ވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަން ވެސް ފާހަގަ ކުރާ ކަމަށެވެ.

"އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން މިހާތަނަށް މި ހިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެއެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް އެންޓި ޓޯޗަރ ގާނޫނުގެ 13/2013 ދަށުން ދައއުވާ ކުރަން ނިންމާފައިވާ ނިންމުމަކީ އެ މުއައްސަސާއިން ކަންބޮޑުވާ ކަމެއް ކަމަށާއި މައްސަލައާއި ގުޅޭ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު އެ މުއައްސަސާއަށް ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާމިނަތު މުޙައް މަދުދިދި

    ތިޔަކުދިން. ބާކީ. ދޮގުހަދާކުދިން. ކަމައް. މަޢުލޫ މާތުލި ބޭ

    3
    2
  2. ލަކްނައު

    އަންނި ބުނެލާއިރަށް ވަކި ބަޔަކަށް ދައުވާކުރާގޮތަށް ނިންމައި،ދެންތިބި މީހުންނަށް އުންސުރު ހަމަނުވާކަމަށް އެމްޑީއެން ޝަމީމް ނިންމައިފި. މިހާ ވަރަކަށް ފަނޑިޔާރު ގެއަށް އަތްފައި ބޭނޭނީ.

  3. ސަބީހް

    ކޮއްފަ އޮންނާނީ ފުލުުުން އެއީ ވަރައް ދޮގު ހަދާ ބައެއް،
    މަށާވެސް އެކަހަލަ ކަމަކާ ދިމާވި..

    5
    1
  4. ދޮންބެ

    ހިޔާގައި ތިބޭ “ކުދިން” ބެލެހެއްޓުމަކީ ޖެންޑަ މިނިސްޓްރީގެ ކަމެއް! އެތަންތަން އެމިނިސްޓްރީއަކަށް ނުބެލެހެއްޓިގެން ދިމާވާ އެތައްކަމެއް އެބަހުރި!! އެމިނިސްޓްރީގެ އިހުމާލު އިންތިހާއަށް ބޮޑު!! އަތޮޅުތެރޭގަޔާ މާލޭގައި އެކުދިން ތިބޭ ތަންތަން ރަގަނޅަށް ނުބެލެހެއްޓޭ! ބެލެހެއްޓޭވަރަށް މުވައްޒަފުންނެއް ނުތިބޭ! ފާރުމަތިން ފުންމާލައިގެން މަގުމައްޗަށާ ތަންތަނަށް ދުވެނަގަނީ! މިކަންކަން ޙައްލުނުވެ ފުލުހުންނަށް ގުޅައިގެން މިމީހުންގެ މަސައްކަތްތައްވެސް ކުރުވާފަ ނުވިތާކަށް ފުލުހުންގެ މައްޗަށް އެކިއެކި ދޮގު ތާކުންތާކު ނުޖެހޭ ތުުހުމަތުތައްކޮށް ދަޢުވާ މިކުރަނީ!! ޖެންޑަރ މިނިސްޓަރުގެ ޒިންމާ އަދާކުރަންވީ!! ކުދިން ބަލަހައްޓަންވީ! ހުރިހާ މުއައްސަސަތަކުން ދެއަތްއުރާލައިގެން ތިބެ ސިފައިންނާ ފުލުހުން ލައްވާ އެމުއައްސަސާތަކުގެ މެންޑޭޓް އަދާކުރުވަން އުޅެތަން ފެންނަނީ!!

  5. ޭެެމމމމ

    ފުލުހުން ކަރެކްޝަން ގާޑުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ

  6. ރަޔާން

    ފުލުހުން ދައްކާ ވާހަކަ ގަބޫލު ނުކުރަން. ނަމްރޫދު ރަސްގެފާނު ވެސް އުޅުނީ ތި ފުލުހުންނަށް ވުރެން ދޮގު ހެދުމަށް 1 ދަރަޖަ ފަހަތުގައި.

  7. ޓޮމް

    ކޮށްފަ އޮންނާނީ. ދ.ވާނީގައި ފުލުހުންގެ ޓުރައިނިންގ ގައި އަމަލު ކުރާ ހަޔާތްކަން ކުޑަ ގޮތަށް އަމަލު ކުރީމަ ވާނީ ތިޔަހެން

  8. ާަސްމުތް

    މީ މަަަައްސަލަ ޢިންދުން