ނ. ވެލިދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލު ކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

ވެލިދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލު ކޮށްފައިވަނީ 88،540،833.87 ރުފިޔާ (އަށްޑިހަ އަށްމިލިއަން ފަސްލައްކަ ސާޅިސްހާސް އަށްސަތޭކަ ތިރީސްތިން ރުފިޔާ އަށްޑިހަ ހަތްލާރި) އަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ވެެލިދޫގެ 5ކިލޯ މީޓަރުގެ މަގުގައި ތާރުއަޅައި މަގުގައި ފެންހިންދާނެ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.