އއ. މަތިވެރި ސްކޫލްގައި ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރަމުން ގެންދިޔަ އިންޑިއާ ޓީޗަރެއް ކުއްލިއަކަށް "ގެއްލިއްޖެ"އެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި އިންޑިއާ ޓީޗަރު ފުރައިގެން ދިޔައިރު، އެ ރަށު ސްކޫލަށް ވެސް އެކަން ނޭނގެއެވެ.
މަތިވެރި ސްކޫލްގައި ޓީޗަރުން މަދުވުމުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް މިފަދަ ކަމެއް ހިނގުމުން ސްކޫލް ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބުރޫ އަރާނެ ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.
މަތިވެރި ސްކޫލްގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމް މިއަދު ވިދާޅުވީ އިންޑިއާ ޓީޗަރު ދާދި ފަހުން ބައްދަލުކޮށް ވަޒީފާ އިން ވަކިވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. ބޭރު ޓީޗަރުން ވަޒީފާ އިން ވަކިވުމުގައި ކަން އޮތް ގޮތް ޓީޗަރާ ހިއްސާ ކުރެއްވި ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި ވަޒީފާ އިން ވަކިވާން ބޭނުންވާ ނަމަ އެކަން ތިން މަސް ކުރިން އަންގަން ޖެހޭނެއެވެ.
ހަސަން ވިދާޅުވީ ޓީޗަރާ އެ މަޝްވަރާތައް ކުރިތާ އެއް ދުވަސް ފަހުން ޓީޗަރު ފުރައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ޓީޗަރު ފުރިތޯ ޔަގީން ކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ވެސް ވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅާފައިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
ފުރައިގެން ދިއައީ ސްކޫލްގައި ސެކަންޑްރީ ގްރޭޑަށް އިންގިރޭސި ކިޔަވައިދެމުން ދިޔަ ޓީޗަރެއްކަމަށް ހަމީދު ވިދާޅުވިއެވެ. ޓީޗަރު ފުރައިގެން ދިޔައީ ރަށުގައި އޮތް މަސްލަހަތު ކަމުނުގޮސްގެން ކަމަށް ޓީޗަރާ ހަވާލާދީ ޕްރިންސިޕަލް ވިދާޅުވިއެވެ.
ޢިންޑިޔާގެ ވަސް ނުދުވާ މަސްދުވަހު ކެތް ނުކުރެވޭ އިންޑިޔާ މީހުން ވަރަށް ގިނަވާނެ . ދުންދަނޑި ރޯކޮށްގެންވެސް އެވަސް ދުއްވަންވީ
ޖާބިރުގެ ކަންތައް ތީ. ރަށުގެ މަސްލަހަތު ގެއްލުވީ ޖާ ބިރު. ވަގްތުން ވަގްތަށް އޭނާ ހައްޔަރުކޮށް މެމްބަރުކަމުން އަޒަލު ކުރޭ.
ގެއްލުނީތަ ފުރީތަ