އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު) ގެއްލިގެން އުޅޭތާ ހަފްތާއެއް ވީ އިރު ވެސް ހަސަންފުޅު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުންނާއި ރަށުގެ ކައުންސިލުން ބުނެފިއެވެ.

އަމިއްލަ މަސައްކަތްކޮށްގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން އަންނަ ހަސަންފުޅު ހޯދަން ރަށު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އާންމުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ހަސަންފުޅު ހޯމަ ދުވަހު ގެއަށް ނިދަން ނާންނަ ކަން އެނގިގެން އާއިލާ އިން ކައުންސިލަށް އެންގީ ޖެހިގެން އައި ދުވަހުއެވެ.

ހަސަންފުޅު ހޯދަން އެ ރަށު ރައްޔިތުން ނުކުމެފައި --- ފޮޓޯ: މަތިވެރި ކައުންސިލް

މި މައްސަލައިގައި ފުލުހުން ބުނީ ހަސަންފުޅު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް މިކަމުގައި އެކަތިގަނޑެއްގެ ގޮތުގައި ހަސަންފުޅު ހޯދަން ވަނީ ނުކުމެފައެވެ.

ހަސަންފުޅު ހޯދުމަށް ރަށުގެ ހުރިހާ ސަރަހައްދަކާއި ގެތަކާއި ފަޅު ގޯތިތައް ވަނީ ބަލައިފައެވެ. އަދި ރަށުގެ ފަޅުތެރެ ޑައިވްކޮށްގެން ބަލައި ކަނޑުމަތި ވެސް ބަލާފައިވެއެވެ.

އުމުރުން 73 އަހަރުގެ ހަސަންފުޅަކީ ދާ އަޅައިގެން އެކަނި މަސް ހިފަން ދާ މީހެކެވެ. އެކަމަކު، އޭނާ މަސް ހިފަން ބޭނުން ކުރާ ސާމާނު ގޭގައި ހުރި ކަމަށް އާއިލާ އިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަސްފަރި

    ބޯމްބެ ގެ ވާހަކަޔާ ގުޅުންހުރި ކަމަށް މީހުންކިޔާ އެބަ.

    • މުހައްމަދު

      ބޯންބެ އަކީ ކާކު..؟ މެޓައެއްތަ އެއީ

  2. ޑައެލޯގް

    ގެއްލުނުމަރުތަކާއި ގެއްލޭމަރުތަކާއި ގޮތްނޭގޭ މަރުތައް ހޯދުމަށްއައި މީހުންގެ ވެރިކަމުގައި އެކަންނުވެ އިތުރަށް އެފަދަމަރުގިނަވީއެވެ.