ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސާއަށް އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އީސަ، އަށް އިންޒާރު ދީފައިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ކުޑަފަރީގައި ހިމެނޭ އެމްޑީޕީ މެންބަރުން ހިންގާ ވައިބާ ގްރޫޕެއްގައެވެ.

އެ ވައިބާ ގްރޫޕުގައި އީސަވެސް ހިމެނެއެވެ. އީސައަށް އިންޒާރު ދިނީ "އައިޝަތު ކުރޭ" ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ. ދެކެވުނު ވާހަކައެއްގެ ތެރެއިން އެ އަންހެން މީހާ ވަނީ އީސައަށް އަނިޔާކުރަން ގޮވާލާފައެވެ. އަދި އެކަމަށް ހިތްވަރު ދީފައެވެ. "މީހަކު އޭނާ ބުރަކަށީގައި އަޅާލަބަލަ. ***** ފިލާވަރަށް) އައުގުރާނަ ގޮވަމުން އެމީހާ ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިންޒާރު ދިނީ ކުޑަފަރީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. މީގެ ކުރިންވެސް އެމީހާ، އީސައަށް އިންޒާރު ދެމުން އަންނަ ކަމަށްވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ހަޑިހުތުރު ބަހުން ވާހަކަ ދައްކާ، އިންޒާރު ދެމުން އަންނަތާ ދުވަސްތަކެއް ވެދާނެ." އެމީހާ ކިޔަދިނެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  ދެން ކޮބައިތަ އީސގެ މައްސަލަ! ވަޅުޖެހީތަ؟

 2. ކުޑަފަރި ރައްޔިތެއް

  ލަދު

 3. ނާގާބިލް

  ތިމައްސަލަ ބަލަންޖެހޭނެ.
  ޢީސަ ކުރީގެ އަންހެނުންނަށް ދިން އަނިއާ އަަދި ކުޑަދަރިއަކު ކުރިމަތީގައި އުޅުނުު ވާހަކަ ބަލައިގެން ނުވާނެ

  7
  1
 4. އަކްރަމް

  މެންބަރުގެ ގޮޑިއަށް އެރީމާ ކަމެއް ނުވީމާ ރައްޔިތުން ހަޅޭއްލެވީމާ އިންޒާރު ދިނިއްޔޯ، ކިހާ ތާހިރު

  6
  1
 5. Anonymous

  މި އީސަ އަކީ ދެން ކާކުތަ؟

  3
  1