ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަޝްރޫއުތައް ބާރަށް ކުރިއަށް އެބަގެންދާ ކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ އެޕާޓީގެ ވެރިކަމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ 2018 ވަނަ އަހަރު އެޕާޓީއަށް ވެރިކަން ލިބުނު މައިގަނޑު ސަބަބަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ސޯލިހް ވެވަޑައިގަތް ވަޢުދުތަކާއި ގެންގުޅުއްވާ ތަޞައްވަރު ކަމަށެވެ. އަދި އަނިޔާވެރިކަމާއި ޚުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމަކީ ވެސް ވެރިކަން ލިބުނު ސަބަބެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އުފަލާއެކު ފާހަގަކޮށް ރައީސް ސޯލިހާއި ސަރުކާރަށް މަރުޙަބާ ދަންނަވާ ކަމަށް އެމްޑީޕީން ބުނެއެވެ.

"މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ވަނީ ނިމުމަކަށް ގެންނަވާފައެވެ. ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފައިވެއެވެ. ޖުޑިޝަރީ އިސްލާޙުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ފާހަގަކުރަމެވެ. މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަޤާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވެއެވެ. ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެންނަވާފައިވެއެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމަށާއި އަދި މި ތިންއަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަން ވެސް ފާހަގަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް ސޯލިހަށާއި ސަރުކާރަށް އެމްޑީޕީން މަރުޙަބާ ދަންނަވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ޙާޞިލުކުރައްވަމުން ގެންދަވާނޭކަމުގައި ޔަޤީންކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ އެމްޑީޕީގެ ވެރިކަމާއި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އައްނި

  އެއްވެސް ހަމައެއްލަމައެއް ނެތި ސިޔާދަތެއްނެތި ބާރެއްނއެތި ދިވެހ ދައިލަތް ފަނާކޮއްލި 3 އަހަރުވެސް ފަސްދީފި

  23
 2. އަހުމަދު

  ބާރަށް ކުރިއަށް މިދަނީ އަޑިއަށް. ދަރަނީގެ ކަނޑަކަށް ގެނބިގެން

  25
 3. މަބޭ

  ލޮލް

  16
 4. މަސީހު

  ސުޕަސޮނިކް ސްޕީޑައްވުރެވެސްބާރު ސޮޕީޑްބާރުކަމުން ތަރައްގީ ލޮލައްވެސްނުފެނޭ

  21
 5. އިސްޢާފް ސަލީމް

  ހޮޑު ނުލެވުނީ ހަމަ ކިރިޔާ!

  19
 6. ރާއްޖެތެރެ

  ވަރައްކަން ކުރީ ކަލޭމެންގެ ގެތައް އެހެރީ އިގިރޭސް ވިލާތުގަ.

  18
 7. ޢަދުރޭ

  މާލޭ ރައްޔިތުންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރި ވެރިކަން މީ. ރިޔާސީ އިންތިޚާބާ މެދު ތި ދެކޭ ހުވަފެންތައް ބިލާހަކަށް ހަދާލާނަން އިރާދަކުރެއްވިއްޔާ

 8. ހުސެން

  އެމްޑީޕީ ފޮލާ ކައްކަނީ

 9. ހުސޭނުބޭ

  ރާޑަ އަސްދޫންޏެއްތަ އެއުޅެނީ ރާޑީވެގެން. އެހެންޏާ ކުރެވުނު އެއްވެސް ކަމެއް ނެތް!

 10. ހާސަރު

  ވެރިކަމަށް އައި މަގުމަތިން މުނާފިގުންގަނޑު ދޮގާ ހީލާތާއި ބޮޑެތި އޮޅުވާލުމާއި ވައްކަމުން. ދެން ސްޕަމެޖޯރިޓީއާއިއެކު ގައުމުން ކުރަންފެށީ ވައްކަމާއި އެކި ކުޅިކުޅި! އެކުޅިގަނޑު މިއަދު މުޖުތަމަޢުން މި ފެންނަނީ! ލާދީނީބައިނގަނޑު 2023ގައިރަައްޔިތުންބުނާނީ ބޮޑުތަނުން ނޯ ނޯ ނޯ ނޯ ނޯ ނޯ އޭ! ތިޔައީ މިގައުމަށް ބޮޑުމުސީބާތެއް ޖެހިފައޮތް ޕާޓީއެއް! ސޯލޭ ވެރިކަމަށް ބަޔަކުގެނައީ! އެމްޑީޕީއަށް އެކަނި ވެރިކަމަކަށްނާދެެވޭނެ!މިގައުމަކު! ސާފުތޯ މުނާފިގުންތަކާ. ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުﷲ ކޯފާއެއް އެބަ ފޮނުވާ! ހިސާބަށްވުރެ ނުބައިނުލަފާ ވީމަވާނި އެެހެން! 3 އަހަރު ގައުމު ބަނޑަށް ޖެހުނީ! ރައްޔތިންގެ މުދާ ތައް ވަގުންނަށް ކާންދިނީ! ރައްޔިތުމީޙާ އޮޓި ދަރާ ވިކި އެތައްރައްޔިތުންނެއް ބޮޑުބަލިކަމުގައި މަރުވެ ޒިއްމާނުނެގި ގައުމަށް ހޯދި ހުރިހާ ފައިސާތަކެއް ބަޑުއަޅާލާގެން ދިވެހިގައުަމށް ޓައިމްޕާސް. އިސްތިއުފާ ދީފައި ގެޔަށްދޭ! 2023 ގާތްވާވަރަކަށް ނޫސްތަކުގެ ހެޑްލައިންތައް ވަރަށް ރީތިވާނެ! ރައްޔިތުން ވިސްނަންތިބޭތި! މުނާފިގުދައްޖާލުން ފާޅުވާގޮތް!

 11. Anonymous

  ބާރައް ކުރިއައް މަސައްކަތްތައް ނިންމޭނީ ކުރިޔައް އޮތް 100 އަހަރު ވެރިކަމުގަ ބާއްވައިގެން.

  12
  1
 12. Anonymous

  އަނދިރި މީހަކައް ވެއްޖިއްޔާ ފެންނާނެ.

  6
  1
 13. ކޮސްކޮތަޅު

  ކީކޭ. ބުނާނީ ‘ ގައުމު ބަނޑަށް ޖެހެނީ // ރައްޔިތުން ހަފުސް.ވެނިމެނީ / މުސާރަވެސް ދެވޭނެފަދަވެސް ނެތް ))