މާލޭ މަގުމަތިން ރޭ ސިފައިންގެ މީހަކު ހިފަހައްޓައި އޭނާގެ އަތުން ފައިސާ ހޯދުމަށް ރަހީނުކޮށް، ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.

ބޮޑެތި އަނިޔާތަކެއް އޭނާ އަށް ކުރުމުން ވެސް އޭނާގެ އަތުން ފައިސާ ނުލިބުމުން މިއަދު ހެނދުނު އޭނާ ވަނީ އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް ވައްޓާލާފަ އެވެ.

ކޯސްޓުގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ސިފައިންގެ މީހާ ރަހީނުކުރީ، މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް ރޭ 23:30 ހާއިރު އެވެ. އޭނާގެ ބުރަކައްޓާއި މޫނު މައްޗަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. ސިނގިރޭޓް ރޯކޮށްފައި ވެސް ހަށިގަނޑުގެ ބައެއް ތަންތަނުގައި ޖައްސާފައި ވެއެވެ.

ފުލުހުން ވިދާޅުވީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:55 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަނިޔާ ލިބުނު ސިފައިންގެ މީހާއަށް އައިޖީއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަދުރޭ

    ސިފައިންނަކީ ޤައުމާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަންތިބި މީހުން. ތި ހިސާބަށް ކަންތައް ދިއުމުން ޤައުމު ހަމައިން ނެއްޓިފަ އޮތްވަރު އެބަ ހާމަވޭ . ހޯމް މިނިސްޓަރު އިމްރާނު ތި ބަޔަކު ހޯދާފަ މީޑިޔާ އަށް ދައްކަން އެބަޖެހޭ ނޫނީ އިސްތިޢުފާ ދީފަ ގެއަށްދާންވީ ޢުމަރު ނަސީރާ ޤައުމު ޙަވާލް ކޮށްފަ

    45
    1
  2. ހެޭންސަން

    ނޭގި ތިޔޮތީ ސިފައިންގެ މީހަކު ރަހީން ކުރެވިފައި. ސިފައިންގެ މީހަކު ރަހީންކޮށްގެން މައުލޫމާތެއްވެސް އެއްޗެއްވެސް ނުހޯދޭނޭ. އެހެންވެ ދޯ ސިަފައިންގެ މިހުންނާއި އެހެން މީހުނާ ތަފާތީ...

    34
    4
  3. ބުރުގާ

    ޖަލުތަކުން ނެރިލީމަ މާލޭއާއި ރާއްޖޭގެ ރައްތަކައް ދޫވެގެން އުޅޭ ޕާޓޭ، ގުންޑާ، ލުޓޭރުންގެ ހިދުމަތް ނުލިބޭ ރަށެއް މިހާރު މިގައުމުގަ ނުހުންނާނެ. ރައްވެހި ފަތިސް!

    41
    2
  4. ޟ

    ބޯދިގުކޮށްފަ ތިބި ޖާހިލުންނަށް ފިލާވަޅެއް ދޭންޖެހޭ

    25
    1
  5. ޔޮޔާ

    ކުއްކުރާ މީހުން ދިފާއުކޮ އަދަބު ނުލިބި ދޫވެފަ ތިބޭތީ ނިކުންނަ ނަތިޖާތީ ރައްޔަތުންވެސް އަދި ގާނޫނީވަކީލުން ވެސްވިސް ނަންވެއްޖެ..މާލަސްވެއްޖެ

  6. ހުސޭނުބޭ

    މިނިސްޓްރު އުޅެނީ އިންޑިޔާއަށް ގުލާނުތަޅާދެން. ދިވެހި ފަސްގަނޑުގެ ދިފާޢުގައި އުޅެންޖެހޭ މީހުންގެ ހައްޤު ހޯދާދޭކަށް ނޫޅޭ!

    2
    1
  7. ރަން ރީނދޫ

    ކޮބާ،މަގުމަތީ އަމާން ވެއްޖެ ދޯ. ކެމްޕޭން ކުރިއިރު މަގުމަތީގެ އަމާން ކަމެއް ނެތޭ ކިޔައިގެން ހީވަނީ ޔާމީނު ކާލަފާނެހެން. ސުންޕާ ކިނބުލެއްގެ ވެރިކަން.

    3
    1
  8. ބުއްޅަބޭ

    ތީ ހަމަ ރޭވުމެއް. ފެށުމެއް. ސިފައިންގެ ބާރުކަޑުވާލާ ނިކަމެތި ބަޔަކަށް ހަދައި އިންޑިއާގެ ސިފައިންގެ މަދާދާ އެހީތެރިކަން ހޯދުމުގެ ވިސްނުން ގެންގުޅޭ ބުއްޅަބޭގެ ސިޔާސަތަކީ ވެސް ދިވެހިސިފައިން ބޭކާރު ބަޔަކަށް ހެދުން. ކުރީގަ ސިފައިންގެ މީހެއްގައިގަ އަތްލަންވެސް ނުކެރޭނެ ތީގެން ޕާޓޭއަކަށް. މިއަދި މިވަނީ އެކަން ބަދަލުވެފައި. މިހާރު ދިވެހި ސިފައިންގެއަކީ އިންޑީއާ އެމްބަސީ. ދެން ލަލަލަލަލަލަލަލަލަލާ ހަމަ

    2
    2
  9. އަޙުމަދު

    ސިފައިންނާއި ފުލުހުންނަށް ތިގޮތަށް އަނިޔާކުރުމަކީ އަމިއްލަ ނަފްސަށް އަނިޔާކުރުން މިހެން މިދެންނެވީ، ރައްޔިތުން ހަމަޖެހިގެން ރޭގަނޑު ނިދާ ދުވަލުގާއި ރޭގަނޑު ގައި މި އުޅެނީ ސިފައިންނާއި ފުލުހުންގެ މައްޗަށް ބަރޯސާކޮށްފައި ނޫންތޯ، ޤައުމާއި ރައްޔިތުންގެ ޙިމާޔަތުގައި ރޭދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އަނިޔާވެރި ވުން ވަރަށް ބޮޑަށް ކުއްވެރިކުރަން، އަދި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ.ވީމާ މި އަނިޔާވެރި ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށް އިލްތިމާސް ކުރަމެވެ.

  10. ްަޤައުމް

    އިންސާފް ގާއިމް ނުކުރެވޭނަމަ ވާނެ ގޮތްތައް... އިސްލާމީ ޝަރިއަތްތަންފީޒްކުރޭ....