ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން މަޑުޖެހި ކުރިއަށް ނުގޮސް ހުރި ޤުރްއާން މުބާރާތްތައް އަލުން ފަށަން އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިކަމަށް ގޮވާލެއްވީ، ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަމުންދާ ދަރިވަރުންގެ ޚަރަދު މި ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ސޯލިހް ރޭ ވިދާޅުވުމާ ގުޅިގެން ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުންނެވެ.

ޝަހީމް ކުރެއްވި ޓްވީޓުގައި ފުރަތަމަ ވިދާޅުވީ ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައިދެއްވުމަށް ރައީސް ސޯލިހް ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށެވެ. ދެން އޭނާ އެދިވަޑައިގެންނެވީ މި ސަރުކާރުގައި މަޑުޖެހި ކުރިއަށް ނުގޮސް ހުރި ބައެއް ކަންކަން އަލުން ފަށައި ކުރިއަށް ގެންދެވުމެވެ.

"ރާއްޖޭގެ އިންޓަނޭޝަނަލް ޤުރްއާން މުބާރާތާއި، ޕީއެސްއެމް އަލި ގަދަ ތަރި ޤުރްއާން މުބާރާތް އަލުން ފަށައި، މިއީ މި ސަރުކާރުގައި މަޑުޖެހުނު ކަންކަން،" ޑރ.ޝަހީމް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ގައުމީ ޤުރްއާން މުބާރާތުގެ ބަޖެޓު އިތުރު ކުރުމަށާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި އިތުރަށް ހަރަކާތްތެރި ކުރަން ވެސް ޝަހީމް ގޮވާލެއްވިއެވެ.

މީގެ ކުރިން ޝަހީމް ވަނީ މި ސަރުކާރު އައި ފަހުން ކީރިތި ޤުރްއާންއާ ގުޅޭ ކަންކަން ބަލިކަށިވަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ. އޭރު ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެއް ކަމަކީ ކީރިތި ޤުރްއާންގެ ބައެއް މުބާރާތްތައް ނުބޭއްވި އޮތް އޮތުމަށެވެ. އަދި ދާދި ފަހަކުން ސްކޫލް ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދޭން ބޭނުން ކުރާ ބައެއް ފޮތްތަކުގައި ޤުރްއާންގެ ބައެއް ސޫރަތްތައް ގޯސްކޮށް އޮތް މައްސަލައެއް ވެސް ފާހަގަ ވެގެން ދިޔައެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް ޤުރްއާން މުބާރާތާއި، ޕީއެސްއެމް އަލި ގަދަ ތަރި ޤުރްއާން މުބާރާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ދެމުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކެހިވެރިލޯބިވާ

  މިސަރުކާރު ވަޅު ޖެހުމުން ދީނީ ކަންކަން ކުރިޖަހާ ހެއްދޭނީ ،،. އޭރުން ހެދޭނެ ،،،އެތަން ފެންނާނެ، އިންޝާﷲ ،،،

  9
  2
 2. Anonymous

  ފިތުނަ ފަސާދަ އުފައްދަން ނޫޅެބަލަ.... ކޮވިޑް ބަލިމަޑުކަމާހެދި މުޅި ދުނިޔެ ހުއްޓިފަވާކަން
  ތިބޭފުޅާއަށް ނޭގެނީ ތޯ!

  3
  11
 3. ދެނޯ

  ޕޕމ އަދުރޭ ކާރީ ބުނެބަލަ ކޮންމެ ހުކުރު ދުވަހު ތިކުރާ ކަންތަކުގެ ބަދަލުގައި މުބާރާތެއް ބާއްވަބަލާށޭ. މުޅި މާލެއަށް މީހުން އެއްކޮށްގެން ކޮވިޑް ބަލިފެތުރި ޕާޓީއަށް ތިކަންވާނީ

  4
  7
 4. ހަޑި

  އެމްޑީޕީ މީހުން ވެރިކަމަށް އައިސް ކޮސް އަނގަތަޅާނެ! ނާދެވިގެންވެސް ވެސް ދެއްކި ދަޅަތަައް އެއްކަމެއްނުވެގެން މިދަނީ! ޤުރްއާނާއި ބެހޭ މަރުކަޒު ބަލާބަލަ ހުރިގޮތް! އިސްލަމިކް މިނިސްޓްރީގެ ބަޖެޓް ކުޑަކޮށްފި. ދެން ކޮންފައިސާއެއް ދެވޭނީ! ހާފިޛުންނަށޭ ކިޔާފައި! ދޮގުަތައް ނުހަދާ ތިބެ ގައުމުގައި ރަނގަޅަށް ކުރި ކަންކަން ކޮވިޑް އޮތަސް ނެތަސް ކުރީކީނޫނޭ! ކޮވިޑްނެތް އިރުވސް ޤުރްއާން ތަރި ޕްރޮގްރާމް ނުބޭއްވުން. އޮޅުވާލާ ވާހަކަަތައް ނުދައްކާ! ކުރިއެރުމަކީ އާ ކަމެއް ކުރުން. ނުވާނަމަ ކުރަމުން އައި ކަންކަން ހަރުދަނާ ކުރުން. މިސްކިއްތަކުގެދަރުސް ދިނުމާއި، މިސްކިތްތައް ބިކަ ކުރުމާއި، ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމާއި، ލާދީނީ މީހުުން ކޮޅަށްކެޖުންނޫންކަމެއް ނުވޭ އަދިވެސް . ފާޅުގައި ފެންނަންހުރީ އެކަންކަން. ކޮސްއަނގަތައްތަޅާގެން ކަމެއްނުވާނެ!

 5. Anonymous

  ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ޤާރީކޯސް ތަކުގެ ސެޓްފިކެޓު ތައް ނުދެނީ ކީއްވެގެންނޯ ؟ކޮށްމެވެސް ހެޔޮއެދޭ ފަރާތަކުން މިކަމާއިގެން އުޅެންވީނުން……