ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރަނިންގ މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި މި އަހަރު އޮންނަ ރިޔާސީ އިންތިޙާބަށް ނިކެމެވަޑައިގަންނަވާ ރައީސް ޔާމީންގެ ރަނިންގ މޭޓް އަކަށް ޑރ. ޝަހީމް ހަމަޖައްސަވާފައި ހުންނެވިއިރު، އޭނާ މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުގައެވެ.

މީގެކުރިން، ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަންވެސް، ޑރ. ޝަހީމް ކުރައްވާފައިވާއިރު، މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޑރ. ޝަހީމް ހުންނެވީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވެ.

މީގެއިތުރުން، ޑރ. ޝަހީމަކީ ދިވެހި ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ އަދާކުރައްވާފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަންވެސް އަދާކުރެއްވިއެވެ.

ހަމައެހެންމެ، އޭނާވަނީ މީގެކުރިން، އަދާލަތު ޕާޓީގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސިޔާސީ ގޮތުން ރާއްޖެ އެންމެ ހަލަބޮލި ދުވަސްވަރުގައި، އެޕާޓީގައި އިސް ރޯލެއް އަދާކުރައްވާފައިވެއެވެ. އެގޮތުން، 23 ޑިސެމްބަރުގެ ބޮޑު އެއްވުމުގައިވެސް ޑރ. ޝަހީމްވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ އެހެން ދީންތައް ފެތުރުމަށް ގޮވާލާފައިވާ ފަރާތްތަކާ ދެކޮޅަށް އަބަދުވެސް އޭނާ ރައްދު ދެއްވާއިރު، ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ޚިޔާލުތަކާ ދެކޮޅަށްވެސް އޭނާވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޑރ. ޝަހީމް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ދީނީ ޢިލްމުވެރިއެއްވެސްމެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ އިންތިޙާބުގައި ޕީޕީއެމްގެ އިތުރުން އިދިކޮޅު ކޯލިޝަނާއި އަމިއްލަ ގޮތުން އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ޙުސައިން ވާދަކުރައްވާކަން ވަނީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ބޭބެ

    ބެސްޓް

  2. ޙުސައިން މ. މުލި

    މަރުހަބާ ޝަހީމް

  3. Anonymous

    ސާބަސް

  4. 3ނިރު

    ޖަމީލުއާ ބްރޯއަށް ހެދިހެން ނުހަދައިފިއްޔާ ކިތައްމެހާ ވެސް ރަގަޅު

  5. ޙަމޭ

    ޜަނގަޅު ނިންމުމެއް. ސުކުރިއްޔާ ރައީސް ޔާމީން

  6. ކުންބެ

    މަރުހަބާ

  7. ރަސީދު

    މަރުހަބާ

  8. ާސާހިބް

    ވަގު ޔާމީނުގެ މޭޓު ދޯ.
    ޝަހީމުވެސް ދަލެއްގަ ކަންނޭނގެ އެޖެހުނީ.

  9. މަސްލަހަތު

    އަޅުގަނޑުމެންގެ ދީން ކުރިއެރުވުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް އިންޝާ ﷲ

  10. ބެއްޔާ

    ކިތަންމެ ދީންވެރި މީހަކު ނައިބަކަށް ގެނަޔަސް ބާރުވެރި ފަރާތް އިސްލާހު ނުވަންޏާ ގައުމަށް ފައިދާއެއް ނެތް. އޮތީ ބަގާވާތް ކުރުން.

    • އުގައިލު

      ރަނިންމޭޓަކީ ހަމައެކަނި ނަމެއް އެމީހަކަށް ކުރަން ޖެހެނީ ރައީސް ދައްކަވާ މަސައްކަތެކޯ ޔާމީން ވިދާޅުވެދާނެ ފާތުންގެ ސެކެޓެރީނކަން ކުރާށޭވެސް ޝަހީމަކީ އަޅުގަނޑު ވަރަށްރުހޭ ގަބޫލުބޭފުޅެއް އަޅުގަނޑުހިތުން ތިޔަ ކުރެއްވީ ރަގަޅުކަމެއް ނޫން

  11. ޖޯން

    ކުރިޔައް

  12. ޙުސައިން

    މަރުހަބާ ވ އުފާވެއްޖެ

    • ސއ

      ބަރަާބަރު

  13. ިދިވެއްސެށް

    މިއަދުގެ އެންމެ ބެސްޓް ހަބަރު

  14. ސަމް މަާލެ

    މަރުޙަބާ ޝަހީމް މަރުޙަބާ ރައީސް ޔާމީން

  15. އަލިތަކުރު

    މަރްޙަބާ ޑރ.ޝަޙީމް. އަޅުގަނޑާ އަޅުގަނޑުގެ އާއިލާގެ ވޯޓް ޔަޤީން

  16. މަރުހަބާ

    މަރުހަބާ. ރޔާމީން އަދި ޑރ ޝަހީމްއަށް... ބުނެލާނީ އަލްހަމުދުﷲއޭ...

  17. ާލިޔަ

    Varah varah salhi hiygaimu ninmumeh

  18. ވާރިސް

    ސަޅި.. #ރޔ2018

  19. ހެއޮއެދޭ

    ރައީސް ޔާމީން އާ ޑރ. ޝަހީމްއާ ދެބޭފުޅުންނަށް މުބާރިކުބާދީ ދަންނަވަން. ދެބޭފުޅުންނާ ދިވެހި ގައުމަށް، މާތްﷲ ނަސްރާ ކާމިޔާބީ ދެއްވާށި. އާމީން.

  20. ފިލްވ

    މޭޑޭގައި ފަހު ވަގުތު ފިލައި ފަހުން އިސްތިއުފާ ދިންކަން ހަނދާނެއް ނުނެތޭ. ތި މަގާމަށް ރަނގަޅީ އާދަމް ޝަރީފް އުމަރު ނުވަތަ މުހައްމަދު ސައީދު. ވަރަށް ދެރަވެ ފޫހިވެއްޖެ.

  21. ޢިލްމް

    މަރުަަހަބާ ޑޮކްޓަރ ޝަހީމް. ޝުކުރިއްޔާ ރައީސް ޔާމީން ތިނިންމެވީ ވަރަށް ފުރިހަމަ ނިންމެވުމެއް.އިންޝާﷲ މާތްﷲ ޙައްޤަށް ނަސްރު ދެއްވާނެ

  22. މާރިޔާ

    ގާސިމް ވެސް އަންނަންވީ ވިޔަފާރިޔާއެއްކޮން ކުރިޔައް ދާންވީ

  23. ާަަމަނިކު

    ގާސިމް ވަޑައިގަންނަވާ

  24. ޏ.މުލައް

    ހަބޭސް 2018 ޔާމީން އިންޝާﷲ

  25. ޢިބުރާހިމުފުތު ހަސަނުގޭ އަހުމަދުގެ ހަގު ދަރި

    ކަލޯ ގަޔާ. މަ ހަމަ މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި. ??

  26. ޙަބޭސް

    މިއަހަރު އެއްމެ އަހާހިއްވި އަދި ކިޔާހިއްވި ޚަބަރު ޝުކުރުރިއްޔާ ރައިސް ޔާމީން މަރްހަބާ ސަހީމު

  27. Anonymous

    މަރުހަބާ 2018 ޔަގީން

  28. ާއަސްލަމް

    ޟަރުހަބާ ޑރ.ޝަހީމް

  29. ޓުއްކުބެ

    ޝަހީމް އަކީ އަހަރެން ވަރަށް އިޙްތިރާމް ކުރާ މީހެއް ، އަޅުގަނޑަށް ހީވަނީ ކޮންމެވެސް މަޖުބޫރީ ހާލަތެއް މެދުވެރިގެން ހެން އަނބުރާ ރައީސް ޔާމިން ފަހަތަށް އަރަން ތިޔަ ޖެހުނީ. ރައީސް ޔާމިން އަކީ މީހުންގެ އިޙްތިރާމް ލިބި ، ގަދާރާއި ލޯއްބާއި ސަޕޯރޓް އޮތްހެން ހިވާ މީހެއް ހުރެއްޖެއްޔާ ކާރިކޮށްގެން ގެންގުޅެފައި ، އެމީހަކަށް ހިރިނުލެވޭ ވަރަށް ފިއްތައި ޖަލަށް ލާނެ މީހެއް. ޖަމީލަށް ވީހެން ނުވެއްޖެޔާ ކިތައްމެ ރަނގަޅު.

  30. އަހުން

    މީގެ ދޮޅު އަހަރު ކުރިން އަހުން ކިޔާން ފަށާފިން މިވާހަކަ، މަރުޚަބާ ޑރ. ޝެއިޚް ޝަހީމް.

  31. ނުރަބޯ

    މަރުޙަބާ މަރުޙަބާ ޑރ. ޝަހީމް.

  32. ދީދީ

    މަރުޙަބާ