ހއ. ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންތަކެއް ދީފިއެވެ.

ހއ. ބާރަށު ކައުންސިލްގެ ރައީސް ސޮފްއަތު މުހައްމަދު "ވަގުތަށް" ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:45 އާއި 3:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެކަން ކޮށްފައިވަނީ ކޮން ބައެއްކަން އަދި އެނގިފައި ނުވާ ކަމަށެވެ.

އެރަށު ސްކޫލުގެ ޕްރިންސިޕަލް ދިރިއުޅުއްވާ ގެއަކީ ވަށައިގެން އުސްކޮށް ފާރު ރާނައި ގޭޓެއް ހަރުކޮށްފައިވާ ގެއެއް ކަމުން ސޮފްއަތު ވިދާޅުވީ، ބެލެވެނީ އެކަމެއް ކޮށްފައިވަނީ ފާރުމަތިން ބަޔަކު މީހުން އަރައިގެން ކަމަށެވެ.

"ގާތްގަނޑަކަށް 10 ފޫޓުގެ ފާރު ވަށައިގެން ރާނާފައި ހުންނާނީ. ހީވަނީ ފާރުމަތިން އަރައި ސައިކަލު ރޯކޮށްލުމަށްފަހު ދެން ތަޅު ހަލާކު ކޮށްލައި ބޭރަށް ނުކުތީހެން" ސޮފްއަތު ވިދާޅުވިއެވެ.

ސޮފްއަތު ވިދާޅުވީ، އެހާދިސާގައި ސައިކަލު އެއްކޮށް ހަލާކުވެފައިވާ ކަމަށާއި ސައިކަލުގައި ރޯކުރުމުގެ ސަބަބުން ގޭގެ ކުޑަދޮރުގެ ބިއްލޫރިގަނޑުތައް ވެސް ތަޅައިގެން ގޮސްފައިވާ ކަމަށެވެ.

ސޮފްއަތު އިތުރަށް ވިދާޅުވީ، މިފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު އެއްވެސް މީހަކު ޕްރިންސިޕަލަށް ނުދޭ ކަމަށާއި މިހާރު އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކެރަފާ

    މިއީ މިސޮއްފަތުމެން ބާރަށުގަ ފެށި ކުޅިވަރެއް މީނަގެ އިދިކޮޅު މީހުންގެ ސައިކަލްތަށް މީނަގެ ބައްޕަ ރާވައިގެން ރޯކުރީ

    3
    2
  2. މީޒްލީ

    މުދަލަށް ގެއްލުން ދިނުން ޙަރުކަށި އިބާރާތުން ކުއްވެރި ކުރަން! ދިވެހި ޤައުމުގެ ދިވެހި ރިވެތި އަޙްލާގް އަށަގަތުމަށް ގިނަގުނަ މަސައްކަތް ކުރަންޖެހޭ! މީ ވަރަށް ނާތަހްޒީބް ހަޑި ހުތުރު އަމަލެއް!

  3. ޒީނާ

    ހެޔޮނުވާނެ ނޭނގޭ ވާހަކަ ނުދައްކާ!! އޭނަގެ ބައްޕަ ވަނީ ނިޔާވެފަ!!

  4. ޙަ

    ހަޤީޤަތް އެނގެނީ ކާކަށްބާ..އެންމެންގެ މެދުގައި ހަމަހަމަ އުސޫލެއް ޤާއިމްކުރަންވާނެ.ތަފާތު ކުރުން ނައްތާލަން ގޮވާލަން

  5. ިިއިންސާނާ

    ރާއްޖޭގެ ހޭލުންތެރިކަން އަންނަނީ މިގޮތަށްބާ... ބާރަށުގެ ތައްލީމީ ނިޒާމް ސްކޫލްމަރުހަލާ ރަގަޅުކުރެވޭނީވެސް ޓީޗަރުންނާއި މުވައްޒަފުންގެ ރުހުންލިބި އެކަން ރަގަޅުކުރަން އިޚްލާސްތެރިކަމާއިއެކު ސްކޫލުގެމަސައްކަތަށް މީހާހުސްވެގެން...ހިތްހަމަނުޖެހޭ ގޮތަކަށް އަދި ސްކޫލްގެ ވަގުތުތަށް ދިގުދެމިގެންދާނަމަ ޕްރިންސިޕަލަކަށް އަދި ހިންގާވެރިޔަކަށް ވަރަށް ގިނަ ގޮއްޖެހުމާއި ކުރިމަތިވޭ ޕެޓިޝަންގައި ސޮއިކޮށް އެމީހަކު ފޮނުވާލާނެ........ ކީއްކުރާނި . ނަސީބްނެދެރައީ..

  6. އިޙްސާސް

    މީހުންނަށާއި މިހުންގެ މުދަލަށް ގެއްލުންދިން މީހަކީފަހަރެއްގައި ވެދާނެ އެއީ މުސްލިމް ރިވެތި ނަމެއްކިޔައިގެން އުޅޭ މީހަކަށްވެސް....