ހއ. ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަން ނިންމައިފިއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން 25،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކުން ޕާޓީއެއްގައި ބާރަށުގެ ރައްޔިތުންގެ ތެރެއިން އެޕާޓީއެއްގެ ދަފްތަރުގައި 300 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް، ޕާޓީގެ އިދާރީ އޮފީސް / ހަރުގެ ހެދުމަށް ބޭނުންވާ ޕާޓީތަކަށް ބިން ދޫކުރެވޭނެއެވެ.

އަދި މިގޮތަށް ބިން ބޭނުން ވެގެން އެ ސިޔާސީ ޕާޓީއަކުން ހުށަހަޅަން ޖެހޭނެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް ބާރަށު ކައުންސިލްގައި އެދިއްޖެ ނަމަ އެބިން ދޫކުރާނީ، އެރަށުގެ ފާސް ކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭން ގައި ބަޔާންކޮށްފައިވާ މިކުސް ޔޫސް
ބިންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ބިމެެކެވެ.

އެގޮތުން އެ ބިން ދޫކުރާނީ 15 އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ. އަދި އެކަމުގައި ސިޔާސީ ޕާޓީއަކާއި އެރަށު ކައުންސިލަކާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.

އަދި ސިޔާސީ ޕާޓީތަކަށް އެރަށުން ދޭން ނިންމާފައި ވަނީ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000
އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ފުރަތަމަ ރަށު ރައްޔިތުންގެ ތެރެއިން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދީބަލަ މާތާހިރުވާނެ ، ތިއުޅެނީ ލާދީނީ އެމްޑީޕީގެ ޖަގަހަ ހަދަން ރަށުން ބިންކޮޅެއް ދޭނެ މީހަކުނުވެގެން

  2. Anonymous

    ވަރަށް ރަގަޅު ކަމެއް ސިޔާސީ ވަފާތެރި ކެހިވެރިން ނަށް ބިން ދޫކޮށްގެން ލިބޭނެ ފައިދާއެއްވާނެބާ !