ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރި ހިޔާ ފްލެޓަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓިގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ މިގޮތަށް ވިދާޅުވިއިރު، މި ސަރުކާރުގެ ބައެއް ބޭފުޅުންވެސް މިހާރުވެސް ގެންދަވަނީ ހިޔާ ފްލެޓް މަޝްރޫއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ރަނގަޅު ވިސްނުމެއްގެ މޮޑެލްއެއް ނޫން ކަމަށާއި ބޭނުން ވަނީ އެ ތަންތަން "ތަޅާލަން" ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، ޖެހިޖެހިގެން 25 ބުރީގެ އިމާރާތްތަކެއް އަޅައި، އެ ތަނުގައި އައްޑޫ ސިޓީގެ އާބާދީ ކަމުގައިވާ 35،000 މީހުނަށް ވުރެ ގިނަ މީހުން އެހާ ކުޑަ ޖާގައެއްގައި އާބާދު ކުރަން ކުރީގެ ސަރުކާރުން ވިސްނާފައިވާ ވިސްނުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އެހާ ގޯސް ޕްލޭނެއް ކުރިއަށް ގެންދަން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނިން ތަޅާލަން، އަޅުގަނޑަށް އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް، އަޅުގަނޑުމެން ފުރަތަމަ ވެސް ބުނިން އެއީ ކޮތަރުކޮށިތަކެކޭ، އޭރު އަޅުގަނޑު އެ ވާހަކަ ދެއްކީމަ ހެއްދެވި ނުހެއްދެވިއަށް ގޮވީ، ކޮތަރުކޮށްޓަކަށް ވިޔަސް ތިޔަ ހަވާލު ކުރާށޭ، ހަވާލު ކުރަން ބުނީމަ ކޮށްފަ އެ އޮތީ، ހަވާލު ކުރީމަ ވާނެ ކަންކަން އެ ވަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިގޮތަށް މިއަދު ވާހަކަދެއްކެވުމާއި ގުޅިގެން، ޑރ. އަނާރާ ވިދާޅުވީ، ހިޔާ ފްލެޓް އަޅައިދިނުން އެއީ ރައީސް ޔާމީން ސަރުކާރުން ކޮށްފައިވާ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހިޔާ ފްލެޓްތަކާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން އެ ޓަވަރުތަކުގައި ދިރިއުޅުމަކީ ތަނަވަސް ދިރިއުޅުމަކަށް ނުވާނެ ކަަމަށް ވިދާޅުވިއެވެ. އަދި އެމަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ މާބޮޑު ހަރަދެއް ކޮށްގެން ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގައި މިހާރުވެސް 600 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުން ދެއެވެ. ނަމަވެސް އަދިވެސް އެތަނުގައި އަސާސީ ހިދުމަތްތައް އެކަށީގެންވާ މިންވަރަށް ހަމަޖެއްސިފައި ނުވާކަމުގެ ޝަކުވާތައް ކުރަމުން ދެއެވެ. އެކަމަކު އެކަންކަން ހައްލު ކުރުމަށް އެޗްޑީސީ އާއި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން 7000 ފްލެޓް އެޅި ނަމަވެސް މި ސަރުކާރުން 280 ފްލެޓެއް ތަޅާލުމުން މިހާރު ފްލެޓް ލިބިފައި ވަނީ 6720 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަފީ

    ޔާގީންތާ! ސުކުރު ހައްގު ރައީސް ޔާމީނަށް! އަދި މިވަރުގެ ލީޑަރަކުވެސް ނެތް!

    45
    3
    • ނައިކް

      އެނދި މަރިޔަބުވެސް ލައްކަ މަސައްކަތްކުރިތާ، އެ މަސައްކަތް ވެސް ބަލައިގަނަ ބަޔަކު އުޅުނު

      4
      7
  2. އަބްދޫ

    ހުޅުމާލެ ދެވަނަ ފިޔަވައްސަސްދެވުނީމަ ޔޫރަޕަށް ދެވުނީހެން ހިވޭ.ސިންގަޕޯރ އަށް ދެވުނިހެން ހީވޭ . މިސަރުކާރުން ރާވަނީ ޖިފުޓިއަޅަން ހަދާގޮތަކީ ބިންމަތީގަ ކޮންކްރީޓް ތަޅުމެއް އަޅާފަ އެ ތަޅުންމަތީ އެޅިގަލުންރާނާ ހިޔާކުރަނީ އެތަންތާގެ އުމުރެއްނޭގެ ދެންހަދާތަންތަން ހަދަނީ ދަނގަނޑު ހޮޅިޖަހާ ހޮޅީގެދެފަރާތުގަ ޖިޕްސަންބޯޑް ހަރުކޮށްގެން . ފެންވަރުރަނގަޅު ކޮށް އެއވެސް އިމާރާތެއްނަހަދާ. ދިވެހިން ކުރިންހީކުރީ ރާއްޖޭގަ އިމާރާތް ކުރެވޭނީ 10 ފްލޮއަށް ކަމުގަ މިހާރުއެގިއްޖެ 25 ނުވަތަ 30 ފްލޯގެ އިލާރާތްވެސ އަދިއެއަށްވުރެ އުސް އިމާރާތް ވެސް ރާއްޖޭގަ ހެދޭނެކަން ދުނިޔޭގަ އެފަދަ ޓެކްނޮލޮޖީ އޮތްކަން. ކޮންމެހެމް ޖަޒީރާ ކިޔާފަ ދިވެހިން ފަންޖިފުޓިކަހަލަ އިންޑިޔާގެ ވިލެޖް ތަކުގަ ހުންނަކަހަލަ ފަގީރު ހައުސިން ރާއްޖޭގަ ހެދުމުގެ ބޭނުމެއްނެތް.

    32
    1
  3. ޢަލީ އަލީ

    ޢެހެންވެތީ ކަމަނާ ޔާމީން ވެރިކަމާ ދެކޮޅުހެއްދެވީ

    14
    2
  4. އަލީ

    ހިޔާ ފްލެޓްތަކަށް ދޮރުތައް ވިއްކީ އަނާރާގެ ކުންފުނިން. ކުންފުންޏަށް ވަރަށް ފައިދާވި ކަމަށް ބުނެވޭ. ކަމަނާ ވެސް ހިލޭސާބަހަށް އެތަނުގައި ކޮންމެވެސް ކަމެއް ކޮށްދެއްވަންވީ ނޫންތޯ

    6
    3
  5. އުގުރި

    ޔާމީނުގެ މައްސަލައަކީ އެވަރުގެ ބޮޑު ބިމެއް ހިއްކީތީވެ އެވަރުގެ ތަނެއް ހިއްކާގެއް ނުވާނު.

    13
    1
  6. Anonymous

    ކަމަނާފާނައް ތިކަންތައްޢެގިލެއްވީ މާފަހުން އެހެންމިދެންނެވީ މިތިބަޖައްބާރުވެރިކަންގެންނަން އެންމެ ބުރކޮއްމަސައްކަތްކުރެއްވި އެކެއްކަމަނާފާނަކީވެސް

    12
  7. ކާފަދ

    ތުއްތޮން ދިން ލާރިކޮޅު ހުސްވެ ޖެންޑަރ މިނިސްޓަރކަން ނުލިބިފަ ފިރިކަލުންގެ މައްސަލަ ކޯޓުގަ އެނބުރިލީމަ ޗާޖްވީދޯ. މުނާފިޤެއްދޮތަ؟

    2
    2
  8. މުސްތޮ ބޭބް

    ޔާމީނަކީވެސް ރަންގަޅު މީހެއްނޫން. ޖައްބާރު ވެރިޔެއް. އެކަމުވެސް އޭނަ އަދި ހަމަ ވެރިކަންކުރި އެހެން ވެރިންވެސް ކޮއްދީފަހުރި ރަންގަޅު ކަންތަން ހެޔޮހިތުން ބަލާގަންނަން.