ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ރިޔާސީ އިންތިހާބުގައި އޭނާ ތާއީދު ކުރައްވަނީ ޑރ. މުއިއްޒަށް ކަމަށެވެ.

މުއިއްޒު ދިވެހިންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވަނީ އެންމެންގެ ވޯޓު ވެސް މުއިއްޒަށް ދެއްވުމަށް އެދިލައްވާފައެވެ.

އަނާރާ މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ ނިމިގެން ދިޔަ މަޖިލީހުގައެވެ. އެއީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އަނާރާ ވަނީ ދީނީ ދަރުސްތައް ވެސް ދެއްވައިފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅު ކެނޑިޑޭޓް މުއިއްޒު ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދަށް ކެމްޕެއިނަށް ވަޑައިގަންނަވަމުންނެވެ.

މުއިއްޒު ގެންދަނީ ވެރިކަން ލިބިއްޖެނަމަ ރާއްޖެއަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ސިޔާސަތުތައް ހާމަ ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ އިދިކޮޅުގެ މެނިފެސްޓޯގައި ބޯހިޔާވެހިކަމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައި ވެއެވެ. މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ކަންތައްކުރައްވާނީ އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަންތައްކުރައްވާފައިވާ ތަސައްވަރާއި އެއްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސެންބެ ޕީޕީއެމް

    އަލްހަމްދުލިﷲ. އަނާރާއަކީ ދީނާށް ނަސްރުދޭ ކަނބަލެއް. އަދާލަތުގެ އެންމެ ކާމިޔާބު ދެ މެމްބަރުން އެއް ފޮޓޯއަކުން ތި ފެންނަނީ. އަދާލަތުގެ މެންބަރުންނަށްވެސް ވިސްނިލައްވާނެ އިބޫއަށްވުރެ މުއިއްޒުއަކީ ދީނީ ގޮތުން މާ ރަނގަޅު ޗޮއިސްއެއްކަން

    43
    2
    • ޙައިރާން

      ޢަޅެ އުމަރައް ދީބަލަ ޗާންސެއް

      5
      4
  2. ޑަބްލިޔުކޮން

    އަސްތާ ކުލަބަދަލުވީ ދޯ!
    އަނެއްކާ މިވެރިކަމުން ގޮނޑިޔެއް ބޭނުންވީ ދޯ! ދައިތަ ގަނޑާ..
    ދެން ދައިތާގެ ފިރި ސޮރޯ.. އެއީ ގައިމު ރަތްލާޖެހި އެމްޑިޕީ މީހެއް.
    ޑ

    10
    29
  3. މަރީނާ

    އަނާރާ ނިކަން ވިސްނަބަލަ މުއީޒުއާއި މިމީހުންމިކަނީ ކީކޭތޯ ޔާމިނުކާރިން ދަރިވަރުވިވީވަހަކަ އިބުލީސް ކައިރިން ދަރިވަރުވުމާ ކޮބާތަފާތަކީ

    8
    39
    • ޔޮޓު

      އިބިލީހަކީ ކާފިރެއް، ޔާމީނަކީ މުސްލިމެއް. އެއީ ތަފާތަކީ.

      އެއް މުސްލިމަކު އަނެއް މުސްލިމަކީ ކާފިރެކޭ ބުނާހިނދު ދެމީހުން ކުރެ އެކަކު ހަމަ ގައިމުވެސް ކުފުރުވެއްޖެކަމުގެ އިންޒާރު ހަދީސް ބަސްފުޅުގައިވެ.

      ސިޔާސީ އަވައިގާޖެހި ކިޔޭނުކިޔޭއަށް ސަމާލުވެލައްވާ.

      10
  4. ހަސަން

    ސާބަހޭ އަނާރާ! ކިޔަވައިގެން ތިބޭ މީހުން ގުޅެންވާނީ ކިޔަވައިގެން ތިބޭ މީހުންނާ! ނިންމުން ވަރަށް ރަގަޅު!

    43
    2
    • ޙައިރާން

      މަގޭ ހިތައްއަރަނީ އިސްލާމީ އުސޫލުތައް ތަންފީޒުކުރާނެ ވާހަކަ އުމަރު ގޮވާއިރު އުމަރަށް ޢިލްމުވެރިން ތާއީދުނުކުރަނެީ ކީއްވެބާއޭ.

      12
      2
      • ނަންނި

        ވިސްނާ އަނބި ގޮއްޔެ އެހެން މީހަކު ކުރާ . . . . .

    • ma

      Kiyevi Varun eyna kuraa konmes kameh she burah kuran jehey

  5. އާދަމް

    އަނާރާގެ ނިންމުމުންވެސް މިފެންނަނީ ގައުމު ކިޔަވައިގެންތިބި ޖީލަކަށް ބޭނުންވެފައިވާ މިންވަރޫ! އިބޫ އަކީ މިޒަމާނަށް ފެތޭ މީހެއްނޫން! އޭނައެއުޅެނީ ޕަޓަފުލައިވެސް ކިޔަން ނޭގިގެން!

    30
    2
  6. ަިހިއްސާ

    ހާދަ ހެޔޮވިސްނޭ ދަރިޔެކޭތީ ވަރައްމޮޅު ޗޮއިސްސެއް ތިނެގީ

    42
    2
  7. މަޜީ

    thi dhen maa kurin ves ingey kameh. Nuhovuneema ekamaa

  8. ޙެހެހ

    އަޅުގަނޑު އެދެން އަންހެނުން ބާރުވެރިކުރުވަން ، އަންހެނުންނަށް ޚާއްސަ މިނިސްޓްރީއެއް ހަދަން

    5
    2