ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެމްބަރުން އިތުރު ކުރުމަށް ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ޕާޓީގެ ޓީމެއް މިއަދު ފ.ނިލަންދޫއަށް ގޮސްފިއެވެ.

މިދަތުރާއި ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، ނިލަންދޫއަށް ކުރި ދަތުރަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ފަށާފައިވާ "ރަށު ދަތުރު" ގެ ތެރެއިން ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ޓްރާންސްޕޯޓު މިނިސްޓަރ އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ އިތުރުން އެޕާޓީގެ ގިނަ އަންހެންކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލީ ސޯލިހު ވިދާޅުވީ، އެ ދަތުރަކީ ކަނބަލުންގެ އިސްނެންގުމުގެ މަތިން ހާއްސަކޮށް ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

"މިދަތުރުގެ ތެރެއިން ވެސް ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅިގެން ދާނެ ކަމީ އަޅުގަނޑުމެން ޝައްކެއް ކުރާކަމެއް ނޫން." އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، ނިލަންދޫ ދަތުރުގެ އިތުރު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ޕާޓީގެ ހަރަކާތްތައް ކުރިއަށްދާ ކަމަށާއި ދަތުރުގެ އިތުރު ތަފްސީލްތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ޖޭޕީގެ ފަރާތުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ރަށްރަށަށް ދަތުރުތައް ފަށާފައިވާއިރު، ސިޔާސީ އެހެން ޕާޓީތަކުން ވެސް އަންނަނީ އެޕާޓީތަކަށް މެމްބަރުން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހްމަދު

    ކީއްވެބާ ތިދަތުރުގަސޭޓުބައިވެރިނުވީ ކޮވިޑުގެދަތިދުވަސްވަރު ރިސޯޓުގަތިބި ނިކަމެތިރައްޔިތުންކޮޅު ރަށައްފޮނުވާލާފަދިންއަނިޔާތައް ހަނދާންނެތުނީބާ އެކަމުރައްޔިތިން އެދުވަސް ހަނދާންހުންނާނެކަންޔަގީން

    11
    • ދޮންނެ

      އަޅުގަނޑަށް ފެނުނުތާ ޔާމީން ވަރުގެ ލީޑަރަކު ހަމަނުފެނުނު!! ގައުމަށާ ގައުމުގެ ތަރައްގީއަށް ވިސްނި އެހެން މީހަކު ހަމަ ނުފެނު!! އަޅުގަނޑު ހިތުން މިހާރު ދިވެހި ގިނަ ރައްޔިތުން މިކަން ގަބޫލުކުރާނެ!!

  2. ދަރަނި ދަންތުރަ

    ގައުމު ފުނޑާލަން އިތުރު މީހުން ހޯދަނީތޯ މިގައުމު މިނިކަމެތި ހާލަތަށްވައްޓާލީ ޖޭ ޕީ ބައިވެރިވެގެން ގާސިމަކީ މިގައުމަށް ގައްދާރުވެފައިވާ ގައްދާރެއް...

    14
  3. ނަޖާ

    ލާދީނީ އެމްޑީޕީއަށް ދިވެހިރައްޔިތުން މި ގައުމުގެ ވަޙްދަތަށްޓަކާވެސް ނޯ ޖަހަންޖެހޭ،

    13
  4. ައަހާ

    ތިޔަ ޕާޓީތައް އުވާލާާ. އެއީ ބޭނުން ބައެއް ނޫން. ތިޔަޕާޓީތަކާއިހުރެ ގައުމު ހަލާކުވެ ނިމިއްޖެ

  5. އުގުރި

    ތިޔަ ގާސިމައް ވެރިކަން ލިބުނަސް ނުލިބުނަސް މިގައުމަކައް ފައިދާއެއް ނެތެވެ. އެއީ އާދާގެ ދެރަ ނިކަމެތި ރައްޔިތަކަ ވުރެވެސް މާހާލުގައި އުޅޭ މީހެއް އެއީ ޕާޓީ... ޕާޓީ...

  6. Anonymous

    މީ އަހަރެންދެކޭގޮތުން އެއްމެ ހުތުރު މަންޒަރު ސިޔާސީޕާޓީއަކުންދައްކާނެ ..ޖޕގެ ލީޑަރު ގާސިމަށް ދިވެހިގައުމުގަ ބޭރުގެ ސި ފައިންތިބިކަމެނޭގޭ ނުވެސް ފެނޭ ގައުމުގެ އިގްތިސާދާ ޝަރުޢީބާރާ ތަހުގީގީބާރާ ސަރުކާރުން ރައްޔިތުންނާމެދު ކަންކުރަމުންދާ އިހާނެތިކަމެވެސް ނު ފެނޭ މިވަރުގެ މީހަކު ލީޑްކުރާ ޕާޓީއަށް މީހުންހޯދަން އޭނަގެ އަނބިމީހާ މި ފޮނުވީ އަދި މިވެސް ރައްޔިތުންނަ ދަތިއުދަގޫ ޖައްސާ މިނިސްޓްރީއަކާ ހަވާލުވެހުރިމީހެއް..ރައްޔިތުންގެ ޖީބުގައޮތް ބާރު ފިޔާ ސްޓިކާޖަހާނަގަމުން..ރައްޔިތުންނޭ ހެޔޮނުވާނެ ޖީބަށްވެސްނ ފޫ

  7. ފާތުން

    ޙުޅުމާލޭގައި ޑްރައިވިންގް ޓެސްޓް ޖެހޭނެ ގޮތް ހަދައި ދީބަލަ. ޙަމަ މާލެގޮސް ކިޔުގައި ޖެހި އަވީގައި ފިހިގެން ނޫނީ މިކަން ނުވޭ.

  8. ތުހުފާ

    ވަރި ކައިވެނީގެ ފޯރމުތަކެއް ބާ ނުވަތަ ސަރވިސްޗާރޖު ނުލިބިގެން ހުށަހެޅި ޝަކުވާގެ ފޯރމްބާ