00:03

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ހަލުވިކަމާއެކު ފެތުރެމުން ދާތީ އަށް ގައުމަކަށް ދަތުރު ނުކުރަން އެމެރިކާ އިން އަންގައިފި.

23:43

ދެކުނު އެފްރިކާ އިން މިހާރު ފެނިގެން އުޅޭ ކޮވިޑް-19 ގެ އާ ވޭދަނަ ވެކްސިނަށް ވެސް ނުގުޑަފާނެ ކަމަށް އިނގިރޭސި ވިލާތުގެ މެޑިކަލް އޮފިސަރަކު ބުނެފި.

23:27

ދެކުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" ގެ ދެ ވޭދަނައެއް އިޓަލީން ފެނުނު ކަން އެ ގައުމުން އިއުލާންކޮށްފި.

23:09

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ގެ ދެ ވޭދަނައެއް ޖަރުމަން ވިލާތުން ފެނުނު ކަން އެ ގައުމުން އިއުލާންކޮށްފި.

23:02

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" އަށް ޝައްކު ކުރެވޭ ވޭދަނައެއް ޖަރުމަނުން ފެނިއްޖެ.

22:39

ދެކުނު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓަށް ފައްސިވި މީހުންނާ ގާތުން އެއްތާންވި އެންމެން ކަރަންޓީން ކުރަން އިނގިރޭސި ވިލާތުން ނިންމައިފި. މީގެ ތެރޭގައި ކޮވިޑް-19 ތިން ޑޯޒް ޖެހި މީހުން ވެސް ހިމެނޭ.

22:21

ކޮވިޑް-19 ގެ އާ ވައްތަރެއް ކަމަށްވާ "އޮމްރިކޮން" ވައްތަރު ފެނުމާއި ގުޅިގެން ހުރިހާ ގައުމަކުން ވެސް ދެކުނު އެފްރިކާއަށް ދިނީ "އަދަބެއް" ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި

 

22:09

ރާއްޖޭން އިތުރު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި

 

21:49

އައްޑޫސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި

 

21:48

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1239 މީހަކު މަރުވެއްޖެ

 

20:41

ގދ. ތިނަދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:18

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ އާ ވައްތަރެއް ކަމަށްވާ އޮމިކްރޯން ފެނިގެން މިހާތަނަށް 24 ވަރަކަށް ގައުމަކުން ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުން މީހުން އައުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

19:58

އޮމިކްރޮން ވޭރިއެންޓް ޗެކް ރިޕަބްލިކުން ވެސް ފެނިއްޖެ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފި.

އެގައުމުގެ ސިއްހީ އިދާރާއިން ބުނީ، އޮމިކްރޮން ވޭރިއެންޓަށް ފައްސިވެފައިވަނީ ނަމީބިއާއިން އެގައުމަށް އައި މީހެއްގެ ފަރާތުން ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ހަދަން ޖެހޭ ޓެސްޓްތައް ހަދަމުން އަންނަ ކަމަށް.

19:45

ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ހަތް ގައުމަކުން ފިލިޕިންސްއަށް ދަތުރު ކުރުން މަނާ ކޮށްފި.
ފިލިޕިންސްއަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާ، ބޮޓްސްވަނާ، ނަމީބިއާ، ޒިމްބާބޭ، ލެސޯތޯ، އެސްވަޓީނީ އަދި މޮޒަމްބިކް. މިގައުމުތަކުން ފިލިޕިންސްއަށް ދަތުރު ކުރުން މަނާ ކޮށްފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް

19:37

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާވައްރު ކަމަށްވާ އޮމިކްރޮން އިނގިރޭސިވިލާތުން ވެސް ފެނިއްޖެކަމަށް އެގައުމުން ބުނެފި

19:35

ކޮވިޑް-19 އާ ވޭރިއެންޓާއި ގުޅިގެން ކަންބޮޑުވުން އިތުރުވަމުންދާއިރު، ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ އުސޫލުތައް އަލުން މުރާޖާ ކުރުމަށް އޮފިޝަލުންނަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގައިފި

18:42

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފި

15:49

ދެކުނު އެފްރިކާއިން ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން ވޭރިއަންޓް" ދެނެގަނެވުމާއެކު، މި ވޭރިއެންޓް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ފިޔަވަޅުތައް އަޅަން ފަށައިފި

15:06

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އެ ސަރަހައްދުގެ އަށް ގައުމަކުން ތައިލެންޑަށް އެތެރެވުން މަނާކޮށްފި

14:37

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" އަށް 100 ދުވަސް ތެރޭގައި ވެކްސިނެއް އުފެއްދޭނެ ކަމަށް ފާއިޒާ ކުންފުނިން ބުނެފި

13:04

ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓް އޮމިކްރޮން ފެތުރުން އާންމުވަމުންދަނިކޮށް، ރާއްޖެ އަނެއްކާ ވެސް ފުރަބަންދު ކުރުމުގެ ވިސްނުން ވާނީ ގެއްލުން ބޮޑު ވިސްނުމަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ

11:23

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮންއަކީ ރާއްޖެ އަށް އޮތް ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެ.

10:31

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އަށް ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާ ކުރަން ނިންމައިފި.

09:38

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ ނުރައްކާތެރި އާ ވޭރިއަންޓް، އޮމިކްރޯންގެ ސަބަބުން ސައުދީ އަރަބިއްޔާއިން ދެކުނު އެފްރިކާގެ ހަތް ގައުމެއްގެ ފްލައިޓެއްއެ ގައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނިންމާފައި ވާއިރު މިހާރު ދުނިޔެ އިންތިޒާރު ކުރަމުން ދަނީ މިވޭރިއަންޓްގެ ސަބަބުން ދެން ކުރިމަތިވާނެ ކަންކަން ދެނެގަތުމަށެވެ.

އަދި ވޭރިއަންޓްގެ މާގިނަ މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް މިއީ އަވަހަށް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރޭ ވޭރިއަންޓެއްކަން މިހާރު ގާތްގަނޑަކަށް ކަށަވަރެވެ. އެންމެ ބޮޑު ނުރައްކަލަކީ މިވޭރިއަންޓް ވެކްސިނަށް ނުގުޑުމެވެ. އެކަން އަދި ކަށަވަރެއް ނުވެއެވެ.

އާވޭރިއަންޓްގެ ނުރައްކަލުގެ ވާހަކަ ދެކެވެން ފެށުމާއިއެކު މިހާރު ވެސް ދުނިޔޭގެ އިގްތިސޯދަށް ވަނީ އެކަމުގެ އަސަރު ކުރަން ފަށާފައެވެ. ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ ވެއްޓެން ފަށާފައެވެ. އަދި ތެލުގެ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ.

ސައިންސްވެރިން އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މިވޭރިއަންޓްގެ އިތުރު މައުލޫމާތުތައް ސާފުވާނެ ކަމަށެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު