މާލޭގެ މިސްކިތެއްގައި އެއްޗެހި ހިއްކަން އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށް ބަންދަށް މިހާރު ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެެނެކެވެ.

އޭނާގެ ބަންދަށް ކްރިމިމަލް ކޯޓުން ހަތް ދުވަސް ޖަހާފައި ވަނީ މިސްކިތުގެ ހުރުމަތް ކެނޭ ގޮތަށް އަމަލު ކުރުމުންނެވެ.

އެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ މާލޭގެ މިސްކިތަކަށް ވަދެ މިސްކިތުގައ ހަރުކޮށްފައިވާ ފަންކާއެއްގައި އަންނައުނު ހިއްކަން އެޅި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިސްކިތް ތެރޭގައި ހުއްޓާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަޅުހުރާ މިސްކިތައް އަރައި މިސްކިތުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އިއްޔެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އަށް ދުވަސް ކޯޓުން ދީފައިވާއިރު، މައްސަަލަ ފުލުހުން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލުފޮޅި

    މިސްކިތަށް ކުޑަކަމުގޮސް މިސްކިތުގަ ނިދާ މަސްތުވާތަކެތި ބޭނުންކުރާ މީހުނަކަށް ތިހާ އަވަހަށް ފިޔަވަޅެއް ނޭޅޭ..