ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ. މިއީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމަކަށްވާތީ، މި އަޑުއެހުމަށް ނޫސްވެރިންނަށް ވަނުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.
މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތެއް މި ބާއްވަނީ ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ހުރެގެން، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ތެރޭގައި އަމުރުކޮށްފައި ވަނިކޮށެވެ.
އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ނެރުނު އަމުރެއްގައެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނެވި ނަމަވެސް އޭނާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވިއެވެ.
ހުރިހާވެސް މަށްސަލައަކީ ކަޅުދަބަސް މީހަކު ގެންދަނިކޮށް ފެނިގެން އެކަންހާމަކުރުން ކޮންމެގޮތެއްވިޔަސް ކަޅުދަބަހުގެ ޝަރީއަތްނުބަލާ އެކަން ދުލެއްނުކުރާނެ ކޮންމެސަރުކާރެއް އަޔަސް އެކަންބަލާނެ އަދި އެމީހަކު ޖަލަށްލާނެ.